ސިޓީން ހަތް ގޯލުން މޮޅުވެ ކުރިއަށް، އިންޓަ ވެސް ކުއާޓާ އަށް

Mar 15, 2023, 1:01 AM
ސިޓީން ހަތް ގޯލުން މޮޅުވެ ކުރިއަށް، އިންޓަ ވެސް ކުއާޓާ އަށް

މެންޗެސްޓާ (މާޗް 15) - ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ރޭ 7-0 އިން ޖަރުމަނުގެ އާރްބީ ލައިޕްޒިގު ބަލިކޮށް, މެންޗެސްޓާ ސިޓީން ފެންވަރު ދައްކާލިއިރު، ޕޯޓޯ ކަޓުވާލުުމަށް ފަހު އިންޓަ މިލާން ވެސް މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދައިފި އެވެ.

ރޭގެ މެޗަށް ނުކުތްއިރު، ލައިޕްޒިގު ދަނޑުގައި ސިޓީއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ކޮންމެ ޓީމެއް މޮޅުވިޔަސް ކުއާޓާގެ ޖާގަ ލިބޭ ގޮތަށް އޮތް މި މެޗު ސިޓީން ވަނީ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ.

އަނެއްކޮޅުން، އިންޓަ އިން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ނެގި ލީޑު، ރޭ ޕޯޓޯ ދަނޑުގައި 0-0 އިން އެއްވަރުކޮށްގެން ހިފަހައްޓައި، އަނެއް ބުރުން ޖާގަ ހޯދައިފަ އެވެ. މިއީ 2005/2006 ގެ ސީޒަނަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިލާނުގެ ދެ ޓީމު ކަމަށްވާ، އޭސީ މިލާނާއި އިންޓަ މިލާން ކުޅޭނެ ފުރަތަމަ ފަހަރެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ރޭ ސިޓީ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި އަކީ ފަސް ގޯލު ޖެހި އާލިން ބްރައުޓް ހާލަންޑް އެވެ. ސިޓީން ލީޑުނެގީ 22 ވަނަ މިނިޓްގައި ހާލަންޑް ޖެހި ޕެނަލްޓީންނެވެ. މިއީ ލައިޕްޒިގުގެ ކުޅުންތެރިއަކު އަތުގައި ޖެހުނު ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމުމުން ދިން ޕެނަލްޓީ އެކެވެ. އޭގެ ދެ މިނިޓް ފަހުން، ހާލަންޑް ދެ ވަނަ ގޯލެއް ޖެހީ، ސިޓީގެ ކެވިން ޑި ބްރޭނާގެ ޝޮޓެއް ހުރަސްދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުުތުގައި ސިޓީގެ ތިން ވަނަ ލަނޑު ޖަހައި ހާލަންޑް އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ. މިއީ ސިޓީގެ ރުބެން ޑިއާޒް ބޮލުން ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ގޯލު ރޮނގުމަތިން އައި ވަގުތު ހާލަންޑް ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭ ސިޓީގެ އިލްކާއި ގުންޑޮގާން ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި ސިޓީގެ ހަތަރު ވަނަ ގޯލު ޖެހި އެވެ. މެޗުގެ 52 ވަނަ މިނިޓްގައި އޭރިއާތެރެއިން . ލިބުނު ފުރުސަތަކުން ހާލަންޑް ވަނީ އިތުރު ގޯލެއް ޖަހައިދީފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، އަނެއްކާ ވެސް އޭރިއާތެރެއިން ލިބުނު ބޯޅައެއް ހާލަންޑް ވަނީ ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.

މެޗުގެ އިތުރު ވަގުުތުގައި އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ސިޓީގެ ފަހު ގޯލު ޖެހީ ޑި ބްރޭނާ އެވެ.

މި މެޗުގައި ހާލަންޑް ޖެހި ގޯލުތަކާ އެކު ސީޒަނުގައި އޭނާ މި ވަނީ ޖުމްލަ އެކު 39 ގޯލު ޖަހައިފަ އެވެ. ޖުމްލަ ފަސް ހެޓްރިކް ހަދާފައިވާއިރު، މި ސީޒަނުގައި ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި ވެސް އެކަން އެހެން ކުޅުންތެރިއަކަަށް ހާސިލްނުކުރެވެ އެވެ. އަނެއްކޮޅުން ހާލަންޑަކީ އެންމެ އަވަހަށް ޔޫރަޕްގެ މުބާރާތްތަކުގައި 30 ގޯލު ހަމަކުރި ކުޅުންތެރިޔާ އެވެ. އަދި ޗެމްޕިއަންސް ލީގުގެ އެއް މެޗެއްގައި ފަސް ގޯލު ޖެހި ތިން ވަނަ ކުޅުންތެރިޔާާ އެވެ. ކުރިން އެކަން ހާސިލްކުރެވިފައި އޮތީ ޝަހުތަރު ޑޮނެސްކަށް ކުޅުނު ލުއިޒް އެޑްރިއާނޯ އާއި ބާސެލޯނާ އަށް ކުޅުނު މެޗެއްގައި ލިއޮނަލް މެސީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox