ރައީސްއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖޭޕީ ރިޔާސީ ރޭހަށް ނުކުންނަން މިނިސްޓަރު ނަހުލާ ވޯޓު ދެއްވި

ޖޭޕީގެ މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ނަހުލާ؛ ނަހުލާ ދެކޮޅަށް ވޯޓު ދެއްވި ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް-- ފޮޓޯ: އަދަދު

ޖޭޕީގެ މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ނަހުލާ؛ ނަހުލާ ދެކޮޅަށް ވޯޓު ދެއްވި ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް-- ފޮޓޯ: އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކުރަން ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ނައިބު ލީޑަރު އައިޝަތު ނަހުލާ ވޯޓު ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމާފައިވަނީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ދެ ކަމަކަށް ވަނީ އަތް އުފުލައިގެން ވޯޓަށް އަހައިފަ އެވެ.

ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެހި ވޯޓުގައި އެގޮތަށް ވާދަކުރަން ނުފެންނަ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވޯޓު ދެއްވި އެވެ. އެއާއެކު ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ގާސިމްގެ އަނބިކަނބަލުން ނަހުލާ ވެސް އެގޮތަށް ވޯޓު ދެއްވި ކަމަށް އަޑު ފެތުރުނެވެ.

Advertisement

ނަމަވެސް, ޖޭޕީން އެކަން ދޮގުކުރެ އެވެ.

އެ ޕާޓީން އާންމު ކޮށްފައިވާ ވޯޓު ވަގުތުގެ ވީޑިއޯއިން ވެސް ނަހުލާ އަތް ނަންގަވައިގެން އިންނަވާ މަންޒަރު ފެނެ އެވެ. ނަހުލާ އަތް ތިރި ކުރައްވަނީ ވޯޓު ގުނައި ނިމެން ކައިރިވެފައިވަނިކޮށެވެ.

ނަހުލާ ވޯޓު ދެއްވީ ގާސިމް އިންތިހާބުގައި ވާދަކުރަން ފެންނަ ކަމަށް--
ނަހުލާ ވޯޓު ދެއްވީ ގާސިމް އިންތިހާބުގައި ވާދަކުރަން ފެންނަ ކަމަށް--

ނަހުލާ ވޯޓު ދެއްވީ ގާސިމް އިންތިހާބުގައި ވާދަކުރަން ފެންނަ ކަމަށް--

ރައީސް ސޯލިހާ އެކު ކޯލިޝަންގައި ދެމި އޮންނަން ފެނޭތޯ އެހި ވޯޓުގައި އެކަމަށް ފެންނަ ކަމަށް ވޯޓު ދެއްވެވީ ސަމީރު އެކަންޏެވެ.

ޖުމްހޫރީ ޕާޓީން މިގޮތަށް ނިންމާފައިމިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަންގެ ތެރޭން އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީއަށް ރަސްމީކޮށް ދައުވަތުދީ, ރައީސް, ގާސިމްއާ ބައްދަލު ވެސް ކުރައްވާފައިވަނިކޮށެވެ.

މިހާރު ވެރިކަން ކުރާ ކޯލިޝަން ތެރޭ ޖުމްހޫރީ ޕާޓީ ހިމެނޭއިރު, ނައިބު ރައީސް ފައިސަލް ނަސީމަކީ ވެސް ޖުމްހޫރީ ޕާޓީން ވަޑައިގެންނެވި ބޭފުޅެކެވެ. މިހާތަނަށް ރައީސްއާ އެކު ކޯލިޝަން ހަދަން އެއްބަސްވެފައިވަނީ އަދާލަތު ޕާޓީގެ އިތުރުން ވިޔަފާރިވެރިޔާ އަހްމަދު ސިޔާމްގެ މޯލްޑިވްސް ޑެވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox