ރާއްޖޭގެ ކުޅިވަރު އެވޯޑްގައި ބައިވެރިވުމަކީ ޖޭމްސް އަށް އުފަލެއް

Mar 14, 2023, 8:51 AM
ރާއްޖެ އައުމަށް ފަހު ޖޭމްސް، މީޑިއާ އަށް އިންޓަވިއު ދެނީ.---- ފޮޓޯ: ޔޫތު މިނިސްޓްރީ

ރާއްޖެ އައުމަށް ފަހު ޖޭމްސް، މީޑިއާ އަށް އިންޓަވިއު ދެނީ.---- ފޮޓޯ: ޔޫތު މިނިސްޓްރީ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023ގެ މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ ކުޅިވަރު އެތުލީޓުންގެ ކާމިޔާބީ ފާހަގަކުރަން ބާއްވާ މި އެވޯޑްގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު، ޑޭވިޑް ޖޭމްސް ބުނެފި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅިވަރު އެކުވެނި ދަނޑުގައި ބާއްވާ ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވާ މަޝްހޫރު ކުޅިވަރު ތަރިންގެ ތެރެއިން މިއަދު ޖޭމްސް ވަނީ ރާއްޖެ އަތުވެފަ އެވެ. ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންްޖް ބޭރުގައި ބޮޑުބެރާ އެކު ޝަރަފްވެރި މަރުހަބާއެއް ޖޭމްސް އަށް ކީއިރު، އޭނާ ވަނީ ސްޕޯޓްސް އެވޯޑްސްއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"މިއީ އަހަރެން ރާއްޖެ އައި ދެ ވަަނަ ފަހަރު. ކުރިން، 2018 ގައި ވެސް އަހަރެން އައިން. ދެ ވަނަ ސްޕޯޓްސް އެވޯޑްސް އަށް އަންނަން ފުރުސަތު ދިނީތިވެ، ސްޕޯޓްސް މިނިސްޓަރު (އަހުމަދު މަހުލޫފް) އަށް ޝުކުރު އަދާކުރަން،" ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑްގެ އިތުރުން މެންޗެސްޓާ ސިޓީ އަށް ވެސް ކުޅުނު ޖޭމްސް، "ޕީއެސްއެމް" އަށް ދިން އިންޓަވިއުގައި ބުންޏެވެ.

"ރާއްޖޭގެ ކުޅިވަރު ކުޅުންތެރިން ބައިވެރިވި މުބާރާތަކުގެ ކާމިޔާބީ ފާހަގަކުރާ މި އެވޯޑްގައި ބައިވެރިވެވޭތީ އުފާކުރަން. އެތުލީޓުންގެ އަގުވަޒަންކުރުމަކީ އެންމެ މުހިންމު ކަންތައް،"

ޖޭމްސް އަށް މަރުހަބާ ކިޔަން މިއަދު ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: ޔޫތު މިނިސްޓްރީ.

ފުޓްބޯޅަަ ޕަންޑިޓެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޖޭމްސް ބުނީ ރާއްޖެ އަށް އަންނަން މި ފަަހަރު ދައުވަތު ލިބިގެންދިޔައީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗުގައި ޕެރިހުގައި ހުއްޓައި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްއާ ބައްދަލުވުމުން ކަމަށެވެ.

ޖޭމްސް ބުނީ ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީން ކުޅިވަރަށް މި ކުރާ އިންވެސްޓްމަންޓާ މެދު އޭނާ ގަޔާވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"މިތަނުގައި ހުރި އާޓިފިޝަލް ދަނޑުތައް އަހަންނަށް ފެނޭ. އެނގިފައިވާ ގޮތުގައި އޭގެ 50 ދަނޑު، މި އަހަރު ނިމޭއިރު އެޅޭނެ ކަމަށް އެބަބުނޭ. އެހެންވީމަ އެ ހުޅުވައިދެވެނީ ފުޓްބޯޅައިން ކުރިއަށްދާން ތިބި އެތައް ބަޔަކަށް ފުރުސަތު، ޕްރޮފެޝަނަލްކޮށް ނުކުޅުނަސް ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ކުޅިވަރު ކުޅެލަން ވެސް މި ދަނޑުތައް ބޭނުންކުރެވޭނެ،" އިންޑިއާގެ ސުޕަ ލީގުގައި ކެރަލާ ބްލާސްޓާސް ޓީމަށް، 2014 ވަނަ އަހަރު ކުޅުނު ޖޭމްސް ބުންޏެވެ.

"މި ދަނޑުތަކުގެ ބޭނުން ހިފައިގެން ރާއްޖޭގައި ޕްރޮފެޝަނަލް ލެވަލްގައި ވެސް ކުރިއެރުން ހޯދިދާނެ އުންމީދަކީ އޭއެފްސީ ލެވަލްގައި ރާއްޖެ އަށް ކުރިން ނުލިބޭ ފަދަ ކާމިޔާބީތަކެއް ލިބިގެންދިއުން،"

ޖޭމްސްގެ އިތުރުން ދެން، ސްޕޯޓްސް އެވޯޑްސް އަށް އަންނަ މެހެމާނުންނަށް ބަލާއިރު، އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލެޖެންޑަރީ ޑިފެންޑަރު، ފަބިއޯ ކަނަވާރޯ، މަޝްހޫރު ކްލަބްތަކުން ފެނުނު ނައިޖީރިއާގެ ފޯވާޑް ންވަކްވޯ ކާނޫ އާއި ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން، ބްރަޔާން ލާރާގެ އިތުރުން ސްޕެޝަލް އެތުލީޓް، މާލޫ ވެން ރައިން ހިމެނެ އެވެ.

އޭގެ އިތުރުން، އޮޮލިމްޕިކް އިން މެޑަލް ހޯދާފައިވާ ފެތުންތެރިޔާ، ޕަނީއަލް ބްލޫމް، ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރަން މެޑަލް ހޯދާފައިވާ ޖެވެލިން އުކުންތެރިޔާ، ޕާކިސްތާންގެ އަރުޝަދު ނަދީމް އަދި ނައިޖީރިއާގެ ސްޕޯޓްސް މިނިސްޓަރު ސަންޑޭ އަކިންޑާރޭ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox