މޯލްޑިވްސް ސްޕޯޓްސް އެވޯޑް ނޮމިނޭޝަންތަކުގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިން

Mar 14, 2023, 5:53 AM
ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން.

ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ކުޅިވަރުތަކުގެ އެވޯޑްތަކަށް ވާދަކުރާ އެންމެ މޮޅު ކުޅުންތެރިންގެ ނޮމިނޭޝަންތައް އިއުލާނުކޮށްފައިވާއިރު، ކޮންމެ ކުޅިވަރެއްގެ އެވޯޑަށް ވެސް މިދިޔަ އަހަރު އެންމެ މޮޅަށް ކުޅުނު ކުޅުންތެރިން ނޮމިނޭޓްވެއްޖެ އެވެ.

އެ ގޮތުން، އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ތިން ކުޅުންތެރިން ކަމަށްވާ އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މީގެ ތެރެއިން ހަންނަ މިދިޔަ ސީޒަނުގައި ކުޅެފައިވަނީ ކްލަބް އީގަލްސް އަށެވެ. އައިސަމް އާއި ހަމްޒާ ވަނީ މާޒިޔާއާ އެކު ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

އެންމެ މޮޅު އަންހެން ޓޭބަލް ޓެނިސް ކުުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް އަދި ފާތިމަތު ޖުމާނާ ނިމާލް އެެވެ.

Advertisement

އެތުލެޓިކްސް އިން އެވޯޑަށް ވާދަކުރަނީ، އަންހެން ބައިން އައިޝަތު ހިމްނާ ހަސަން، ހައްވާ މުޒްނާ ފާއިޒު އަދި އައިމިނަތު ޖާއިޝާ ޖުނީޒު އެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ވާދަކުރަނީ ހަސަން ސާއިދު، ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އަދި ޔޫސުފް އިބްރާހިމް އެވެ. ސާއިދު ވަނީ ގައުމީ މުބާރާތާއި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުގެ މަގާމު ހޯދައިފަ އެވެ. ފަޒީލް ވަނީ ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓަކަށް ހޮވިފަ އެވެ.

އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މިދިޔަ އަހަރު ސްޕޯޓްސް ކްލަބް ސިޓީއާ އެކު ވޮލީ ސީޒަން ކާމިޔާބުކުރި އަލީ ހުޒާމް (ހުޒަންޓެ) އާއި ދާދި ފަހުން ބީޗްވޮލީބޯޅައިން ރަން މެޑަލް ހޯދި ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) އެވެ. އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ފާތިމަތު ޖޫޒާން ޒަރީރު އާއި އައިޝަތު މާޖިދާ އަދި ހައްވާ ރާޝިދާ (ހައްވަ) އެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ އައިމިނަތު ނަބީހާ، ފާތިމަތު ނަބާހާ، މައިސާ ފަތުހުﷲ އިސްމާއިލް އެވެ. ނަބީ އާއި ނަބާ ވަނީ މިިދިޔަ އަހަރު ގައުމީ އާއި ބައިނަލްއަގުވާމީ ލެވަލްގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެންމެ މޮޅު ފިރިހެން ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ހުސެއިން ޒަޔާން ޝަހީދު ޒަކީ، ނިބާލް އަހުމަދު އަދި މުހައްމަދު އަޖުފާން އެވެ. ޒަޔާން ވަނީ އިންޓަނޭޝަނަލް ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ރޭންކިން އިން ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ،

ބާސްކެޓް ފިރިހެން ބައިން މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އަބްދުﷲ އަމްޒަރު މުހައްމަދު، އަހުމަދު ޒަބީރު އަދި މުހައްމަދު ސަބީހު ތައުފީގު އެވެ. އަންހެން ބާސްކެޓް އެވޯޑަށް ވާދަކުރަނީ ފާތިމަތު ޝައިލާން އަފްޒަލް، އައިމިނަތު ޝިއުރާ އަބްދުލް ބާރީ އަދި އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) އެވެ.

އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާ އަށް ހަތަރު ކުޅުންތެރިން ނޮމިނޭޝަން ކަނޑައަޅާފައިވާއިރު، އެ ކުޅުންތެރިންނަކީ ހަމްނާ އަބްދުލް ރަހުމާން، އީމާ އަބްދުލް ސައްތާރު، އައިޝަތު ސަލީމާ އަދި މަރިޔަމް ޝިނާއަތު އެވެ.

އަހަރުގެ އެންމެ މޮޅު ފިރިހެން ކެރަމް ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އިސްމާއިލް އަޒްމީން، އާދަމް އަދީލް އަދި މުހައްމަދު މުންތަސިރު އެވެ. އެންމެ މޮޅު އަންހެން ކެރަމް ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ އައިޝަތު ފައިނާޒް، އައިމިނަތު ވިދާދު އަދި އައިމިނަތު ވިސާމާ އެވެ.

އެންމެ މޮޅު އަންހެން ޕޫލް ބިލިއާޑް ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވެފައިވަނީ އައިމިނަތު ހަލީމް، އައިމިނަތު ފަތީ އަދި އައިޝަތު އަލީ އެވެ.

އެންމެ މޮޅު ފިރިހެން ބޮޑީބިލްޑަރުގެ މަގާމަށް ވާދަކުރަނީ ފަތުހުﷲ މުހައްމަދު، މުހައްމަދު މޫސާ އަދި އަޒްނީން ރަޝާދު އެވެ. އެންމެ މޮޅު ފިރިހެން ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ އަހުމަދު އިނާޝް، މުހައްމަދު ފިރުނާސް އަބްދުﷲ އަދި އަބްދުﷲ ޒިޔާއު އެވެ. އެންމެ މޮޅު އަންހެން ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ އެންމެ މޮޅު އަންހެން ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ އަރީން އަހުމަދު އަބްދުﷲ އާއި ޒުލެއިހާ އިބްރާހިމް އަދި ފާތިމަތު އަރުޝާ އެވެ.

ޓެނިހުގެ އެންމެ މޮޅު ކުުޅުންތެރިޔާގެ ނޮމިނޭޝަންތަކަކީ ހުސެއިން ނާޒިފް، އަބްދުﷲ ފާއިހު ފަޒީލް އަދި އަހުމަދު އައިހަމް ޝިޔާމް އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އިވެންޓް އޮންނާނީ ބުރާސްފަތި ދުވަހުގެރޭ ކުޅިވަރު އެކުވެނި ދަނޑުގަ އެވެ. މި ފަހަރުގެ އެވޯޑް ހަފްލާ އަށް ވެސް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅިވަރު ސަހުސިއްޔަތުންތަކެއް އައުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ގޮތުން، އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލެޖެންޑަރީ ޑިފެންޑަރު، ފަބިއޯ ކަނަވާރޯ، އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް، މަޝްހޫރު ކްލަބްތަކުން ފެނުނު ނައިޖީރިއާގެ ފޯވާޑް ންވަކްވޯ ކާނޫ އާއި ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން، ބްރަޔާން ލާރާގެ އިތުރުން ސްޕެޝަލް އެތުލީޓް، މާލޫ ވެން ރައިން އެވެ.

އަދި އޭގެ އިތުރުން އޮޮލިމްޕިކް އިން މެޑަލް ހޯދާފައިވާ ފެތުންތެރިޔާ، ޕަނީއަލް ބްލޫމް، ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރަން މެޑަލް ހޯދާފައިވާ ޖެވެލިން އުކުންތެރިޔާ، ޕާކިސްތާންގެ އަރުޝަދު ނަދީމް އަދި ނައިޖީރިއާގެ ސްޕޯޓްސް މިނިސްޓަރު ސަންޑޭ އަކިންޑާރޭ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox