ބަހްމޫތު ސިޓީގައި ޔޫކްރެއިނާއި ރަޝިއާއަށް ވެސް ބޮޑު ގެއްލުންތަކެއް

މިހާރު އެންމެ ބޮޑަށް ހަމަލާ ބަދަލު ކުރަނީ ބަހްމޫތު ސިޓީގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

މިހާރު އެންމެ ބޮޑަށް ހަމަލާ ބަދަލު ކުރަނީ ބަހްމޫތު ސިޓީގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިރުމަތީ ޔޫކްރެއިންގެ ބަހްމޫތު ސިޓީގައި ރަޝިއާ އާއި ޔޫކްރެއިނަށް ވެސް ބޮޑު ގެއްލުންތަކެއް ލިބެމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބަހްމޫތު ސިޓީގެ ކޮންޓްރޯލް ހޯދަން ރަޝިއާ ސިފައިން މަސައްކަތް ކުރާތާ ގިނަ މަސްތަކެއް ވެއްޖެ އެވެ. މިހާރު ހަނގުރާމައިގެ ހާލަތު އެންމެ ގޯސްކޮށް އޮތީ އެ ސިޓީގަ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަޝިއާ ސިފައިންގެ 1100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ރަޝިއާ ސިފައިންގެ 1500 މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބި، ހަނގުރާމައިގެ އިތުރަށް ބައިވެރިނުވެވޭނެ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިއާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔޫކްރެއިން ފައުޖުގެ 220 މީހުން މަރުވެފައިވާ ކަމަށެވެ.

ބައެއް އެނެލިސްޓުން ބުނާ ގޮތުގައި އެއީ ސްޓްރެޓެޖިކް ގޮތުން ބަލާއިރު ރަޝިއާއަށް މާ ބޮޑު ފައިދާތަކެއް ލިބޭނެ ސިޓީއެއް ނޫނެވެ.

އެހެން ނަމަވެސް ރަޝިއާގެ މައި ލަނޑުދަނޑިއަކީ ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ޑޮނެސްކް ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމެވެ. އެހެންވެ، އެ ސަރަހައްދުން ސިޓީއެއްގެ ހިފިއްޖެ ނަމަ ވާނީ ކުރިއެރުމަކަށެވެ.

ހަނގުރާމައިގެ ކުރިން ގާތްގަނޑަކަށް 70،000 މީހުން ބަހްމޫތު ސިޓީގައި އުޅުނެވެ. ގިނަ ބަޔަކު އެ ސިޓީ ދޫކޮށް ދިޔަ ނަމަވެސް، އަދުވެސް ބައެއް މީހުން އެ ސިޓީ ދޫކޮށް ގޮސްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކޮށްފި

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުމާއި ބެޓްކުރުން މަނާކުރުމަށް އެ ގައުމުގެ ރައީސް ލޫލާ ދަ ސިލްވާ ވަގުތީ އަމުރެއް ނެރުއްވައިފިއެވެ. މި ފިޔަވަޅު އެޅުއްވީ ޖުވާގެ ސަބަބުން އާއިލާތަކުގެ އާމްދަނީއަށް ގެއްލުންވެ، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީ ގައުމު ސަލާމަތްކުރުމުގެ މަގުސަދުގައެވެ. އިންތިޚާބާ ގާތްވެފައިވަނިކޮށް ނިންމެވި މި ނިންމެވުން ދާއިމީ ކުރުމަށް ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭނެއެވެ.

ޓްރަމްޕްގެ އެއާ ފޯސް ވަންގައި ސީއެންއެން ދަތުރުކުރުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެނެސީއަށް ކުރައްވާ ދަތުރުފުޅުގައި، ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ސީއެންއެން ދަތުރުކުރުން ވައިޓް ހައުސްއިން މަނާކޮށްފިއެވެ. މިއީ ޓްރަމްޕްގެ ސަރުކާރާއި މީޑިއާތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށްވާއިރު، މީގެ ކުރިންވެސް ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ވަނީ މަނާކޮށްފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ މީޑިއާ އިދާރާތަކުން މި ނިންމުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ހޯރްމޫޒް ހުޅުވާލުމަށް އީރާނުން އެމެރިކާއަށް ހުށަހެޅުމެއް

ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ވަކި ޝަރުތުތަކަކާއެކު އީރާނުން އެމެރިކާއަށް ހުށަހެޅުމެއް ފޮނުވާފައިވާއިރު، މިކަމުގައި ގޮތެއް ނިންމުމުގެ އިޚުތިޔާރު މިހާރު އޮތީ އެމެރިކާއަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ވަނީ އީރާނުގެ މި ހުށަހެޅުން ބޭރުކޮށްލައްވައި، އެ ގައުމަށް އަސްކަރީ ހަމަލާތަކެއް ދިނުމުގެ އިޝާރާތެއް ކުރައްވާފައެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ބެންކޮކްގައި ފެންބޮޑުވުމުން ކުއްލި ނުރައްކާ އިއުލާންކޮށްފި

ބެންކޮކަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ވިއްސާރައިގައި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހި ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިތިއޯޕިއާ-ޖިބޫޓީ ތެޔޮ ހޮޅިއަށް 660 މިލިއަން ޑޮލަރު ދެނީ

ނައިޖީރިއާގެ މަހުޖަނު އަލީކޯ ޑަންގޯޓޭގެ 660 މިލިއަން ޑޮލަރުގެ ފަންޑާއެކު، ޖިބޫޓީ އާއި އިތިއޯޕިއާ ދެމެދު 120 ކިލޯމީޓަރުގެ ތެޔޮ ހޮޅިއެއް އެޅުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިމޭނެ މި މަޝްރޫއުގެ ސަބަބުން، އިތިއޯޕިއާއަށް ތެޔޮ އުފުލުމަށް ހޭދަވާ ވަގުތު ފަސް ދުވަހުން އެއް ދުވަހަށް ކުޑަވެ، އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ވަރުގަދަވެގެންދާނެއެވެ.

މަޖުބޫރު އަސްކަރީ ހިދުމަތާ ދެކޮޅަށް ޖަރުމަނުގައި މުޒާހަރާ ކުރަނީ

ޖަރުމަނުވިލާތުގައި އަސްކަރީ ހިދުމަތް އަލުން މަޖުބޫރުކޮށްފާނެތީ، އެކަމާ ދެކޮޅަށް އެ ގައުމުގެ ކިޔަވާ ކުދިން ކްލާސްތަކަށް ނުގޮސް މުޒާހަރާކުރަން ފަށައިފި އެވެ. މި މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދަނީ ސަރުކާރުން ގެންގުޅޭ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުން ހަނގުރާމައަށް ފޮނުވުމުގެ ވިސްނުން ދޫކޮށްލުމަށެވެ.

Newsletter

Get the latest news delivered straight to your inbox