ސިޓީން ފަރަގު ކުޑަކުރިއިރު، ލިވަޕޫލް ބަލިވުމުގެ ފައިދާ ޓޮޓެންހަމް އަށް

Mar 11, 2023, 9:14 PM
ަިސިޓީގެ ހާލަންޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ަިސިޓީގެ ހާލަންޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (މާޗް 12) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު މެންޗެސްޓާ ސިޓީން ކުޑަކުރިއިރު، ގަދަ ހަތަރެއްގެ ރޭހުގައި އޮތް ލިވަޕޫލް ބަލިވުމުގެ ފައިދާ ޓޮޓެންހަމް އިން ނަގައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާއި ސިޓީއާ ދެމެދު މިހާރު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. އާސެނަލަށް 26 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ސިޓީން ވަނީ 27 މެޗުން 61 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 25 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ.

ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް އިން ވަނީ މިރޭ އަމިއްލަ ދަނޑުގައި 3-1 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ. ޓޮޓެންހަމަށް ވަނީ 27 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ. ފަހެއްގައި އޮތް ލިވަޕޫލަށް ވަނީ 26 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލް ވަނީ ރަށުންބޭރުގައި ބޯންމައުތު އަތުން 1-0 އިން ބަލިވެފަ އެވެ.

ކްރިސްޓަލް ޕެލަސް ދަނޑުގައި ސިޓީގެ ހަމައެކަނިި ގޯލު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ ސިޓީގެ ޖަރުމަނު މިޑްފީލްޑަރު، އިލްކާއި ގުންޑޮގާން އަށް އޭރިއާތެރެއިން ކްރިސްޓަލް ޕެލަސްގެ މައިކަލް އޮލީސޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މިއީ ހާލަންޑް މި ފަހަރު ލީގުގައި ޖެހި 28 ވަނަ ގޯލެވެ.

ނޮޓިންހަމް ފޮރެސްޓް ބަލިކުރިއިރު، އަމިއްލަ ދަނޑުގައި ކުޅުނު ޓޮޓެންހަމް އިން ތިން ގޯލުގެ ލީޑެއް ނެގި އެވެ. ޓޮޓެންހަމްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ހެރީ ކޭން އެވެ. މީގެ ތެރެއިން އެއް ގޯލަކީ ޕެނަލްޓީ އަކުން ކޭން ޖެހި ގޯލެކެވެ. އަނެއް ލަނޑު ކާމިޔާބުކުރީ، ސޮން ހެއުން މިން އެވެ. ފޮރެސްޓްގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ ފަހުކޮޅުގައި ޖޯ ވޯރާލް ބޮލުންނެވެ. މެޗުގެ އިތުރު ވަގުުތުގައި ފޮރެސްޓްގެ އަންދްރޭ އަޔޫ ޖެހި ޕެނަލްޓީ ޓޮޓެންހަމްގެ ކީޕަރު ފްރޭޒާ ފޮސްޓާ ވަނީ މަތަކޮށްފަ އެވެ.

ރެލިގޭޝަން ޒޯނުގައި އޮތް ބޯންމައުތުން ލިވަޕޫލް ބަލިކުރީ ފުރަތަމަ ހާފުގައި އޭރިއާތެރެއިން ފިލިޕް ބިލިން ޖެހި ގޯލަކުންނެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލަށް އެއްވަރުކޮށްދޭން ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. މިއީ މި ފަހަރު ލީގުގައި ލިވަޕޫލަށް ލިބުނު ފުރަަތަމަ ޕެނަލްޓީ އެވެ.

ލެސްޓާ ސިޓީ ދަނޑުގައި ޗެލްސީން ވަނީ 3-1 އިން މޮޅުވެފަ އެވެ. މި މެޗުގައި ޗެލްސީން ލީޑުނެގީ ކުރިން ލެސްޓާ އަށް ކުޅުނު ވާތު ބެކް، ބެން ޗިލްވެލް ޖެހި ގޯލުންނެވެ. މި މެޗުގައި ޕަޓްސަން ޑަކާ ވަނީ ލެސްޓާ އަށް އެއްވަރުކޮށްދީފަ އެވެ.

އޭގެ ފަހުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކައި ހަވާޓްޒް ޗެލްސީ އަށް ލީޑުނަގައިދިންއިރު، ދެ ވަނަ ހާފުގައި މަޓެއޯ ކޮވަސިޗް ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. ލެސްޓާގެ ޑިފެންޑަރު، ވައުޓް ފާސް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

ލީގުގައި ދެން ކުޅުނު މެޗުތަކަށް ބަލާއިރު، ބްރައިޓަންއާ ލީޑްސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އަދި އެވަޓަން އިން ވަނީ 1-0 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox