މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) 12 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަހި ފުރުސަތުތަކެއް އެ ބޭންކު މިއަދަށް ހުޅުވާލައިފި އެވެ.
މިއަދު ބާއްވާ ހަރަކާތްތަކުގެ ތެރޭގައި އެއް ދުވަހުން އުޖާލާ ހަމަޖައްސައި ދިނުމާއި ވޯކް އިން ޖޮބް އިންޓަވިއު އަދި އެކައުންޓު ހުޅުވުން ހިމެނެ އެވެ.
ވޯކް އިން ޖޮބް އިންޓަވިއު
މިއަދު އިސްލާމިކް ޔުނިވާސިޓީގައި ކުރިއަށްދާ އިސްލާމިކް ފައިނޭންސް އެގްޒިބިޝަން 2023 ގައި އެމްއައިބީގެ އެކި ވަޒީފާތަކަށް ވޯކިން އިންޓަވިއު ކުރުން އޮންނާނެ އެވެ. ކަސްޓަމަ ސާވިސް، ކޯލް ސެންޓަ އަދި އަދި ކާޑް އޮޕްރޭޝަންގެ ހުސްކޮށް ހުރި ވަޒީފާތަކު ވޯކިން އިންޓަވިއު ކުރާނެ އެވެ.
ކޯލް ސެންޓަ ވަޒީފާގައި އެ މީހަކަށް ފަސޭހަ ވަގުތުތަކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއައިބީން ބުނެ އެވެ. އެހެންވެ، ދިރިއުޅުމުގެ އެހެން ޒިންމާތައް އަދާކުރަަމުން ލިބޭ ހުސް ވަގުތު ތަކުގައި އާމްދަނީއެއް ހޯދުމުގެ ފުރުސަތު މި ވަޒީފާއިން ލިބޭނެ އެވެ.
އިސްލާމިކް ފައިނޭންސް އެގްޒިބިޝަން އެކްޒިބިޝަން:
- ވަގުތު: މިއަދު ހެނދުނު 9:30-18:00 އަށް
- ތަން: އައިޔޫއެމް ހޯލް
އެއް ދުވަހުން އުޖާލާ
"އެއް ދުވަހުން އުޖާލާ"ގެ ނަމުގައި މިއަދު ހިންގާ ހަރާކާތުގައި އުޖާލާ ދިރިއުޅުން ފެސިލިޓީއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުން ހަމަކޮށްގެން ބޭންކަށް ދިޔުމުން އުޖާލާ ފެސިލިޓީ ހަމަޖައްސައިދޭނެ އެވެ. މި ހަރަކާތް އެމްއައިބީގެ ހުރިހާ ބްރާންޗެއްގައިވެސް ކުރިޔައް ދާނެ އެވެ. މި ހަރަކާތް އޮންނާނީ ހެނދުނު 10 އިން ހަވީރު 3:00 އަށެވެ.
އެމްއައިބީ އެކައުންޓް ހުޅުވުން
މާލެ، ހުޅުމާލެ ބްރާންޗުން މިއަދު ހެނދުނު 9:30 އިން 14:00 އަށް އެކައުންޓް ހުޅުވުން ކުރިޔަށް ދާނެ އެވެ. ފޯމު ފުރައިގެން ދިޔުމުން އަވަސް ހިދުމަތް ލިބޭނެ އެވެ. އެކައުންޓް ހުޅުވުމަށް އެކައުންޓް އޯޕެނިން ފޯމު އަދި އިންފޮމޭޝަން އަޕްޑޭޓް ފޯމު ހުށަހަޅަން ޖެހެ އެވެ.

އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބާއްވާ އިސްލާމިކް ފައިނޭންސިން އެގްޒިބިޝަން 2023 ގައި ޓައިޓަލް ސްޕޮންސަރުގެ ހައިސިއްޔަތުން އެމްއައިބީއިން ބައިވެރިވާނެ އެވެ. ބޭންކުގެ ބޫތުން ކަސްޓްމަރުންނަށް މައުލޫމާތު ދިނުމާއި, އިސްލާމިކް ފައިނޭންސިންއާމެދު ހޭލުންތެރިކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. މި އެގްޒިބިޝަނުގައި އެމްއައިބީގެ އެކައުންޓް ހުޅުވުމަށް އެދުމުގެ އިތުރުން އެމްއައިބީގެ ވަޒީފާތަކަށް ވޯކިން އިންޓަވިއު ކުރުން އޮންނާނެ އެވެ
"އެމްއައިބީގެ ހިދުމަތްތަށް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިއީ ރަނުގެ ފުރުސަތަކަށްވާނެ އެވެ،" އެ ބޭންކުން ބުންޏެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހުޅުވައި ދެއްވީ، މާޗް 7، 2011 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ އެމްއައިބީ ހުޅުވުމަކީ، އިސްލާމީ އުސޫލުތަކާއި، އިސްލާމްދީނުގެ މަތިވެރި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ތަރައްގީގެ ކަންކަން ބައްޓަން ކުރުމަށާއި ވިޔަފާރީގެ ކަންތައް ފަހިވެގެން ދިޔުމުގެ ފުރުސަތެއް ކަމަށެވެ.








