ބާސެލޯނާ އިން ރެފްރީއެއްގެ ކުންފުންޏަކަށް ފައިސާ ދިން މައްސަލައިގައި ކޮރަޕްޝަންގެ ދައުވާ އުފުލައިފި

Mar 10, 2023, 5:57 PM
ބާސެލޯނާ އިން ރެފްރީއެއްގެ ކުންފުންޏަކަށް ފައިސާ ދިން މައްސަލައިގައި ކޮރަޕްޝަންގެ ދައުވާ އުފުލައިފި

ބާސެލޯނާ (މާޗް 10) - ސްޕެނިޝް ލީގުގެ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބް ރައީސް އެންރިކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބާސެލޯނާ އިން ފައިސާ ދިން މައްސަލައިގައި އެ ކްލަބާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި އެވެ.

ސްޕެއިނުގެ މީޑިއާގައި މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބާސެލޯނާ އިން ވަނީ 2001 އިން 2018 އަށް ޖުމްލަ އެކު، ނުވަ މިލިއަން ޑޮލަރު ދީފަ އެވެ.

މި މައްސަލައިގައި ބާސެލޯނާގެ ކޯޓަކުން މިއަދު ވަނީ ނުގަވައިދުން މާލީ މަންފާ ހޯދަން މަކަރު ހެދުމާ އެކު، މަގާމުގެ ނުފޫޒުގައި ފައިދާތަކެއް ނަގަން ކޮރަޕްޝަންގެ އަމަލެއް ހިންގަން ބާސެލޯނާ އިން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، އެ ކްލަބަށް ފިޔަވަޅު އަޅަން ދައުވާ އުފުލައިފަ އެވެ.

ބާސެލޯނާގެ ރައީސްގެ މަގާމުގައި ހުންނެވި ޖޮއާން ލަޕޯޓާ، ދެ ވަނަ ފަހަރަށް އެ ކްލަބްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތީ 2021 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެެވެ. އޭގެ ކުރިން ލަޕޯޓާ ވަނީ 2003-2010 އަށް ވެސް ބާސެލޯނާގެ ރައީސްގެ މަގާމު ފުރައްވައިފަ އެވެ.

ކަޓަލޫނިއާ ސަރަހަައްދުގެ ޕްރޮސެކިއުޓަރުން އިސްނަގައިގެން، ކުރާ މި ދައުވާގައި ހިމަނާފައިވާ މުއްދަތަށް ބަލައި، ލަޕޯޓާގެ އިތުރުން ބާސެލޯނާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ސަންޑްރޯ ރޮސެލް އާއި ހޯސޭ މާރިއާ ބާޓޮމެއުއާ ދެކޮޅަށް ވެސް ދައުވާ ކުރާނެ އެވެ.

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެންރިކޭޒް ނެގްރެއިރާގެ މަސްލަހަތު އޮތް ކުންފުންޏަކަށް ބާސެލޯނާގެ ރަސްމީ އެކައުންޓްތަކުން ފައިސާ ލިބިފައިވާ ގޮތާ ގުޅޭ ގޮތުން ބާސެލޯނާ އިން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

އެ ގޮތުން، ބާސެލޯނާ އަށް މި ކަމުގައި އެކަށީގެންވާ މައުލޫމާތު ފޯރުކޮށްނުދެވޭނަމަ ބާސެލޯނާގެ ރައީސް ކަމުން ލަޕޯޓާ އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.

ބާސެލޯނާ އަށް ފިޔަވަޅު ނާޅާތީ ސްޕެނިޝް ލީގުގެ 20 ކްލަބްގެ ތެރެއިން 18 ކްލަބެއް ކަންބޮޑުވުން ފާޅުކުރި އެވެ. އެއާ އެކު ބާސެލޯނާ އިން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިނގާދިޔަ އެ ކަންތައްތައް ދެނެގަންނަން އެ ކްލަބުން މިނިވަން އޮޑިޓެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އަމާޒުވެފައިވާ ތުހުމަތުތަކާ މެދު ދެކެނީ ކިހިނެއްތޯ އޮޅުންފިލުވަން މިދިޔަ މަހު ނޫސްވެރިން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒްއާ ކުރި ސުވާލަށް ޖަވާބުދެމުން އޭނާ ބުނީ އެއްވެސް އިރެއްގައި އެފަދަ ކަމެއް ހިނގާފައި އޮވެދާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox