ޔޫކްރެއިންގެ ބޮޑެތި ސިޓީތަކަށް ރަޝިއާއިން މިސައިލް ހަމަލާތަކެއް ފޮނުވާފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެފި އެވެ.
ހާރްކީވް އަދި އޮޑެއްސާ ފަދަ ސިޓީތަކުގައި މުހިއްމު އިންފްރާސްޓްރަކްޗާ އާއި މީހުން ދިރިއުޅޭ އިމާރާތްތަކަށް ގެއްލުން ލިބުނެވެ.
ޔޫކްރެއިންގެ ސަރަހައްދީ ވެރިން ބުނީ މިސައިލް ހަމަލާތަކުގެ ސަބަބުން ބައެއް ހިސާބުތަކުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އޮޑެއްސާގެ ގަވަރުނަރު މަކްސީމް މަރްޗެންކޯ ވިދާޅުވީ އެ ސިޓީގެ ހަކަތަ އުފައްދާ ފެސިލިޓީއަކަށް މިސައިލް ހަމަލާތައް އަމާޒުވި ކަމަށާއި އޭގެ ސަބަބުން ކަރަންޓު ކެނޑެމުންދާ ކަމަށެވެ.
މީހުން ދިރިއުޅޭ ހިސާބުތަކަށް ވެސް މިސައިލްތައް އަމާޒުވި އެވެ. އެހެން ނަމަވެސް އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ނުލިބެ އެވެ.
ހާރްކީވް ސަރަހައްދީ ސަރުކާރުގެ ވެރިޔާ އޯލެގް ސައިނެގުބޯވް ވިދާޅުވީ އެ ސިޓީއަށް މަދުވެގެން 15 މިސައިލް ހަމަލާ ފޮނުވި ކަމަށެވެ.
އޮޑެއްސާ އާއި ހާރްކީވްގެ އިތުރުން އިރުމަތީގެ ޑްނީޕްރޯ ސިޓީ އާއި އެހެން ބައެއް ސަރަހައްދުތަކަށް ވެސް މިސައިލް ފޮނުވި އެވެ.










