ނޭމާ އަށް ސީޒަން ނިމި ދެން ޕީއެސްޖީން ވެސް ނުފެނިދާނެ

Mar 7, 2023, 3:44 AM
ނޭމާ އަށް ސީޒަން ނިމި ދެން ޕީއެސްޖީން ވެސް ނުފެނިދާނެ

ޕެރިސް (މާޗް 7) - ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވާން އޮޕަރޭޝަނެއް ކުރަން ޖެހި ނޭމާ އަށް މި ސީޒަން ނިމިފައިވާއިރު، ދެން ޕީއެސްޖީ ޖޯޒީީގައި އޭނާ މެޗަކުން ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ފްރާންސްގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ނޭމާ، 31، ގެ ކަނާތު ފައިގެ ކުޑަހުޅަށް އަނިޔާވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ފްރެންޗް ލީގުގައި ޕީއެސްޖީން ލިލް އަތުން މޮޅުވި މެޗުގަ އެވެ. ނޭމާ އަށް މަހެއްހާ ދުވަސް ތެރޭގައި ލަސްވެގެން އެނބުރި ކުޅުމަށް އާދެވޭނެ ކަމަށް އޭރު ބެލެވުނަސް، ޕީއެސްޖީން އެންމެ ފަހުން ހެދި ޓެސްޓްތަކުން އެނގިގެންދިޔައީ، އޮޕަރޭޝަނެއް ނުކޮށް ނޭމާ އެއްކޮށް ފިޓްނުވާނެ ކަމެވެ.

އެހެންވެ، އޮޕަރޭޝަން ކުރަން ޖެހުމާ އެކު ނޭމާ އަށް ސީޒަން ނިމުނީ ކަމަށް ޕީއެސްޖީން ވެސް ވަނީ މީޑިއާގައި ބުނެފަ އެވެ.

ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޭމާ އަށް އަލުން ޕްރެކްޓިހަށް ނުކުމެވޭނެ ކަމަށް ގަބޫލުކުރެވެނީ 3-4 މަސް ފަހުން ކަމަށެވެ.

ކުޑަހުޅަށް ލިިބިފައިވާ އަނިޔާތަކުގެ ސަބަބުން މީގެ ކުރިން ވެސް ނޭމާ އަށް ވަނީ ގިނަ ފަހަރުތަކެއް މަތިން ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އެ ގޮތުން، މިދިޔަ ނޮވެމްބަރު/ޑިސެމްބަރުގައި ގަތަރުގައި ހޯސްޓްކުރި ފީފާ ވޯލްޑް ކަޕްގައި ވެސް ނޭމާ އަށް އަނިޔާގެ ސަބަބުން މެޗުތަކެއް ގެއްލުނެވެ. އަދި މީގެ ކުރިން 2019 އާއި 2021 ވަނަ އަހަރު ވެސް ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ނޭމާ އަށް ނިސްބަތުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.

ބާސެލޯނާ ދޫކޮށް، 2017 ވަނަ އަހަރު، ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 234 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ސޮއިކުރި ނޭމާ މި ވަގުތު އެ ކްލަބާ އެކު ކޮންޓްރެކްޓްގައި ހުރީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ރިޕޯޓްތައް ބުނާގޮތުން މި ސީޒަން ނިމުމުން ޕީއެސްޖީން އަންނަނީ ނޭމާ ވިއްކާލަން ތައްޔާރުވަމުންނެވެ. އެ ގޮތުން އިނގިރޭސި ކްލަބަކަށް ބޮޑު އަގުގައި ނޭމާ ވިއްކާލެވޭތޯ ޕީއެސްޖީން މަސައްކަތް ކުރާ ކަމަށް ދެކުނު އެމެރިކާގެ ކުޅިވަރު މީޑިއާތަކުން ވަނީ މީގެ ކުރިން ރިޕޯޓްކޮށްފަ އެވެ.

މި ސީޒަނުގައި ނޭމާ ހުރީ ރަނގަޅު ފޯމެއްގަ އެވެ. ފްރެންޗް ލީގުގައި 13 ގޯލު ޖަހައި 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox