ބޮޑު ހަނގުރާމައިގައި ގަދަކަމުން މަސައްކަތް ކުރުވި ކޮރެއާ މީހުންނަށް ފައިސާ ދެނީ

ފައިސާގެ ބަދަލު ދިނުމާ ބައެއް ކޮރެއާ ރައްޔިތުން ދެކޮޅު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ފައިސާގެ ބަދަލު ދިނުމާ ބައެއް ކޮރެއާ ރައްޔިތުން ދެކޮޅު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ދެ ވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ ފެކްޓްރީތަކުގައި ގަދަކަމުން މަސައްކަތް ކުރުވި ދެކުނު ކޮރެއާގެ ރައްޔިތުންނަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ދެކުނު ކޮރެއާ ސަރުކާރުން ނިންމައިފި އެވެ.

ޖަޕާނުގެ ފެކްޓްރީތަކުގައި ކޮރެއާ މީހުން ގަދަކަމުން މަސައްކަތް ކުރުވާފައި ވާތީ ދެ ގައުމުގެ ގުޅުމަށް ނޭދެވޭ އަސަރު ކުރެ އެވެ. ފައިސާގެ ބަދަލު ދޭން ނިންމުމަށް ދެ ގައުމުން ވެސް ތާއީދު ކުރެ އެވެ.

އެހެން ނަމަވެސް ކޮރެއާ ރައްޔިތުން ދެކޭ ގޮތުގައި އެ ނިންމުމުގެ ސަބަބުން ޖަޕާނު ޖަވާބުދާރީ ނުކުރެވެ އެވެ. އެހެންވެ، ބައެއް މީހުން އަޑުއުފުލުގެ ގޮތުން މުޒާހަރާ ކުރި އެވެ.

ވެރިރަށް ސޯލްގައި ފޮރިން މިނިސްޓްރީގެ ބޭރަށް އެއްވި މީހުން ސަރުކާރުގެ ނިންމުން ކުށްވެރި ކުރި އެވެ. ސަރުކާރުގެ ނިންމުމުގެ ދަށުން ދެކުނު ކޮރެއާގެ ކުންފުނިތަކުން ހާއްސަ ފަންޑަކަށް ފައިސާ ޖަމާކުރާނެ އެވެ. އެ ފަންޑު ހާއްސަ ކުރާނީ މަޖުބޫރުން މަސައްކަތް ކުރުވި މީހުންނަށް ބަދަލު ދިނުމަށެވެ.

ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1910 އިން 1945 އަށް ޖަޕާނުގެ އަޅުވެތިކަމުގެ ދަށުގައި ކޮރެއާ އޮތް އިރު، 150،000 ކޮރެއާ ރައްޔިތުން ޖަޕާނުގެ ފެކްޓްރީތަކާއި މައިނުތަކުގައި މަސައްކަތް ކުރަން މަޖުބޫރު ކުރުވި އެވެ.

މީގެ ކުރިން ދެކުނު ކޮރެއާގެ ސަރުކާރުން ބޭނުންވީ ޖަޕާނުގެ ކުންފުނިތަކުން ފައިސާ ދިނުމަށެވެ. އެހެންވެ، އެ ނިންމުން ބަދަލުކޮށް ކޮރެއާގެ ކުންފުނިތަކުން ފައިސާ ދޭ ގޮތަށް ހެދުމުން ޖަޕާނުން މަރުހަބާ ކިޔެވެ.

ސަރުކާރުން މިހާރު ނިންމި ގޮތުން ފަންޑަށް ފައިސާ ދޭނީ ހަނގުރާމައިގެ ފަހުން 1965 ވަނަ އަހަރު ޖަޕާނާ އެކު ގާއިމްކުރި އެއްބަސްވުމަކުން ފައިދާވި ކޮރެއާގެ ކުންފުނިތަކެވެ. ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރުގެ ފަންޑު ބަހާލާނީ ކޮރެއާގެ 15 އާއިލާއެއްގެ މެދުގަ އެވެ.

ދެކުނު ކޮރެއާގެ ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ޖަޕާނުގެ ކުންފުނިތަކަށް އަމުރު ކުރީ މަޖުބޫރުން މަސައްކަތް ކުރުވި 15 މީހަކަށް ފައިސާގެ ބަދަލު ދިނުމަށެވެ. އެހެން ނަމަވެސް، މިޓްސުބިޝީ އާއި ނިޕޯން ސްޓީލް ފަދަ ކުންފުނިތަކުން އެ އަމުރަށް އަމަލު ކުރުމަށް ދެކޮޅު ހެދި އެވެ.

މިދިޔަ އަހަރު އިންތިހާބުވި ކޮރެއާގެ އާ ރައީސް ޔޫން ސުކް ޔެއޯލްގެ އަމާޒަކީ ޖަޕާނާއެކު ގުޅުން ރަނގަޅު ކުރުމަށެވެ. އެމެރިކާއިން ވެސް ބާރު އަޅަނީ ޖަޕާނާއި ދެކުނު ކޮރެއާގެ ގުޅުން ރަނގަޅު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox