ރޮނާލްޑީނިއޯގެ ދަރިފުޅު ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް ސޮއިކޮށްފި

Mar 3, 2023, 4:01 AM
ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް ސޮއިކުރި ޖޮއާއޯ މެންޑޭސް

ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް ސޮއިކުރި ޖޮއާއޯ މެންޑޭސް

ބާސެލޯނާ (މާޗް 3) - ބާސެލޯނާގެ ލެޖެންޑަރީ ތަރި، ރޮނާލްޑީނިއޯގެ ދަރިފުޅު، ޖޮއާއޯ މެންޑޭސް، ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް ސޮއިކޮށްފި އެވެ.

ފޯވާޑަކަށް ކުޅޭ، 18 އަހަރުގެ ޖޮއާއޯ މެންޑޭސް، ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް ސޮއިކުރިކަން އެ ކްލަބުން ރަސްމީކޮށް އިއުލާނުކުރިއިރު، ރޮނާލްޑީނިއޯ، ބާސެލޯނާ ދޫކޮށްލިތާ މި އަހަރަށް 15 އަހަރު ފުރޭނެ އެވެ.

ރޮނާލްޑީނިއޯ ވަނީ 2002 ވަނަ އަހަރު ބްރެޒިލާ އެކު، ދެކުނު ކޮރެއާ/ޖަޕާންގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުުމަށް ފަހު، ޕީއެސްޖީ ދޫކޮށްލައި، ބާސެލޯނާ އަށް ބަދަލުވެފަ އެވެ. ބާސެލޯނާގައި ހުރެ، ރޮނާލްޑީނިއޯ ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން އިންޑިވިޖުއަލީ ގިނަ އެވޯޑްތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ފީފާ އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ބެލޮންޑިއޯ ޓްރޮފީ ވެސް ހިމެނެ އެވެ.

ރޮނާލްޑީނިއޯ (ވ) އާއި ޖޮއާއޯ މެންޑޭސް އެކުގައި ނަގާފައިވާ ސެލްފީއެއް.

ރޮނާލްޑީނިއޯގެ ދަރިފުޅު، ޖޮއާއޯ މެންޑޭސް، މިހާތަނަށް ކުޅެމުން އައީ ބްރެޒިލްގެ ކްލަބް، ކްރުޒޭރޯގެ ޔޫތު ޓީމަށެވެ. މިދިޔަ ސީޒަނުގެ ނިޔަލަށް އެ ޓީމަށް ކުުޅުމަށް ފަހު، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައީ އެވެ. ފާއިތުވި ހަފްތާތަކުގައި ޖޮއާއޯ މެންޑޭސް އައީ ބާސެލޯނާގެ ޓްރަޔަލްގައި ބައިވެރިވަމުންނެވެ.

އެންމެ ފަހުން، ބާސެލޯނާގެ ޔޫތު ކޯޗުންނަށް ޖޮއާއޯ މެންޑޭސް ކަމުދިއުމުން އޭނާއާ އެކު ކޮންޓްރެކްޓެއް ހެދީ އެވެ. އެ ކޮންޓްރެކްޓްގެ މުއްދަތެއް ހާމަކުރުމުގެ ބަދަލުގައި ބާސެލޯނާ އިން ބުނީ މިއީ ދިގު މުއްދަތަކަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox