ގަވައިދުތަކާ ހިލާފުވުވި ކަމަށް ޓޯނީ އެއްބަސްވެއްޖެ، ބޮޑު އަދަބަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑު

Mar 2, 2023, 4:31 AM
ގަވައިދުތަކާ ހިލާފުވުވި ކަމަށް ޓޯނީ އެއްބަސްވެއްޖެ، ބޮޑު އަދަބަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑު

ލަންޑަން (މާޗު 2) - އިނގިރޭސި އެފްއޭގެ ބެޓިން ގަވައިދުތަކާ ހިލާފުވި ކަމަށް ބްރެންޓްފޯޑްގެ ފޯވަޑް އައިވަން ޓޯނީ އެއްބަސްވުމާ އެކު، މި ކުށާ ގުޅިގެން އޭނާ އަށް ބޮޑު އަދަބަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އިނގިރޭސި އެފްއޭ އިން ހަދާފައިވާ ބެޓިންގެ ގަވައިދުތަކާ ހިލާފުވެގެން، ޓޯނީގެ 232 މައްސަލައެއް ނޮވެމްބަރު މަހު ފާހަގަކޮށްފައިވާއިރު، އިތުރު 30 މައްސަލައެއް ޑިސެމްބަރު މަހު ވަނީ ފާހަގަކޮށްފަ އެވެ.

އިނގިރޭސި އެފްއޭގެ ބެޓިން ގަވައިދުތައް ބުނާގޮތުން އެ އެސޯސިއޭޝަންގެ ދަށުން ކުޅޭ ލީގެއްގެ ކުޅުންތެރިއަކަށް މެޗުތަކަށް ބެޓު ކުރުމަކީ މަނާ ކަމެެކެވެ. އަދި ބެޓިންގެ ބޭނުމަށް މެޗުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަކީ ވެސް މަނާ ކަމެކެވެ.

ޓޯނީ، 26، ވަނީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކަށް އެއްބަސްވެފަ އެވެ. އެކަމަކު، އެހެން ބައެއް މައްސަލަތަކަށް އޭނާ އެއްބަހެއްނުވެ އެވެ.

ބެޓިންގެ ގަވައިދާ ހިލާފުވެފައިވާ ކަމަށް ފާހަގަވެފައިވަނީ 25 ފެބްރުއަރީ 2017 އިން ފެށިގެން 23 ޖެނުއަރީ 2021 ގެ މުއްދަތަށެވެ. މި މުއްދަތުގައި ޓޯނީ ވަނީ ބްރެންޓްފޯޑްގެ އިތުރުން ސްކަންތޯޕް ޔުނައިޓަޑާއި ވިގަން އެތުލެޓިކް އަދި ޕީޓަބަރާ ޔުނައިޓަޑަށް ކުޅެފަ އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި 21 މެޗުން 14 ލަނޑު ޓޯނީ ޖަހާފައިވާއިރު، ބްރެންޓްފޯޑް މި ވަގުތު އޮތީ ތާވަލްގެ ނުވަ ވަނައިގަ އެވެ. އަދި ޔޫރަޕްގެ ފުޓްބޯޅައިގެ ޖާގައެއް ހޯދުމުގެ ފުރުސަތު ވެސް ބްރެންޓްފޯޑަށް އެބައޮތެވެ.

މި މައްސަލައާ ގުޅިގެން ޓޯނީ އަށް ސަސްޕެންޝަނެއް އަންނާނެ ކަމަށް ބެލެވެ އެވެ. އެހެންވެއްޖެނަމަ، އެއީ ބްރެންޓްފޯޑަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox