ރައީސަކީ ކާކުކަން ޔަގީންނުވާ ކަމަށް ބުނެ މަޖިލީހަށް އިދިކޮޅުގެ ގަރާރެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމް؛ ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއްކަން ޔަގީން ނުވާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ވަނީ ހުށަހަޅާފައި--

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމް؛ ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއްކަން ޔަގީން ނުވާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ވަނީ ހުށަހަޅާފައި--

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ތެރެއިން މި ވަގުތު ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއް ކަން ޔަގީން ނުވާތީ އުފެދިފައިވާ ދުސްތޫރީ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މީގެ އަހަރެއް ކުރިން ރައީސް ސޯލިހް، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރެއްވި ވަގުތު ކޮޅަށް ނައިބު ރައީސް ފައިސަލްއަށް ވަގުތީ ގޮތުން ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވަން ރައީސް ކަމުގެ ހުވާ ކުރެއްވި އެވެ.

މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ހަވާލުވެވަޑައިގަތީ އެންމެ ތިން ގަޑިއިރަށެވެ. އެއަށް ފަހު ރައީސް އޮފީހުން ބުނީ ރައީސްގެ މަސްއޫލިއްޔަތުތަކާ ރައީސް ސޯލިހް އަލުން ހަވާލުވެވަޑައިގެންނެވި ކަމަށެވެ. އެ ކަން ކުރީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސަށް އެކަން ލިއުމުން އެންގެވުމަށް ފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އަހަރެއް ފަހުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ހުށަހެޅުއްވި ގަރާރުގައިވާ ގޮތުން ގާނޫނު އަސާސީގައި ނައިބު ރައީސްގެ ދުސްތޫރީ ޒިންމާތައް ބަޔާން ކޮށްފައިވާއިރު، އެ ޒިންމާތަކުގެ ތެރޭގައި ވަގުތީ ގޮތުން ވެރިކަމާ ހަވާލުވުން ނުހިމެނޭ ކަމަށް ބުނެފައިވެ އެވެ.

"އެކަމުގެ ސަބަބުން މިހާރު އުފެދިފައިވަނީ ދުސްތޫރީ އޮޅުންބޮޅުންގަނޑެއް ކަމުގައިވާތީ މި މައްސަލައިގައި ފައިސިލާކުރަނިވި ހެއްލެއް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ހޯދައިދޭން ޖެހޭ ކަމަށް ދެކޭ ކަމަށް ވާތީ އެފަދަ ހައްލެއް ހޯދުމަށް ގޮވާލައި،" ގަރާރުގައި ބުނެފައިވެ އެވެ.

އިދިކޮޅުން ވަނީ މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ވެސް މި ހަފްތާގައި ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox