ރައީސަކީ ކާކުކަން ޔަގީންކުރަން އިދިކޮޅުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއްކަން ޔަގީންކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއްކަން ޔަގީންކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ތެރެއިން މި ވަގުތު ގާނޫނީ ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއް ކަން ޔަގީން ކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

މީގެ އަހަރެއް ކުރިން ރައީސް ސޯލިހް، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރެއްވި ވަގުތު ކޮޅަށް ނައިބު ރައީސް ފައިސަލްއަށް ވަގުތީ ގޮތުން ރައީސްގެ މަސްއޫލިއްޔަތު ހަވާލުވެވަޑައިގަންވަން ރައީސް ކަމުގެ ހުވާ ކުރެއްވި އެވެ.

މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ހަވާލުވެވަޑައިގަތީ އެންމެ ތިން ގަޑިއިރަށެވެ. އެއަށް ފަހު ރައީސް އޮފީހުން ބުނީ ރައީސްގެ މަސްއޫލިއްޔަތުތަކާ ރައީސް ސޯލިހް އަލުން ހަވާލުވެވަޑައިގެންނެވި ކަމަށެވެ. އެ ކަން ކުރީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ކަން ލިއުމުން އެންގެވުމަށް ފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

Advertisement

މި ކަން ހިނގިތާ އަހަރެއް ފަހުން ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ އިތުރަށް އެ ކޯލިޝަންގެ ލީގަލް ޓީމުގައި އުޅުއްވާ ގާނޫނީ ވަކީލުން ވަނީ މިއަދު ހެނދުނު އެގާރަ ޖަހާކަށް ހާއިރު ސުޕްރީމް ކޯޓަށް ވަޑައިގެން ދުސްތޫރީ މައްސަލައެއް ގޮތުގައި ހުށަހަޅުއްވައިފަ އެވެ.

ލީގަލް ޓީމުގައި ހިމެނޭ ވަކީލު އަހުމަދު ސިއްދީގު ވިދާޅުވީ ފައިސަލް ނަސީމް ކުރެއްވި ހުވަޔަކީ ގާނޫނު އަސާސީގައި ކުރައްވަން އޮތް ހުވަޔެއްތޯ ސާފުކުރުމުގެ ގޮތުން ގާނޫނު އަސާސީ މާނަކުރުމަށް އެދިފައިވާނެ ކަމަށެވެ.

"މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ، ރައްޔިތުންގެ މެދުގައި މި ވަރުގެ ބޮޑު އޮޅުމެއް އުފެދިގެން އުޅޭއިރު އެ ކަން ސާފުކޮށް، ހުވާކުރި ގާނޫނީ މާއްދާ ރަނގަޅަށް މާނަކޮށްދިނުމަކީ ސުޕްރީމް ކޯޓުގެ ވަރަށް ބޮޑު ޒިންމާއެއް،" ސިއްދީގު ވިދާޅުވި އެވެ.

ރައީސް ކަމުގެ ހުވާ ކުރައްވަން ޖެހިވަޑައި ނުގަތަސް، ނައިބު ރައީސް އެ ކަން ކުރެއްވުމަކުން ރައީސް ސޯލިހްގެ މަގާމު ނުގެއްލޭނެ ކަމަށާއި، ގާނޫނީ ހުވާ ކުރައްވައިގެން ތިއްބެވި ދެ ރައީސުން ތިއްބެވުމުން ސުވާލުތަކެއް އުފެދޭ ކަމުގައި ވެސް ގާނޫނީ ބައެއް ވަކީލުން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox