ބީއެމްއެލްގެ މައްސަލައެއް ނެތް، ފައިސާ ގެއްލެނީ ފަރުވާ ކުޑަކަމުން: ޝަރީފް

މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް

މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައި ހުންނަ އެކައުންޓުތަކުން ކަސްޓަމަރުންނަށް ނޭނގި ފައިސާ ނަގަމުންދާ މައްސަލައިގައި ބީއެމްއެލްގެ މައްސަލައެއް ނެތް ކަމަށާއި އެކަން އެހެން ވަނީ ކަސްޓަމަރުންގެ ފަރުވާކުޑަކަމުން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މަކަރާއި ހީލަތުން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫސާނޭމް އަދި ޕާސްވޯޑް ހޯދައިގެން އެކައުންޓުގައި ހުންނަ ފައިސާ ކެނޑޭ މައްސަލަ އާންމު ވެފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އެކަމާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ޝަރީފް ވިދާޅުވީ އެ ބޭފުޅާއަކީ ބޭންކް އުފެދުނީއްސުރެ ބޭންކުގެ ކަސްޓަމަރެއް ކަމަށާއި މިހާތަނަށް އެއްވެސް ފައިސާއެއް ގެއްލިފައި ނުވާ ކަމަށެވެ.

އަދި، ތަފާތު އެކި ސައިޓުތަކަށް ވަދެ، ޒާތީ މައުލޫމާތު ކޮމްޕްރޮމައިޒް ވެގެން އެކައުންޓުން ފައިސާ ކެނޑުމަކީ އެކަމަށް ބޭންކުން ޒިންމާ ވާން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަންކަމަށް ކަސްޓަމަރުން ވެސް އެބަ ޖެހޭ ސަމާލުވާން، ހަގީގަތުގައި ރަނގަޅަށް ބަލައިފިއްޔާ ފައިސާ ގެއްލިފައި ހުންނަނީ ކަސްޓަމަރުންގެ ފަރުވާކުޑަކަމުން، މިއީ ހަގީގަތް،" ޝަރީފް ވިދާޅުވި އެވެ.

ބޭންކަށް ތުހުމަތުތައް އަމާޒުކުރަނީ އެއްވެސް ޒިންމަދާރު ކަމެއް ނެތި އެކަން ސިޔާސީކޮށްގެން ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ބޭންުކުގެ އިތުބާރު ގެއްލުވާލުމަށް ހިންގާ ސޯޝަލް މީޑިއާ ކެމްޕެއިނެއްގެ ދަޅައިގައި މަޖިލިސް ޖެހިފައިވާ ކަމަށެވެ.

މިކަން މި މަގުން ހިނގާ ނަމަ، ބޭންކު ބަނގުރޫޓޫވެ، ރާއްޖޭގެ އިގްތިސޯދު އިނދަ ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ މި މައްސަލައިގައި ބީއެމްއެލްއިން އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، އިހުމާލު އޮތް ކަން ފާހަގަކޮށްފަ އެވެ.

އަދި މިގޮތަށް ގެއްލޭ ފައިސާ އަނބުރާ ދިނުމުގެ ފުރިހަމަ ޒިންމާ ބީއެމްއެލްއިން ނަގަންޖެހޭނެ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

ކުއްލި މައްސަލައިގައި އޮތީ ކީކޭ؟

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ، ރާއްޖޭގައި އެހެން ގިނަ ބޭންކުތަކެއް ހިންގަމުންދާއިރު، މި މައްސަލަ ހަމައެކަނި ބީއެމްއެލްއަށް ދިމާވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އަދި ބީއެމްއެލްގެ ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ހޯދައިގެން، އޮޅުވާލައިގެން އެކި އެކައުންޓުތަކުން ފައިސާ ނަގަމުންދާއިރު، އެކަން ރިޕޯޓު ކުރިޔަސް، އެ ފައިސާ އަނބުރާ ނުހޯދި، ގިނަ ބަޔަކަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވަމުންދާ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

އެހެންކަމުން، ނަޝީދު ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ވަނީ މިކަން ހައްލުކޮށްދިނުމަށް ބީއެމްއެލްގެ އިތުރުން ސަރުކާރަށް ގޮވާލައިފަ އެވެ.

އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ބީއެމްއެލްގެ އެކައުންޓުތަކުން އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަ މިހާރު ވެސް މަޖިލީހުގެ އެސްއޯއީ ކޮމިޓީން އަންނަނީ ބަލަމުންނެވެ.

ބައެއް ކަސްޓަމަރުންގެ ކްރެޑިޓު ކާޑުތަކުން މުއާމަލާތްތައް ކޮށްފައިވަނީ ބޭރުގެ މާޗެންޓެއްގައި ހުރި ޑޭޓާ ވަގަށް ނަގައިގެން ކަމަށާއި އެފަދަ ހާލަތްތަކުގައި ގެއްލޭ ފައިސާ އަނބުރައި ހޯދައިދޭނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ވަނީ ދީފަ އެވެ.

މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތަކުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ގިނަ އީމެއިލްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭތީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިން ޕާސްވޯޑް ބަދަލުކުރުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox