ހަމައެކަނި އިސް ސަފުގެ މަޝްވަރާއިން ޕާޓީތަކުގެ ކަންކަމުގައި ގޮތް ނިންމުން ހުއްޓާލަން ޖެހޭ: ނަހުލާ

ޖޭޕީގެ ގައުމީ ކޮންފަރެންސް ނިންމި ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވާހަކަދައްކަވަނީ - ފޮޓޯ: ޖޭޕީ

ޖޭޕީގެ ގައުމީ ކޮންފަރެންސް ނިންމި ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވާހަކަދައްކަވަނީ - ފޮޓޯ: ޖޭޕީ

ޕާޓީތަކުގެ ކަންކަމުގައި ގޮތް ނިންމާއިރު ހަމައެކަނި އިސް ސަފުގެ މަޝްވަރާގެ މަތިން ގޮތް ނިންމުން ހުއްޓާލަން ޖެހޭ ކަމަށް ޖުމްހުރީ ޕާޓީގެ އަލަށް އިންތިހާބުވި ނައިބު ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރޭ ދަރުބާރުގޭގައި އޮތް އެ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ މިހާރު ގިނަ ޕާޓީތަކުން ފެންނަމުންދާ ހަގީގަތަކީ ޕާޓީތަކުގެ ނިންމުންތަކުގައި ހަމައެކަނި އިސް ސަފުގަ މަޝްވަރާކޮށް ކަން ނިންމަމުންދާ ތަން ކަމަށެވެ.

ނަމަވެސް، އޭނާ ގަބޫލުކުރައްވާ ގޮތުގައި ކޮންމެ ޕާޓީއެއްގެ ވެސް އެންމެ މުހިންމު ރައުސުލްމާލަކީ އެ ޕާޓީއެއްގެ އާންމު މެންބަރުން ކަމަށެވެ. އަދި، ޕާޓީއެއްގެ ކޮންމެ ނިންމުމެއްގައި ވެސް ޕާޓީގެ އާންމެ މެންބަރުންގެ ހިޔާލާއި ފިކުރު އަދި އެންމެންގެ ބައިވެރިވުން އޮންނަންވާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ޕާޓީއެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކާ، ޕާޓީގެ ކުރިއެރުމަށް، އާންމު މެންބަރުންގެ ބަސް އެއީ ޕާޓީގެ މަތިން ތިރިއަށް އަދި ތިރިން މައްޗަށް ވެސް ހިއްސާކުރެވޭ އެއްޗެއް ކަމުގައި ވާންޖެހޭ," މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަހުލާ ވިދާޅުވި އެވެ.

މީގެއިތުރުން، ޕާޓީގެ ގްރާސްރޫޓަކީ ޕާޓީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަރައި މުހިންމު އެތައް ނިންމުންތަކެއް ނިންމާ އަދި އެ ނިންމުންތަކަށް ވާސިލްވުމަށްޓަކައި ބާރުވެރި ކުރުވޭ، އަދި ބާރުވެރި ވާންޖެހޭ ފަރާތް ކަމަށް ނަހުލާ ވިދާޅުވި އެވެ.

ނަހުލާ މިފަދައިން ވާހަކަ ދައްކަވާފައިމިވަނީ ހޮނިހުރު ދުވަހުގެ ރޭ، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީއިން ވަކިން ވާދަކުރުމަށް ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއް ވާދަކުރުމަށް ޕާޓީގެ ކައުންސިލަށް ލަފާދީފައިވާ ދަނޑިވަޅެއްގަ އެވެ.

އެފަދައިން އެ ޕާޓީގެ ގައުމީ ކޮންފަރެންސަށް ހުށަހެޅި ގަރާރު ބަހުސަކަށްފަހު ފާސްކުރީ ހާޒިރީންގެ އިއްތިފާގުންނެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީއިން ކަންކުރާނެ ގޮތް ނިންމާނީ އަލަށް އިންތިހާބުވި އެ ޕާޓީގެ ކައުންސިލުންނެވެ.

މިހާރު ވެސް ވެރިކަންކުރާ ކޯލިޝަނުގައި އޮތް ޖޭޕީއިން މި އަހަރުގެ އިންތިހާބަށް ވެސް އެމްޑީޕީއާ އެކު ކުރިއަށް ދިއުމަށް އެދި އެ ޕާޓީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox