ތިން ސެޓުން ރާއްޖޭގެ ފިރިހެން ޓީމު ބަލިކޮށް މެލޭޝިއާ ފައިނަލަށް

Feb 26, 2023, 4:55 PM
ފޯ ނޭޝަންސް ކަޕްގެ ފިރިހެން ސެމީ ފައިނަލުގައި މިރޭ ރާއްޖެއާ ދެކޮޅަށް މެލޭޝިއާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފޯ ނޭޝަންސް ކަޕްގެ ފިރިހެން ސެމީ ފައިނަލުގައި މިރޭ ރާއްޖެއާ ދެކޮޅަށް މެލޭޝިއާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

.ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފިިރިހެން ޑިވިޝަނުގެ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ރާއްޖެ އަތުން ސީދާ ތިން ސެޓުން މޮޅުވެ، މެލޭޝިއާ ފައިނަލުގެ ދެ ވަނަ ޖާގަ ހޯދައިފި އެވެ.

މާދަމާ ހަވީރު ކުޅޭ ފައިނަލުގައި މެލޭޝިއާ ކުޅޭނީ މިއަދު މެންދުރު ފަހު ފުރަތަމަ ސެމީގައި އަފްގާނިސްތާން ބަލިކުރި ސިންގަޕޫރާ ދެކޮޅަށެވެ. ރާއްޖެ ކައިރިން މެލޭޝިއާ އިން މިރޭ ސެޓުތައް ގެންދިޔައީ 25-14، 25-18 އަދި 25-23 އިންނެވެ.

ސަޕޯޓަރުން ފުރާލާފައި އޮތް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިރޭ ކުޅުނު ފުރަަތަމަ ސެޓު ފަށައިގެން ރާއްޖޭގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އާއި ހަސަން ނިލާމް (ޕާޓޭ) އަދި ހުސެއިން ޔޫސުފް (ޓޯއި)ގެ އެޓޭކްތަކެއް ކޮންމެވެސް ވަރަކަށް ފެނިގެންދިޔައިރު، ރާއްޖޭން ދިޔައީ މެލޭޝިއާއާ އެއް ހަމައެއްގައި ވާދަކުރަމުންނެވެ.

އެކަމަކު، ވަކި ހިސާބަކުން ރާއްޖޭގެ ރިސީވާއި ޑިފެންސް ބޯޅަތަކުގައި ގޯސްތަކެއް ހެދި، އެ ރަނގަޅުނުކުރެވި ދިއުމުގެ ނަތީޖާ އަކަށްވީ ފުލުފުލުގައި މެލޭޝިއާ އިން ޕޮއިންޓްތައް ހޯދަމުންދިއުމެވެ. މެލޭޝިއާގެ ސެޓަރު، ހައިރުލް ޝަޒްރީމޭ ދޭ ބޯޅަތަކުގައި އެ ޓީމުގެ މުހައްމަދު ފަހުމީ އާއި ޝޯން އެންގިއާޕް ބާރު ޝޮޓްތަކެއް ފޮނުވާލައި ޕޮއިންޓްތައް ހޯދިއިރު، އެ ޓީމުން ހަމަޖެހިލައިގެން މާ ބޮޑު ޕްރެޝަރެއް ނެތި، 25-14 އިން ފުރަތަމަ ސެޓު ގެންދިޔަ އެވެ.

ރާއްޖޭން ދެ ވަނަ ސެޓުގެ ފުރަތަމަ ދެތިން ޕޮއިންޓެއްގައި މެލޭޝިއާއާ ޗެލެންޖްކޮށް، ބްލޮކެއް ވެސް ކުރި އެވެ. އެކަމަކު، މެލޭޝިއާގެ ކޮންފިޑެންސް ރަނގަޅުކޮށް ފެނުނުއިރު، ކުރާ އެޓޭކްތައް ރަނގަޅުތަނަށް ނިންމާލުމުގައި އެ ޓީމު ފެނުނީ ރަނގަޅުކޮށެވެ. ސެޓު ފަށައިގެން ހަތަރު ޕޮއިންޓުގެ ލީޑެއްގައި އޮވެ، ޕްރެޝަރު ބޯޅަތަކުގައި ވެސް ރަނގަޅު ތަނަށް ކުޅެމުންދިޔަ އެވެ. މެލޭޝިއާ އިން ގިނަ ބޯޅަތަކެއް ކުޅެމުންދިޔައީ ރާއްޖޭގެ ސެޓަރު، ހުސެއިން ޝާހިދު (ޝާޑު) ހުރި ދިމާލަށް ޓާގެޓް ކޮށްގެންނެވެ.

ފުރަތަމަ ސެޓާ އަޅާކިޔާއިރު، ދެ ވަނަ ސެޓުގައި ރާއްޖޭން ރަނގަޅަށް ކުޅެން މަސައްކަތްކުރި އެވެ. މެލޭޝިއާ އިން ފަރަގު ބޮޑުކުރަން މަސައްކަތް ކުރި ނަމަވެސް ރާއްޖޭން އެ ފުރުސަތު އެހާބޮޑަށް ނުދީ ގޭމްތެރޭގައި ކުރިއަށްދެވޭތޯ ޑިފެންސާއި އެޓޭކްގައި ވެސް ހިތްވަރު ކުރަމުންދިޔަ އެެވެ. ރާއްޖޭން ސެޓަރު ބަދަލުކޮށް، ހުސެއިން ވިޝާމް (ބުޅިކެ) މި ސެޓުގައި ބޮޑަށް ބޭނުންކުރި ނަމަވެސް މެލޭޝިއާ ކުޅެމުންދިޔަ ފޯމެއް ބަދަލެއް ނާންނާތީއާ އެކު އެ ޓީމުން ދެ ވަނަ ސެޓު، 25-18 އިން ގެންގޮސް މެޗުން މޮޅުވާން އިތުބާރު ބޮޑުކުރީ އެވެ.

ރާއްޖޭން ތިން ވަނަ ސެޓު ފަށައިގެން މެލޭޝިއާއާ އެއް ހަމައަކަށް ޖެހިލައި ކުޅެން ފެށި އެވެ. ރާއްޖޭގެ ނިލާމް އާއި އާދަމް ފައިރޫޒް، ހޯދި ޕޮއިންޓްތަކާ އެކު 4-6 އިން ލީޑުގައި އޮއްވައި، މެލޭޝިއާ އިން ޓައިމްއައުޓެއް ނެގި އެވެ. ޓައިމްއައުޓަށް ފަހު މެލޭޝިއާ އިން ކުޅުން ރަނގަޅުކޮށް، 8-7 އިން ނަތީޖާ އަނބުރާލި އެވެ. އެކަމަކު، ރާއްޖޭގެ ހުސެއިން ރައްޒާން ރަނގަޅު ދެ އެޓޭކްކޮށް، ރާއްޖެ އަށް 9-11 އިން ލީޑެއް ހޯދައިދިނެވެ.

މެލޭޝިއާ އިން ހެދުނު ގޯސްތައް ރަނގަޅުކޮށް، އަނެއްކާ ވެސް ނަތީޖާ އަނބުރާލައި، 12-11 އިން ލީޑު ހޯދި އެވެ. އޭގެ ފަހުން، މެލޭޝިއާ އިން ރަނގަޅު ލީޑެއް ނަގައި، ސެޓުގެ ކޮންޓްރޯލް ހޯދައިގެން ކުޅެން ފެށި އެވެ. ރާއްޖޭގެ އެޓޭކްތައް ހުއްޓުވަން ބްލޮކަށް އަރައި މެލޭޝިއާގެ ޝިއާ ޔޫ ވެސް ރަނގަޅު ޕޮއިންޓްތަކެއް ހޯދި އެވެ. ސެޓުގެ ފަހުކޮޅުގައި ރާއްޖޭން ރަނގަޅު ވަގުުތު ޕޮއިންޓްތަކެއް އެއްކޮށް، ފަރަގުކުޑަކުރި ނަމަވެސް މެލޭޝިއާ އިން ވަނީ މި ސެޓު 25-23 އިން ގެންގޮސް މެޗުން މޮޅުވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox