ވެލޯސޯ ދެކޭގޮތުގައި ރާއްޖެ އަށް މެޗު ގެއްލުނީ ރެފްރީގެ ސަބަބުން

Feb 26, 2023, 7:38 AM
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު ސާޖިއޯ ވެލޯސޯ ރޭގެ މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު ސާޖިއޯ ވެލޯސޯ ރޭގެ މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ލީގު ބުރުގެ ފަހު މެޗުގައި، އަފްގާނިސްތާނާ ދެކޮޅަށް ރޭ ރާއްޖެ އިން މޮޅަށް ކުޅުނު ކަމަށާއި، މެޗުން ބަލިވީ އެންމެ މުހިންމު ދަނޑިވަޅުގައި ރެފްރީގެ ނިންމުންތައް ގޯސްވެގެން ކަމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމްގެ ކޯޗު، ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ބުނެފި އެވެ.

ރޭ އަފްގާނިސްތާން އަތުން ބަލިވެ ލީގު ބުރުގައި ރާއްޖެ އަށް ލިބުނީ ތިން ވަނަ އެވެ. އެހެންކަމުން، މިރޭ ރާއްޖެ ސެމީ ފައިނަލްގައި ކުޅެން ޖެހޭނީ މެލޭޝިއާއާ ދެކޮޅަށެވެ.

އަފްގާނިސްތާން އަތުން ބަލިވި މެޗާ ގުޅޭގޮތުން ކޯޗު ވެލޯސޯ ބުނީ އެ މެޗުން ބަލިވީ ޓީމުން މޮޅަށް ކުޅެމުން ދިޔަ ދަނޑިވަޅުގައި ރެފްރީގެ ނިންމުންތައް ގޯސްވެގެން ކަމަށެވެ. އެ ދަނޑިވަޅުގައި ކުޅުންތެރިންގެ ފޯކަސްވެސް ދިޔައީ ކަމަށާއި، ހުރިހާ ގޮތަކުން ބަލާއިރު ވެސް ރާއްޖޭގެ ޓީމުން މެޗު ފެށި ވަރަށް މޮޅަށް ކަމަށް ވެލޯސޯގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

"ސެޓުގެ ފަހުކޮޅު ޖެހިޖެހިގެން ފަސް މިސްޓޭކް އެ ފެނުނީ ރެފްރީގެ. އަހަރުމެންނަށް ލިބެންޖެހޭ ފަސް ޕޮއިންޓް އެ ދިނީ އެ ޓީމަށް. އެކަމަކު ވެސް މައްސަލައެއް ނެތް. އަހަރެން ބޭނުންވި ގޮތަށް ޓީމުން ކުޅެފި" ވެލޯސޯ ބުންޏެވެ.

ބަހްރޭން ޓީމަށް ކުރިން ކޯޗުކޮށްދިން ވެލޯސޯ ބުނީ މެޗުގެ ފުރަތަަމަ ދެ ސެޓު ގެއްލުމުން ރާއްޖެ އަށް ލީގު ބުރުގެ އެއް ވަނަ ހޯދުމުގެ ފުރުސަތު ގެއްލުނީ ކަމަށާއި، ފަހު ސެޓުގައި ހުރިހާ ޒުުވާން ކުޅުންތެރިން އެރުވީ އެހެންވެގެން ކަމަށެވެ.

ބެންޗުގައި ތިބި ހުރިހާ ކުޅުންތެރިން އެރުވި ނަމަވެސް ރާއްޖެ ޓީމުން ވަރަށް ރަނގަޅަށް ކުޅެ އަފްގާނިސްތާން ޕްރެޝަރަށް ދުއްވާލި ކަމަށެވެ. ވެލޯސޯ ދެކޭގޮތުގައި ރޭގެ މެޗުގައި ފުރުސަތު ދިން ޒުވާން ކުޅުންތެރިން ފަހު ސެޓުގައި ދެއްކި ކުޅުމަކީ ސެމީ މެޗަށް ނިކުންނައިރު އެއީ ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

މެލޭޝިއާއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލު މެޗާ މެދު އިތުބާރު އޮތީ ކިހާވަރަކަށްތޯ އެހުމުން ވެލޯސޯ ބުނީ ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ބަލިވީ ބޭކާރު ޕްރެޝަރެއް ކުޅުންތެރިން ބޮލަށް ލައިގެން ކުޅުމުން ކަަމަށެވެ. ނަމަވެސް އޭގެ ފަހުން ޓީމުން މިދިޔަ ދެ މެޗުގައި މިސްޓޭކްތައް މަދުކޮށް ކުޅުން ބޮޑުތަނުން ރަނގަޅުކޮށްފި ކަމަށާއި، މިރޭ ތަފާތު ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެލޯސޯ ވަނީ ބުނެފަ އެވެ.

"އެއް އަހަރު ފަހުން ވާދަވެރި މެޗަކަށް ނިކުތީ މެލޭޝިއާ އާ ދެކޮޅަށް. އެހެންވެ ކުދިން އެ ލެވެލް އަށް ސެޓުވާން ވަގުތު ނެގި. މިހާރު މިތިބީ މެންޓަލީ ވެސް ބޭނުންވާ ގޮތަށް ސެޓުވެފައި. އެހެންވީމަ މާދަމާރޭ (މިރޭ) ތަފާތު ކުޅުމެއް ދެއްކޭނެކަމުގެ އުއްމީދު އެބައޮތް" އޭޏާ ބުންޏެވެ.

ކޯޗު ބުނީ މިދިޔަ ދެ މެޗުގައި ރާއްޖޭގެ ޓީމަށް ސަޕޯޓަރު ކުރަން އައި ސަޕޯޓަރުންގެ ސަބަބުން ޓީމަށް ރަނގަޅު އަސަރެއްކޮށްފި ކަމަށާއި، ސެމީ މެޗުގައި ވެސް އެ ސަޕޯޓް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރާއްޖެއާ އާއި މެލޭޝިއާ ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 8:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox