ލީގު ކަޕް ފައިނަލް: ކާރިއަސް ދެ އަހަރު ފަހުން މެޗަކަށް!

Feb 26, 2023, 5:49 AM
ލީގު ކަޕް ފައިނަލް: ކާރިއަސް ދެ އަހަރު ފަހުން މެޗަކަށް!

ކުރިން ލިވަޕޫލަށް ކުޅުނު، ޖަރުމަނުގެ ގޯލްކީޕަރު، ލޮރިސް ކާރިއަސް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ނިއުކާސަލް ޔުނައިޓެޑަށް ސޮއިކުރި ނަމަވެސް އަދި މިހާތަނަށް އެ ޓީމަށް މެޗެއް ކުޅެދީފައެއް ނުވެ އެވެ. ކާރިއަސް، ދެ އަހަރު ތެރޭގައި ކުޅޭނެ ރަސްމީ ފުރަތަމަ މެޗަކީ އިނގިރޭސި ލީގު ކަޕް ފައިނަލުގައި މިރޭ ނިއުކާސަލް އިން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.

ކާރިއަސް، 28، މިރޭގެ މެޗުގައި ކުޅުވަން ޖެހުނީ ދިމާވި ހާލަތެއްގެ ސަބަބުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް އިން ލިވަޕޫލް އަތުން ބަލިވި މެޗުގައި ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ ހުރީ ސަސްޕެންޝަނެއްގަ އެވެ. ނިއުކާސަލްގެ ދެ ވަނަ ކީޕަރަކަށް ހުރީ މި ސީޒަނުގެ ފުރަތަމަ ބައިގައި ލޯން އުސޫލުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޗެކް ރިޕަބްލިކްގެ މާޓިން ޑުބްރާވްކާ އެެވެ. ޑުބްރާވްކާ، މި މުބާރާތުގައި ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި މެޗު ލިސްޓެއްގައި ހިމެނިފައިވާތީ، އޭނާ އަށް ފައިނަލްގައި ކުޅެން ގަވާއިދު ތަނެއް ނުދެ އެވެ.

އެހެންކަމުން، މިރޭ، ނިއުކާސަލްގެ ކޯޗު އެޑީ ހޯވް އަށް ވަނީ ތިން ވަނަ ކީޕަރަކަށް ހުރި ކާރިއަސް އަށް ފުރުސަތު ދޭން ޖެހިފަ އެވެ.

ކާރިއަސް އެންމެ ފަހުން މެޗެއް ކުޅެފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން، ޖަރުމަނު ބުންޑަސްލީގާގެ ޔޫނިއަން ބާލިން އަށް ކުޅުނުއިރު، 2021 ވަނަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. އޭގެ ފަހުން، ކާރިއަސް، ލިވަޕޫލާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް މިދިޔަ ސީޒަނުގެ ނިޔަލަށް ހަމަވުމާއި ދެ ފަހަރެއްގެ މަތިން މި ސީޒަންގެ ނިޔަލަށް ނިއުކާސަލްއާ އެކު އެއްބަސްވުމެއް ހެދި ނަމަވެސް ރަސްމީ މެޗެއްގައި ކުޅެލުމުގެ ފުރުސަތު ނުލިބެ އެވެ.

"ފުޓްބޯޅައިގެ ފުރިހަމަ ކަމަކީ ކޮންމެ ކުޅުންތެރިއަކަށް ކޮންމެ ފަދަ ފުރުސަތެއް ވެސް ލިބިދާނެ. އަހަރެމެންނަށް އޮތީ ޕްރޮފެޝަނަލުންގެ ގޮތުގައި މަސައްކަތް ކުރުން،" ކާރިއަސް އަށް މި ފުރުސަތު އައި ގޮތާ ބެހޭގޮތުން އެޑީ ހޯވް، ނިއުކާސަލްގެ މީޑިއާ އަށް ބުނެފައިވެ އެވެ.

ކާރިއަސްގެ ކެރިއަރުގައި އެންމެ ބޮޑު ލައްގަނޑެއް ޖެހިފައިވަނީ ވެސް ފައިނަލެއްގައި ހިނގައިދިޔަ ކަމެއްގެ ސަބަބުންނެވެ. އެ ގޮތުން، 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވި މެޗުގައި ކާރިއަސް އަތުން ހެދުނު ގޯސްތަކުން އަރައިގަނެ، އެއް ފެންވަރެއްގައި ކާރިއަސް އަށް އަދިވެސް ރަނގަޅު ކުޅުމެއް ދެމެހެއްޓޭގޮތް ވަނީ ނުވެފަ އެވެ.

ކާރިއަސް ލިވަޕޫލްގައި ހޭދަކުރި ފަހު އަހަރުތަކުގައި ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބެސިކްޓާސް އާއި ޖަރުމަނުގެ ޔޫނިއަން ބާލިން އަށް ކުޅެގެން ވެސް ކެރިއަރު ހަމަމަގަށް އަޅަން ކުރި މަސައްކަތް އަދި އޮތީ ކާމިޔާބުނުވެ އެވެ.

ނިއުކާސަލް އިން 68 އަހަރު ތެރޭ ފުރަތަމަ ފަަހަރަށް ޑޮމެސްޓިކް ތަށްޓެއްގައި އަތްލަން ކުރާ މަސައްކަތުގައި ޓީމުގެ އިސް ރޯލެއްގެ ޒިންމާ މި ވަގުތު ހަވާލުވެފައި މި އޮތީ، ކްލަބަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅެން ނުކުންނަން ތައްޔާރަށް ހުރި ކާރިއަސް އަތުގަ އެވެ. ވެމްބްލީގައި ކުޅޭ ލީގު ކަޕް ފައިނަލުގައި މިރޭ ނިއުކާސަލާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox