ޖޭޕީގެ ޑެޕިއުޓީ ލީޑަރުންނަށް ނަހުލާ، އަމީން، ސައުދު، ޝާހް، އަދި އިގްބާލް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުންނަށް އިންތިހާބުވި ބޭފުޅުން

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުންނަށް އިންތިހާބުވި ބޭފުޅުން

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިމެނޭހެން ފަސް ބޭފުޅަކު އިންްތިހާބުކޮށްފި އެވެ.

ވާދަކަވެރިކަން ބޮޑުވި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރޭގައި މިހާރު ހިންގާ ސަރުކާރު ކޯލިޝަންގެ މިނިސްޓަރުންނާއި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ވާދަކުރެއްވި މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުންގެ ތެރެއިން ޑެޕިއުޓީ ލީޑަރު ކަމަށް އިންތިހާބުވީ ހަމައެކަނި ނަހުލާ އެވެ.

Advertisement

އެ މަގާމަށް ވާދަކުރެއްވި ފިޝާރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ އާއި ކޮންޓްރޯލާ އޮފް އިމިގްރާޝަން ހަނަފީ އާއި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދަށް ވަނީ ނާކާމިޔާބީ ލިބިވަޑައިގެންފަ އެވެ.

ކޮންގްރެސްގެ 680 ބައިވެރިންގެ ވޯޓު ދިން ނައިބު ލީޑަރުގެ ވާދަވެރި އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އެ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި މިނިސްޓަރު ނަހުލާއަށެވެ. ދެން އެ މަގާމަށް އިންތިހާބުވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި، މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމު ފުރުއްވާފައިވާ އަހުމަދު ސައުދާއި، މަޖިލީހުގެ ކުރީގެ މެންބަރު އަލީ ޝާހް، އަދި އިގްބާލް އާދަމް އެވެ.

ޑެޕިއުޓީ ލީޑަރު އިންތިހާބުގެ ނަތީޖާ؛

  1. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ - 558 ވޯޓު
  2. ކުރީގެ ޓްރާންސްޕޯޓް މިިނިސްޓަރު އަމީން އިބްރާހިމް - 327 ވޯޓު
  3. ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހު - 277 ވޯޓު
  4. ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް - 263 ވޯޓު
  5. ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު - 275 ވޯޓު
  6. ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބްޅޯ) - 258 ވޯޓު
  7. އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ - 255 ވޯޓު
  8. އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު - 198 ވޯޓު
  9. ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން - 147 ވޯޓު
  10. އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަަދު އަހުމަދު (ހަނަފީ) - 143 ވޯޓު
  11. ޔަޝްފާ އަބްދުލްޣަނީ - 138 ވޯޓު
  12. ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު މޫސާ ނިޒާރު - 102 ވޯޓު

ޖޭޕީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ފަސް ބޭފުޅަކު އިންތިހާބުކޮށްފައިވާއިރު، އެހެން ބޭފުޅަކު ކުރިމަތިނުލުމުން އިންތިހާބަކާ ނުލައި އެ ޕާޓީގެ ލީޑަރަކަށް ހޮވިފައި ވަނީ، އެ ޕާޓީ އުފެދުނީއްސުރެ ވެސް ވޭތުވެދިޔަ 15 އަހަރު އެ މަގާމު ފުރުއްވަމުން ގެންދަވާ، ވިޔަފާރިވެރިޔާ އަދި ރައްޔިތންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.

ޑެޕިއުޓީ ލީޑަރުގެ މަގާމުގެ އިތުރަށް ޖޭޕީގެ ކައުންސިލަށް 25 މެންބަރުން ވެސް ކޮންގްރެސްއިން އިންތިހާބު ކުރި އެވެ. އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރިޔާސީ އިންތިހާބުގައި ޕާޓީން އަމަލު ކުރާނެ ގޮތް ނިންމުމުގެ ބާރު އޮންނާނީ ޕާޓީގެ ކައުންސިލަށެވެ.

އިއްޔެ މެންދުރުފަހު ފެށި އިންތިހާބުތަކުގެ ވޯޓު ލުން ނިމުނީ އިއްޔެ ހަވީރު ފަހެއް ޖަހަނިކޮށެވެ. އޭގެ ފަހުން ވޯޓު ގުނުމުގެ މަސައްކަތް ފަށައި، ހުރިހާ ފޮއްޓެއްގެ ނަތީޖާ ގުނައި ނިމުުނީ މިއަދު ހެނދުނު ހައެއް ޖެހި ފަހުންނެވެ. ވޯޓު ގުނުމުގެ މުޅި މަރުހަލާއަށް 10 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ.

ރޭ 9:30 ހާއިރު ވޯޓު ގުނުމުގެ މަސައްކަތް ދެ ގަޑިިއިރެއްހާ އިރަށް މެދު ކަނޑައިލި އެވެ. އެއީ ކޮންގްރެސްއަށް ހުށަހެޅިފައިވާ ގަރާރުގެ އެޖެންޑާ ކުރިއަށް ގެންދިއުމަށާއި ވޯޓު ގުނުމުގައި ހަރަކާތްތެރިވަމުން ދިޔަ އޮފިޝަލުންނަށް ހުސް ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައި ކުރި ކަމެކެވެ.

މި ހަފުތާ ބަންދު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ޖޭޕީގެ ކޮންގްރެސަށް ރިޔާސީ އިންތިހާބުގައި ޕާޓީން ވާދަކުރުމަށް ކައުންސިލަށް ލަފާ ދިނުމަށް ގޮވާލާ ގަރާރެއް ވެސް ހުށަހެޅި އެވެ. ކުުރީގެ މެންބަރު އަބްދުﷲ އަހުމަދު ހުށަހެޅުއްވި ގަރާރު ފާސްވީ ކޮންގްރެސްގައި ބައިވެރިވި މަންދޫބުންގެ އިއްތިފާގުންނެވެ.

ކޮންގްރެސް އިން އެ ގަރާރު ފާސްކުރި ނަމަވެސް އެ ގަރާރަށް ކައުންސިލުން އަމަލުކުރުން ލާޒިމެއް ނޫނެވެ.

ޖޭޕީން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ކޮންގްރެސްއިން ލަފާ ދީފައިވާއިރު, ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދުމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ސޯލިހުގެ ފަޅިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox