އަފްގާނިސްތާން އަތުން ބަލިވެ، ސެމީ ފައިނަލްގައި ރާއްޖެ ނިކުންނާނީ މެލޭޝިއާއާ ދެކޮޅަށް

Feb 25, 2023, 5:26 PM
އަފްގާނިސްތާން އަތުން ބަލިވެ، ސެމީ ފައިނަލްގައި ރާއްޖެ ނިކުންނާނީ މެލޭޝިއާއާ ދެކޮޅަށް

ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަނުގެ ލީގު ބުރުގެ ފަހު މެޗުގައި އަފްގާނިސްތާން އަތުން ބަލިވެ، ސެމީ ފައިނަލުގައި މެލޭޝިއާއާ ދެކޮޅަށް ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ނިކުންނަން ޖެހިއްޖެ އެވެ.

މިރޭ އަފްގާނިސްތާން އަތުން ސީދާ ތިން ސެޓުން ރާއްޖެ ބަލިވުމުން ތިން ޕޮއިންޓާ އެކު ރާއްޖެ އަށް ލިބުނީ ލީގު ބުރުގެ ދެ ވަނަ އެވެ. ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ލީގު ބުރުގެ އެއް ވަނަ އަފްގާނިސްތާނުން ހޯދުމުން އެ ޓީމު ސެމީ ފައިނަލުގައި ނިކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.

ސޯސަލް ސެންޓަރުގެ އިންޑޯ ފުރާލާފައި އޮތް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ ސެޓުތައް އަފްގާނިސްތާނުން ގެންދިޔައީ 24-26، 21-25 އަދި 22-25 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ދިވެހި ޓީމުން ފެށީ ވަރަށް ފޯމުގަ އެވެ. ހަސަން ނިލާމް (ޕާޓޭ)ގެ ބާރު ހަމަލާތަކާއި، އާދަމް ފައިރޫޒް އަދި ހުސައިން ޔޫސުފް (ޓޯއީ)ގެ މޮޅު ބްލޮކްތައް ފެނުނު މި ސެޓުގައި ރާއްޖެ އިން ފުރަތަމަ ހަތަރު ޕޮއިންޓްގެ ލީޑެއް ނެގީ 10-6 އިންނެވެ. މި ލީޑު ގެއްލުވައިނުލައި ސެޓުގެ ފަހުކޮޅާ ހަމައަށް ދިޔަ އެވެ. އެކަމަކު، 20-16 ގައި ސްކޯ އޮއްވައި މަޑުމަޑުން އަފްގާނިސްތާނުން ކުޅުން ވަރުގަދަ ކުރި އެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ސްކޯ ކައިރި ކުރަމުން ގޮސް 22-22 އިން ސްކޯ އެއްވަރުކުރި އެވެ.

މެޗުގެ ފޯރިގަދަވެ ސެޓު އެނބުރުނީ 23-23 އިން ސްކޯ އެއްވަރުވެފައި އޮއްވާ ދެން އައި ޕޮއިންޓު އަފްގާނިސްތާނަށް ލިބުނު ހިސާބުންނެވެ. އަފްގާނިސްތާނުން ފޮނުވާލި ބޯޅަ ނެޓުގައި ޖެހި ހަތަރު ޓަޗް ހަމަވި ކަމަށް ދިވެހި ޓީމުން އެޕީލްކުރި އެވެ. އަފްގާނިސްތާނުން ސާވިސް ނެގުމުގެ ކުރިން ރާއްޖެއިން ޓައިމް އައުޓެއް ނަގަން އެދުނެވެ. ނަމަވެސް މާ ލަސްވެއްޖެ ކަމަށް ބަލައި ރެފްރީ އެންގީ ސާވިސް ނަގާށެވެ. އެ ދަނޑިވަޅުގައި ދެ ޓީމުގެ ކުޅުންތެރިންވެސް ތިބީ ތައްޔާރުވެގެނެއް ނޫނެވެ. އަފްގާނިސްތާނުން ނެގި ސާވިސް ނިންމައި ނުލެވި އެ ޕޮއިންޓް އެޓީމަށް ލިބުމާ އެކު އަނެއްކާވެސް ރާއްޖޭގެ ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ މައްސަލަ ޖައްސަން ފެށި އެވެ. އަފްގާނިސްތާނުގެ ކުޅުންތެރިން ތިބީ ރަނގަޅު ޕޮޒިޝަނުގައި ނޫން ކަމަށް ބުނެ ރޮޓޭޝަން ފޯލްޓަކަށް އެދުނެވެ. ނަމަވެސް ރެފްރީ ސިމާދު މި ފަހަރު ވެސް ދިވެހި ޓީމަށް އެންގީ ނިންމުން ރަނގަޅު ކަަމަށެވެ. ރެފްރީގެ ނިންމުމަށް ހިތްހަމަނުޖެހުން ފާޅުކުރުމުގެ ސަބަބުން ރާއްޖޭގެ ކޯޗު ވެލޯސޯ އަށް ރީނދޫ ކާޑެއްވެސް ރެފްރީ ސިމާދު ދެއްކި އެވެ.

ރާއްޖޭގެ ނިލާމް (ކ) އާއި ހުޒާމް ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެ ގޮތުން ސްކޯ، 23-24 ގައި އޮއްވައި އަފްގާނިސްތާނަށް ސެޓު ނިންމުނަ ނުދީ ހައިލަމް ޕޮއިންޓެއް ރާއްޖެ އަށް ހޯދައިދިނެވެ. އެކަމަކު، 24-24 އިން އެއްވަރުވެފައި އޮއްވައި ރާއްޖެ ޓީމުން ދެ ބަދަލެއް ގެންނަންވެގެން ކުޅުންތެރިން ނެރުނެވެ. ނަމަވެސް ހުސައިން ރަޒާން ލައިނާ ހަމައަށް އައީ މާ ފަހުން ކަމަށް ބަލައި އޭނާ މަޑު ކުރަން ސެކަންޑް ރެފްރީ އެންގި އެވެ. އެ ސާވިސް އިން ޕޮއިންޓް ގެއްލި، ފަހު ޕޮއިންޓް ވެސް ނިންމާލުލެވި ރާއްޖެ އަށް ފުރަތަމަ ސެޓު ގެއްލުނީ 24-26 އިންނެވެ. މުޅި ސެޓުގައި ލީޑުގައި އޮތް ރާއްޖެއަށް ލީޑު ގެއްލި ސެޓު ގެއްލުނީ އެންމެ ފަހު ވަގުތުކޮޅުގަ އެވެ.

ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް ދެ ވަނަ ސެޓު ރާއްޖެއިން ފެށީ ފޯރީގަ އެވެ. މިގޮތުން ރަނގަޅު ޕޮއިންޓްތަކެއް ހޯދައި 4-1 ގެ ލީޑަކާ އެކު ރާއްޖެ އޮތް ނަމަވެސް އަފްގާނިސްތާނުން ކުޅުން ރަނގަޅުކޮށް ރާއްޖޭއާ އަރާ ހަމަކުރި އެވެ. އެ ގޮތުން، 10-10 އިން ސްކޯ އޮއްވައި އެ ޓީމުން ދެ ޕޮއިންޓްގެ ލީޑެއް ނެގި އެވެ. މި ލީޑުގައި ސެޓު ނިމެންދެން ހިފަހައްޓާލި އެވެ. އަދި ފަހު ވަގުތު ރާއްޖެ އަށް ހެދުނު ގޯސްތަކުން ދެވަނަ ސެޓު 21-25 އިން އަފްގާނިސްތާނުން ކާމިޔާބު ކުރި އެވެ.

ތިން ވަނަ ސެޓު ރާއްޖެއިން ފެށީ ބަދަލުތަކަކާ އެކުގަ އެވެ. އެ ގޮތުން ދެ ބްލޮކަރު ހުސައިން ޔޫސުފް (ޓޯއީ) އެކަނި ބަހައްޓާފައި ބާކީ ފަސް ކުޅުންތެރިން ބަދަލުކުރި އެވެ. ނިލާމް، ހުޒާމް އަދި ހުސައިން ރަޒާންގެ ބަދަލުގައި ކުޅެން އެރުވީ ހައިލަމް، މާއިޝް އަހުމަދު އަދި އަލީ ޖަވާމް އެވެ. މިއީ ކުރިން ގައުމީ ޓީމުގެ ލިބަރޯއަކަށް ކުޅުނު އަލީ ޖަވާމް ގައުމީ ޓީމްގައި އެޓޭކަރަކަށް ކުޅޭ ފުރަތަމަ ރަސްމީ މެޗެވެ.

ބަދަލުތަކަކާ އެކު ފެށި ނަމަވެސް ރާއްޖެއިން މި ސެޓުގައި ދޫނުދީ ކުޅުނެވެ. އެއްވަރުކޮށް ސެޓު ފެށުނު ނަމަވެސް 8-6 އިން ލީޑު ވެސް ނެގި އެވެ. އަފްގާނިސްތާނުން މަޑު މަޑުން ކުޅުން ރަނގަޅުކޮށް 10-10 އިން ސްކޯ އެއްވަރު ކުރި އެވެ. ދިވެހި ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އަފްގާނިސްތާނުން ދެ ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ނަމަވެސް މާއިޝް އާއި ޔޫސުފްގެ ރަނގަޅު ދެ ހަމަލާއަކުން 15-15 އިން ސްކޯ އެއްވަރު ކުރި އެވެ.

އަނެއްކާ ވެސް ފެނުނީ އަފްގާނިސްތާނުން ބާރު ދެ ހަމަލާއަކާއެކު ލީޑު ނެގި ތަނެވެ. އެ ލީޑުގައި އޮވެ ކުޅެމުން ދަނިކޮށް ރާއްޖެ އިން ދެ ޕޮއިންޓް ފުލުފުލުގައި ހޯދައި 21-21 އިން އެއްވަރުކުރި އެވެ. ރާއްޖެ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން އަފްގާނިސްތާނުން މި ސެޓު 22-25 އިން ހޯދައި މެޗު ކާމިޔާބުކުރި އެވެ.

ފޯ ނޭޝަންސް ކަޕްގައި މާދަމާ މެންދުރު 14:30 ގައި ކުޅޭ ފިރިހެން ބައިގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ އަފްގާނިސްތާނާއި ސިންގަޕޫރެވެ. ހަވީރު 16:30 ގައި ކުޅޭ އަންހެން ސެމީ ފައިނަލް މެޗުގައި ވާދަކުރާނީ ރާއްޖެ އާއި މެލޭޝިއާ އެވެ. އަދި ރޭގަނޑު ކުޅޭ ފިރިހެން ސެމީ ފައިނަލް ދެ ވަނަ މެޗުގައިވެސް ރާއްޖެ ނިކުންނާނީ މެލޭޝިއާ އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox