ޖޭޕީގެ ކޮންގްރެސްގައި ނައިބު ރައީސް ފައިސަލް ބައިވެރިވެވަޑައިނުގަތީ އާލާސްކަންފުޅާ އުޅުއްވާތީ

ނައިބު ރައީސް ފައިސަލް ނަސީމް؛ ޖޭޕީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިނުގަނެވުނީ އާލާސްކަންފުޅާ އުޅުއްވާތީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ނައިބު ރައީސް ފައިސަލް ނަސީމް؛ ޖޭޕީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިނުގަނެވުނީ އާލާސްކަންފުޅާ އުޅުއްވާތީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މި ހަފުތާ ބަންދު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިނުގަތީ އާލާސްކަންފުޅެއްގައި އުޅުއްވާތީ ކަން އެނގިއްޖެ އެވެ.

އިއްޔެ ފެށި އެ ކޮންގްރެސްގައި މިއަދަށް މުހިންމު ބަހުސެއް ވެސް ތާވަލުކޮށްފައިވެ އެވެ. އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރަން ނިންމުމަށް އެ ޕާޓީގެ ކައުންސިލަށް ކޮންގްރެސް އިން ލަފާ ދިނުމަށް ގޮވާލާ ގަރާރެއްގެ ބަހުސެކެވެ. ޖޭޕީން ވާދަކުރަން އަދި ނުކުރަން ނިންމުމުގެ ބާރު ވެސް ދީފައި އޮންނަނީ ޕާޓީގެ ކައުންސިލަށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް، ޖޭޕީގެ މުސްތަގުބަލު ވެސް ކަނޑައެޅުމަށް ކުރިއަށްދާ މުހިންމު ކޮންގްރެސްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފައި ނެތުމުން، "އަދަދު" ނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނުގެ އަރިސް ބޭފުޅަކު ވިދާޅުވީ ނައިބު ރައީސް އުޅުއްވަނީ ރޯގާގެ އާލާސްކަންފުޅެއްގައި ކަމަށެވެ.

ޖޭޕީގެ ކޮންގްރެސްގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގެންނެވިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ދައުވަތު ފޮނުވި އެވެ. ނަމަވެސް ރައީސް ސޯލިހު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގަ އެވެ.

ރައީސް ސޯލިހުގެ ސަރުކާރު އެކުލަވާލާފައިވަނީ ޖޭޕީގެ އިތުރަށް އަދާލަތު ޕާޓީއާއި އެމްއާރުއެމް ހިމެނޭ ކޯލިޝަނަކުންނެވެ. ފައިސަލް ނަސީމް ނައިބު ރައީސަކަށް ހުންނެވީ ޖޭޕީއަށް ލިބުނު ސްލޮޓަކުންނެވެ. ޖޭޕީގެ ސްލޮޓްގައި ކެބިނެޓުގައި ވެސް ތިން ވަޒީރަކު ތިއްބަވަ އެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކުގައި ވެސް ޖޭޕީގެ ބޭފުޅުން ތިއްބަވަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހު، ރައީސް ސޯލިހު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނާއެކު ކޯލިޝަން ހެއްދެވުމަށް މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އަނެއް ތިން ޕާޓީއަށް ވެސް ދައުވަތު ދެއްވައިފަ އެވެ. މިހާތަނަށް އެ ދައުވަތު ގަބޫލުކުރެއްވީ އަދާލަތު ޕާޓީން އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox