ދެ ވަނަ މެޗުގައި ސިންގަޕޫރު އަތުން ވެސް ރާއްޖޭގެ އަންހެން ޓީމު ބަލިވެއްޖެ

Feb 24, 2023, 2:22 PM
ސިންގަޕޫރުގެ ކުޅުންތެރިއަކު ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ރާއްޖޭގެ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިންގަޕޫރުގެ ކުޅުންތެރިއަކު ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ރާއްޖޭގެ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުން ކުޅުނު ދެ ވަނަ މެޗުގައި ސިންގަޕޫރު އަތުން ސީދާ ތިން ސެޓުން މިއަދު ބަލިވެއްޖެ އެވެ.

ތިން ޓީމު ވާދަކުރާ އަންހެން ބައިގައި މިއަދު ސިންގަޕޫރު އަތުން ރާއްޖެ ސީދާ ތިން ސެޓުން ބަލިވިއިރު، ރާއްޖެ ކުޅުނު ފުރަަތަމަ މެޗުގައި އިއްޔެ މެލޭޝިއާ އަތުން ބަލިވީ 3-2 ސެޓުންނެވެ. މިއަދު މެޗުގެ ސެޓުތައް ރާއްޖެއަށް ގެއްލުނީ 26-28، 21-25 އަދި 14-25 އިންނެވެ.

ފުރަތަމަ ސެޓު ދިވެހި ޓީމުން ފަށައިގަތީ ރަނގަޅު ފޯމެއްގަ އެވެ. ރަނގަޅު ހަމަލާތަކަކާ އެކު ދިގު ރެލީތަކަކަށްފަހު ޕޮއިންޓްތައްވެސް ހޯދި އެވެ. މުބާރާތުގައި ސިންގަޕޫރުގެ ފުރަތަމަ މެޗަށް ނިކުތް ސިންގަޕޫރު ވެސް ފެނުނީ ޕްރެޝަރެއް ނެތި އިތުބާރާ އެކު ކުޅެލިތަނެވެ. ހަމަހަމަކޮށް، ސެޓުގެ މެދާ ހަމައަށް ދިޔަ ނަމަވެސް ދިވެހި ޓީމުން މުހިންމު ދަނޑިވަޅެއްގައި ދެ ޕޮއިންޓްގެ ލީޑެއް ނެގި އެވެ. އެ ލީޑު ފުޅާކުރަމުން ގޮސް 17-19 ގައި އޮއްވައި ސިންގަޕޫރުން ފަހަތުން އަރައި، ސްކޯ 20-20 އިން އެއްވަރުކުރި އެވެ. އަނެއްކާ ވެސް ރަނގަޅު ހަމަލާތަކަކާ އެކު ދިވެހި ޓީމުން ދެ ޕޮއިންޓްގެ ލީޑެއް ހޯދި އެވެ. އެ އަށް ފަހު، 23-21 ގައި އޮއްވައި، ސިންގަޕޫރުން ރަނގަޅު ދެ ބްލޮކެއް ކޮށް 23-23 އިން އެއްވަރުކުރި އެވެ.

މި ސެޓު ނިންމާލަން ދެ ފުރުސަތު ރާއްޖެ އަށް ލިބުނެވެ. ދެ ފަހަރު ވެސް ސިންގަޕޫރުން ނަތީޖާ ހަމަހަމަކުރި އެވެ. އޭގެ ފަހުން ސިންގަޕޫރަށް ލިބުނު ފުރަތަމަ ފުރުސަތުގައި ރާއްޖެއިން ރަނގަޅު ޑިފެންސެއްކޮށް 26-26 އަށް އެއްވަރުކުރި އެވެ. ސިންގަޕޫރުން މި ސެޓު ކާމިޔާބުކުރީ ރާއްޖެ އަށް އެޓޭކް ކުރަން ލިބުނު ދެ ފުރުސަތުގައި ވެސް އެކަން ކާމިޔާބު ނުކުރެވުމުންނެވެ.

ފުރަތަމަ ސެޓާ ހިލާފަށް ދެ ވަނަ ސެޓު ރަނގަޅަށް ފެށީ ރާއްޖެ އިންނެވެ. ރަނގަޅު ހަމަލާތަކަކާ އެކު ހަތަރު ޕޮއިންޓްގެ ލީޑެއް އެޓީމުން ނެގި އެވެ. ނަމަވެސް ސިންގަޕޫރުން ގޭމުގެ ތެރެއަށް ވަދެ ލީޑު ހަނިކުރި އެވެ. ވާދަވެރިކޮށް ސެޓުގެ ކުރީކޮޅު ފެނުނުއިރު، މި ސެޓުގައި ސިންގަޕޫރުން ފުރަތަމަ ލީޑު ނެގީ 7-8 އިންނެވެ. އޭގެ ފަހުން އެ ޓީމުން މަޑު މަޑުން ލީޑު ފުޅާކުރަމުން ގޮސް ފަސް ޕޮއިންޓެގެ ލީޑެއް ނެގި އެވެ.

އެ ގޮތުން، 10-15 ގައި ސްކޯ އޮއްވައި ރާއްޖޭން އެޓޭކުތައް ރަނގަޅުކޮށް 12-15 އަށް ސްކޯ ކައިރި ކުރި އެވެ. އަނެއްކާ ވެސް ސިންގަޕޫރުން ދެ ޕޮއިންޓް ހޯދައި ފަސް ޕޮއިންޓްގެ ލީޑު ދެމެހެއްޓި އެވެ. ޑިފެންސް ރަނގަޅުކޮށް ދިވެހި ޓީމުން ގާތް ގާތުގައި ޕޮއިންޓްތަކެއް ހޯދައި ސްކޯ ދެ ޕޮއިންޓަށް ހަނިކުރި އެވެ. ޕްރެޝަރު ބޮޑުވެ ސިންގަޕޫރުން ޓައިމްއައުޓެއް ނެގި އެވެ. އޭގެ ފަހުން އަނެއްކާވެސް ނިކުމެ އެޓީމުން ކުރީގެ ލީޑު ހޯދި އެވެ. އެ ލީޑު ދަމަހައްޓަމުން ގޮސް ސްކޯގެ ފަރަގު 16-23 އަށް ވެސް ބޮޑު ކުރި އެވެ.

ދިވެހި ޓީމުން މި ދަނޑިވަޅުގައި އާމިނަތު ޝަހާ ޝާމިންގެ ބަދަލުގައި ފާތިމަތު ޝަމްހާ ކުޅެން އެރުވި އެވެ. ޑިފެންސްތައް ރަނގަޅުކޮށް ދިވެހި ޓީމުން ހަތަރު ޕޮއިންޓް ހޯދައި ސްކޯ 20-23 އަށް ބަދަލުކުރި އެވެ. ސިންގަޕޫރުން ފަހު ވަގުތު ރަނގަޅު ހަމަލާތަކެއް ފޮނުވާލައި 21-25 އިން މި ސެޓު ކާމިޔާބުކުރި އެވެ.

ތިން ވަނަ ސެޓު ފަށައިގެން ދެ ޓީމް ފެނުނީ ހަމަހަމަކޮށެވެ. އެ ގޮތުން، 6-6 އިން ސްކޯ އެއްވަރުވެފައި އޮއްވައި ނިންމާލަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ސިންގަޕޫރުން ތިން ޕޮއިންޓްގެ ލީޑެއް ނެގި އެވެ. އެ ލީޑު އެޓީމުން ސެޓު ނިމެންދެން ހިފެހެއްޓި އެވެ. މި ސެޓުގައި ރާއްޖެއިން ފެނުނީ ނިސްބަތުން ދަށް ކުޅުމެކެވެ. ސެޓުގައި ސިންގަޕޫރަށް 9 ޕޮއިންޓްގެ ލީޑެއްވެސް ލިބުނެވެ. އަދި 25-14 އިން ސެޓު ގެއްލުނުއިރު މި ސެޓުގައި ގިނަ ޕޮއިންޓްތައް ގެއްލުނީ ރާއްޖޭގެ ރިސީވް ދަށްވެގެންނެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވިއިރު، ލީގު ބުރުގެ ފަހު މެޗުގައި ސިންގަޕޫރު ނުކުންނާނީ މެލޭޝިއާއާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާނެ އެވެ. ބަލިވާ ޓީމެއް ރާއްޖެއާ ދެކޮޅަށް ނިކުންނާނީ ޕްލޭ-އޮފް މެޗުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox