ބާސެލޯނާ އަށް 25 އަހަރު ތެރޭ ބޮޑު ވެއްޓުމެއް

Feb 24, 2023, 8:15 AM
ބާސެލޯނާ އަށް 25 އަހަރު ތެރޭ ބޮޑު ވެއްޓުމެއް

ފާއިތުވި 25 އަހަރަށް ބަލާއިރު ވެސް ބާސެލޯނާ އިން ވަނީ ޔޫރަޕްގެ މުބާރާތެއްގެ ގަދަ 16 ބުރުގައި ކޮންމެ ފަހަރަކު ވެސް ވާދަކޮށްފަ އެވެ. އެކަމަކު، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި، ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުން ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވުމާ އެކު، ބާސެލޯނާ އަށް ވަނީ 1998-1999 ވަނަ އަހަރުގެ ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ޔޫރަޕްގެ އެއްވެސް މުބާރާތެއްގެ ގަދަ 16 އިން ފުރުސަތު ނުލިބި ސީޒަނެއް ފުރިހަމަ ކުރަން ޖެހިފަ އެވެ.

މިދިޔަ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ބާސެލޯނާ ވަނީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ކުއާޓާ ފައިނަލުން ކެޓީ ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް އަތުންނެވެ. މިދިޔަ އަހަރު ތަށި ހޯދީ ފްރޭންކްފާޓުންނެވެ.

މީގެ ދެ އަހަރު ކުރިން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ބާސެލޯނާ މި ވަނީ ޖެހިޖެހިގެން ދެ ސީޒަނުގައި ޔޫރަޕްގެ ދެ މުބާރާތުން ހިތްދަތި ގޮތަކަށް ވަކިވާން ޖެހިފަ އެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި 21 ވަނަަ ގަރުނު ފެށި ފަހުން އޮތް ބާސެލޯނާ އަށް ފަހަކަށް އައިސް ޔޫރަޕްގެ މުބާރާތްތަކުގައި ކާމިޔާބެއް ނުހޯދެ އެވެ.

"އަންނަ އަހަރު އަހަރެމެންނަށް ޔޫރަޕްގައި ރަނގަޅު ލެވަލެއްގައި ވާދަކުރެވޭނެ"، ޔޫރަޕްގައި ބާސެލޯނާގެ ކުރިމަގާ ބެހޭގޮތުން ސުވާލުކުރުމުން ޒަވީ ބުންޏެވެ.

"މިދިޔަ އަހަރު ހަގީގަތުގައި އަހަރެމެންނަށް ޔޫރަޕްގައި ވާދަކުރެވޭނެ ފެންވަރު ވެސް ނެތް. އެކަމަކު، މި ފަހަރު އަހަރެމެން ވާދަކޮށްފިން، ބަޔާން މިއުނިކާއި އިންޓަ އާއި ދެން ޔުނައިޓެޑާ. ޔަގީންކަމެއް އަހަރެމެން ރަނގަޅުކުރަން ޖެހޭ. އަހަރެމެން އެނބުރި އަންނާނީ ވަރުގަދަކޮށް،"

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ ރޭގެ މެޗުން ބަލިވުމާ އެކު އެ ޓީމުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް 18 މެޗަށް ފަހު ވަނީ ނިމުން އަތުވެފަ އެވެ. ޒަވީ ބުނީ ޔޫރަޕްގެ މުބާރާތްތަކުން ކެޓި ކަމުގައި ވިޔަސް ސީޒަންގެ ބާކީ ބައިގައި ބާސެލޯނާ އިން ފޯކަސް ގެއްލުވައިނުލައި ކުޅޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox