މަޝްވަރާ ކުރެއްވި ނަމަވެސް ރައީސް ސޯލިހާއެކު ނުހުންނަވާނެ ކަމަށް ނަޝީދު އަނެއްކާ ވެސް ވިދާޅުވެއްޖެ

Feb 24, 2023, 5:17 AM
މަޖިލިސް ހުޅުވި ދުވަހު ރައީސް ސޯލިހުގެ ފަހަތްޕުޅުން ނަޝީދު ވަޑައިގަންނަވަނީ: ވިދާޅުވީ މަޝްވަރާ ކުރި ނަމަވެސް ރައީސް ސޯލިހާއެކު ނުހުންނަވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މަޖިލިސް ހުޅުވި ދުވަހު ރައީސް ސޯލިހުގެ ފަހަތްޕުޅުން ނަޝީދު ވަޑައިގަންނަވަނީ: ވިދާޅުވީ މަޝްވަރާ ކުރި ނަމަވެސް ރައީސް ސޯލިހާއެކު ނުހުންނަވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީން ފެއިލްވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ރިޔާސީ އިންތިހާބުގައި ނުހުންނަވާނެ ކަމަށް އަނެއްކާ ވެސް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހާއެކު ނުހުންނަވާނެ ކަމަށް ނަޝީދުގެ ނުރަސްމީ "އަނެއްދިވެހިރާއްޖެ" ޓުވިޓާ އެކައުންޓުން މިއަދު ވިދާޅުވެފައި ވަނީ، ނަޝީދާއެކު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިއްޔެ ވިދާޅުވެފައި އޮއްވަ އެވެ.

"ރާއްޖެއަށް އަދި އެމްޑީޕީއަށް އެންމެ ހެޔޮ ގޮތް ހޯދުމަށް މަސައްކަތް ކުރަަން ޖެހެނޭ. އެހެނަސް އެއީ ރައީސް ސޯލިހާއެކު ހުރެގެން ވާން އޮތް ކަމެއްގެ ގޮތުގައި ނުފެނޭ،" ނަޝީދުގެ ނުރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީން ބަލިވި ފަހުން ނަޝީދު މަސައްކަތް ކުރަނީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެނެވެ. "ފިކުރެއްގެ ދިރުން" ނަމުގައި ޕާޓީއަށް މީހުން ވައްދަމުންދާއިރު އެކި ކަހަލަ ސިޔާސީ ހަރަކާތްތައް ވެސް ދަނީ ބާއްވަމުންނެވެ. އަދި ނަޝީދު ގެންދަވަނީ ނުރަސްމީކޮށް ސިޔާސީ އެހެން ލީޑަރުންނާ ވެސް މަޝްވަރާ ކުރައްވަމުންނެވެ.

ދިވެހި ނޫހަކަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ ނަޝީދާއެކު އެމްޑީޕީން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އުއްމީދު ކުރަނީ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބު ކުރިމަތިވާއިރު ޕާޓީ އެކަތިގަނޑެއްގެ ގޮތުގައިި އޮތުން ކަމަށެވެ.

"އެކަމާ ރައީސް ނަޝީދާ އަބަދުވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން މިދަނީ. ޗެއާޕާސަނެއްގެ ހައިސއިްޔަތުން އަބަދުވެސް އަޅުގަނޑު މި ޕާޓީގައި ހުންނަ މައްސަލަތައް ރަނގަޅު ކުރަން ހުރި ކަންތައްތައް ކުރަމުންދާނަން. އަދި އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަން ވެސް އެބައޮތް ރިޔާސީ އިންތިހާބަށް ގާތްވަމުންދާ ވަރަކަށް އަޅުގަނޑުމެންގެ ބަދަހިސަފުތަކެއް އޮންނާނެކަމުގެ،" ފައްޔާޒު ވިދާޅުވި އެވެ.

މި ފާއިތުވި ޖެނުއަރީ 28، ގައި ބޭއްވި ރިޔާސީ ޕްރައިމަރީ ރަައީސް ސޯލިހު ކާމިޔާބު ކުރެއްވީ އެ އިންތިހާބުގައި ވޯޓުލި 40،000 ވަރަކަށް މީހުންގެ ތެރެއިން 61 ޕަސެންޓު މީހުންގެ ވޯޓު ހޯދައިގެނެވެ. ނަޝީދަށް ލިބިވަޑައިގެންނެވީ 38 ޕަސެންޓު މީހުންގެ ވޯޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox