ފާފަވެރިންނާމެދު އިލްމުވެރިން ކަންކުރީ ކިހިނެއް؟

ފާފަވެރިންނާމެދު އިލްމުވެރިން ކަންކުރީ ކިހިނެއް؟

ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނުން ވާހަކައެކެވެ. ހަމަ މިހެން ބުނެފައި ވާހަކަ ފެށުމަކީ އަޅުގަނޑުމެންގެ ޅަ ޒުވާން ޖީލާ އެހާ ރަށްޓެހި ގޮތެއް ކަމަކަށް ނުފެނެއެވެ. ޒުވާން ޖީލު އެކަންޏެއް ނޫނެވެ. މުސްލިމުންގެ ތެރޭގައި ގިނައީ އިސްލާމީ ތާރީހަށް ބީރަށްޓެހީންނެވެ. ޚަލީފާ ހާރޫނުއްރަޝީދަކީ ވެސް ޚަލީފާއެކެވެ. މުސްލިމުން މުޅި ދުނިޔޭގައި މާގަދަފަދަ ބާރެއްގެ ގޮތުގައި އޮތްއިރު، މުސްލިމުންގެ މުޅި އުންމަތުގެ މައްޗަށް ވެރިކަން ހިންގެވި ވެރިކަމުގެ އެއް ދަރިކޮޅުކަމަށްވާ އައްބާސީ ދަރިކޮޅުން ވަޑައިގެން ހުންނެވި ބޭކަލެކެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާއަކީ އަބޫބަކުރުގެފާނު ނޫންތޯ އެވެ. ޚަލީފާ ހާރޫނުއްރަޝީދަކީ މުސްލިމުންގެ ސައުވީސްވަނަ ޚަލީފާ އެވެ.

އިސްލާމީ ސިޔާސަތާބެހޭ ސިލްސިލާ މަޒުމޫނުތަކުގެ ކޮންމެވެސް ހިސާބަކުން ޚަލީފާ ހާރޫނުއްރަޝީދުގެ ވެރިކަމުގެ މައްޗަށް ވެސް ކަޅިއެއް އެއްލާނަމެވެ. އައްބާސީންނަކީ ކޮބައިކަން ބުނެދިނުމުގެ ވަގުތަކީ އެއީ ކަމުގައިވެސް ދެކެމެވެ. އެކަމަކު މިފަހަރު އަޅުގަނޑު ގަލަން ނެގީ އެހެން މަގުސަދެއްގަ އެވެ. އިލްމުވެރިންގެ އަހްލާގުގެ ތެރެއިން އިލްމުވެރިންނާއި ފާފަވެރިން އޮންނާންވީ ނުވަތަ ބަހައްޓާންވީ ގުޅުމުގެ މައްޗަށް އައްޔެއް އަޅުވާލުމަށެވެ.

ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނުން ވާހަކައެކެވެ. މިޒަމާނުގައި އަބޫނަވާސް ނަމަކަށް ކިޔާ ޅެންވެރިޔަކު އުޅުނެވެ. މީނާއަކީ ޅެންވެރިއެއްކަމަކު ދީނީ އިލްމުވެރިކަމުގައިވެސް އެހެން އިލްމުވެރިންނަށް ދޫނުކުރާވަރުގެ ބޮޑު ފިޤުހުވެރިއެއްކަމުގައި އޭނާއާ ބެހޭ ގޮތުން އެތައް ފޮތެއްގައި ލިޔެވިފައިވެއެވެ. މިއަބޫނަވާސް މަޝްހޫރު ވެގެން އައީ ޅެންވެރިކަމުގެ ތެރޭގައިވެސް، ބަނގުރަލަށް އާދަޔާ ހިލާފަށް ހިތްވަރުދީ އުޅޭ ޅެންވެރިއެއްގެ ގޮތުގައެވެ. ބަނގުރަލާ ގުޅިފައިވާ އައްޔާޝީ އަމަލުތަކަށް ހިތްވަރުދޭ ޅެންވެރިއެއްގެ ގޮތުގަ އެވެ. މީނާގެ ޅެންތަކުގައި އާދަޔާ ހިލާފަށް ފަސާދަ ވާހަކަތައް ހިމެނޭކަމަށްޓަކައި ވަރަށް ގިނަ ފަހަރު މީނާ ޖަލު އަދަބާ ކުރިމަތިލާންޖެހިފައިވެއެވެ.

އޭގެ ތެރެއިން މަޝްހޫރު ޅެމެއްގެ މާނައިގައިވެއެވެ. "އަޅުވެރިން އުޅެން މިސްކިތްތައް ދޫކޮށްލާށެވެ! އަހަރެމެންނަށް ބޯންދޭން އަހަރެމެން ވަށައިގެން ރާ އުފުލާ މީހުން އެނބުރޭށެވެ! މަސްތުވާ މީހުންނަށް ހަލާކުހުރިކަމުގައި މާތްކަލާނގެ ވަހީ ނުކުރައްވަ އެވެ! އެކަމަކު އެކަލާނގެ ވަހީ ކުރެއްވީ ނަމާދުކުރާ މީހުންނަށް ހަލާކުހުރިކަމުގަ އެވެ!"

މީނާގެ މިޅެމާއެކު މީނާ މުރުތައްދުވީކަމުގައި ވެގެން ގަތުލުކުޅައުމަށް ހާރޫނުއްރަޝީދުގެ ދަރުބާރަށް ހާޒިރުކުރެވުނެވެ. އޭނާ ބުނިކަމުގައިވަނީ، އޭ މުއުމިނުންގެ އަމީރާއެވެ! މާތް ﷲ ޝުޢަރާއު ސޫރަތުގައި ޅެންވެރިންނާބެހޭ ގޮތުން އަންގަވާފައި އޮންނަނީ "ޅެންވެރިންނަށް ތަބާ ވާނީ މަގުފުރެދިގެންވާ މީހުންނެވެ. ހަމަކަށަވަރުން، ކޮންމެ ވާދީއެއްގައިމެ، ދެވޭނުދެވޭ ތަނެއް ނޭނގޭ ގޮތަށް، އެއުރެން އުޅޭތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯ އެވެ؟ އަދި ހަމަކަށަވަރުން، އެއުރެން ބުނެ އުޅެނީ، އެއުރެން ނުކުރާ ކަންތަކުގެ ވާހަކަ އެވެ." އަހަރެން އަދި ޅެމެއްގައި އެ ވާހަކަ ކިޔަސް އެއީ އަހަރެން ކޮށްއުޅޭ އަދި ގަބޫލުކުރާ ކަންކަމަކަށް ނުވާނެ ނޫންތޯ އެވެ؟

ކޮންމެއަކަސް ހާރޫނުއްރަޝީދު އޭނާއަށް އަދަބުނުދެއްވާ ދޫކޮށްލެއްވީ އެވެ. ހާރޫނުއްރަޝީދުގެ ދަރިކަލުންގެ ވެރިކަމުގައިވެސް އޭނާ އުޅުނީ ހަލީފާގެ ދަރުބާރާ ދާދިގާތުގަ އެވެ. ބައެއްފަހަރު ހަލީފާއަށް ސަނާ ކިޔާތީ ދަރުބާރުގައި ޝަރަފުވެރިވެފައި އަނެއްބައިފަހަރު ފަސާދައިގެ ޅެންތަކުގެ ސަބަބުން ޖަލަށްލެވި މިފަދަ އުސްގަނޑުތަކާއި އަޑިގަނޑުތަކުގެ ވާދީއެއްގައި ދެވޭނުދެވޭ ތަނެއް ނޭނގޭ ހާލެއްގަ އެވެ. މި އަބޫނަވާސް ނިޔާވުމުން، އޭނާގެ މައްޗަށް ކަށުނަމާދުކުރުމަށް އިމާމް ޝާފިޢީ ދެކޮޅުހެއްދެވި އެވެ. އެހެނީ އޭނާއަކީ އޭނާގެ ފަސާދަ އާއި ފާސިޤުކަން މަޝްހޫރު މީހެކެވެ.

ދެން ކަންތައް ވެގެންދިޔައީ ވަރަށް ހީނުކުރާ ކަހަލަ އާދަޔާ ހިލާފު ގޮތަކަށެވެ. މިއަބޫނަވާސްގެ ކަށުކަމާކެމީގެ ކަންތަކުގައި އުޅުނު މީހާއަށް ފެންނަނީ އަބޫނަވާސްގެ އަންނައުނުތަކުގައި ލިޔެފައިވާ ޅެންބައިތުތަކެކެވެ. އޭގައިވާ މާނައަކީ "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅުގެ ފާފަތައް ކިތަންމެ ގިނަވެފައި ބޮޑަސް، އަހަރެން ދަންނަ ގޮތުން އިބަރަސްކަލާނގެ މާފުކުރެއްވުން އެޔަށްވުރެ މާގިނަވެފައި ބޮޑެވެ! އިހްސާންތެރިއަކު މެނުވީ އިބަރަސްކަލާނގެއާމެދު އުންމީދުނުކުރި ނަމަވެސް، ކުށްވެރިން ވާތްގަށް އެހީތެރިކަމަށް އެދޭނީ އެހެން ވަކި ކޮން ފަރާތެއްގެ ކިބައިން ހެއްޔެވެ؟ އަހަންނަށް އަމުރުވެވިގެންވާ ފަދައިން އިހްލާސްތެރިކަމާއެކު އަހަރެންގެ ވެރިރަސްކަލާނގެއަށް ދަންނަވަމެވެ. ފަހެ އިބަރަސްކަލާނގެ މިއަޅާ ރައްދުކުރައްވައިފިނަމަ، އަހަރެންފަދަ މީހާއަށް ދެން އޯގާތެރިވާނީ ކާކު ހެއްޔެވެ؟ އުންމީދުކުރުން ފިޔަވައި ހަމަ އެހެން އެއްވެސް ގޮތެއް އަހަރެންނަކަށް ނެތެވެ. އަދި އިބަރަސްކަލާނގެ އަފޫކުރެއްވުމުގެ ރީތިކަން ފިޔަވައިވެސްމެ އެވެ. ދެންފަހެ އަހަރެންނަކީ މުސްލިމަކީމެވެ."

މިޅެންބައިތުތަކުގެ ހަބަރު އިމާމް ޝާފިޢީއަށް ލިބިވަޑައިގަތުމާއެކު ވަރަށް ގަދަޔަށް ކީރިތިކުރެއްވި އެވެ. އަދި އޭނާގެ މައްޗަށް އިމާމްވެ ކަށު ނަމާދުކުރެއްވި އެވެ. އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ އޯގާވެރިކަމުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ ރަސްކަލާނގެއެވެ."

އަބޫނަވާސްގެ ހަޔާތުން ފެންނަ ނަމޫނާއަކީ މިއާޔަތަށް އީމާންވުމުގެ ފުރިހަމަ ނަމޫނާއެކެވެ. އެކަމަކު އަޅުގަނޑުގެ ފޯކަސް ހުއްޓުނީ މިއާޔަތުގައި އޮތް އިތުރު އަމުރުފުޅެއް އަދި މިއާޔަތުން ލިބިދޭ އެހެން ބައިވަރު އިރުޝާދުތަކެއް އިމާމް ޝާފިޢީ އުންމަތަށް ދައްކަވައިދެއްވައި އަމަލުފުޅުން ތަފުސީލުކޮށްދެއްވި ގޮތުގެ ފުރިހަމަކަމުގެ މައްޗަށެވެ. އާޔަތުން އަމުރުވެވެނީ ފާފައިން އިސްރާފުކުރާ ދަރަޖައިގެ ފާފަވެރިންނަށެވެ. މާތްކަލާނގެ ރަހުމަތުން އުންމީދުކަނޑައިނުލުމަށެވެ. ތިމާއަކީ ކިތަންމެ ބޮޑު އަދި ކިތަންމެ އަޅުވެރި ދީންވެރި މީހެއްކަމުގައި ވިޔަސް، ކީރިތި ޤުރުއާނުގެ މިއާޔަތަށް އީމާންނުވެ ޤުރުއާނަށް އީމާންވީކަމުގައި ނުވާނެއެވެ. ފާފަވެރިންނަށް މާތް ﷲ ގެ ރަހުމަތާއި އޯގާވެރިކަން މިދަރަޖައިގައި ވާކަމަށް ގަބޫލުނުކޮށް، ފާފަވެރިންނާ ކުރާ މުއާމަލާތުގައި އެކަން ތިމާގެ އަމަލާއި ބަހުގައި ފެންނަން ނެތި މިއާޔަތަށް އީމާންވީ ކަމުގައިވާނެ ހެއްޔެވެ؟ އިމާމް ޝާފިޢީ ދައްކަވައިއެދެއްވީ ފާފަވެރި ނޫން އަޅުތަކުން ޤުރުއާނުގެ މިއާޔަތަށް އީމާންވާންވީ ގޮތުގެ އަމަލީ މިސާލު ނޫންތޯއެވެ؟ އަދިކީއްތޯއެވެ؟ ފާފަވެރިންނާމެދު އިލްމުވެރިން އަމަލުކޮށް އުންމަތަށް ދައްކަވަންވީ މިސާލަކީ ކޮބައިކަންނޫންތޯއެވެ!

ފާފަވެރިންނާމެދު މާތް ނަބިއްޔާ އަމަލުކުރެއްވި ގޮތް އިތުރު އެކަލޭގެފާނުގެ ސީރަތުން ފެންނާނެއެވެ. ފާފަވެރިންނަށް އުނދަގޫކޮށްގަތުމާއި ދަތިކުރުމާއި އެއްޗެހިގޮވައި ފުރައްސާރަކުރުމަކީ އިތުރު އެކަލޭގެފާނުގެ މަގެއް ނޫނެވެ. އެހެނީ އިންސާނާ ހެއްދެވިގެންވަނީ ބަލިކަށި އެއްޗެއްގެ ގޮތުގައެވެ. ކުށްކުރެވުމަކީ އިންސާނީ ސިފައެއްމެއެވެ. ސާލިހުންގެ ސިފައަކީ ކުށް ނުކުރުމެއް ނޫންމެއެވެ. އެކަމަކު ކުށް އިސްލާހުކޮށް ކުށަށް އެނބުރިނުދިއުމެވެ.

އަންނިސާއު ސޫރަތުގެ 27 ވަނަ އާޔަތުން ވިދާޅުވާށެވެ! "އަދި، ﷲ އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް ތައުބާލެއްވުމަށެވެ. އަދި، އަމިއްލަ އެދުންތަކަށް ތަބާވާ މީހުން އެދެނީ ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ. ﷲ އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގަ އެވެ." މިހަގީގަތް އިލްމުވެރިން ނުދަންނަނަމަ ދީން ނޭނގޭ ޖާހިލުން މިކަން ދެނެގަންނަނީ ކިހިނަކުންތޯ އެވެ؟ މިހަގީގަތް ދެނެގަތުމަކާ ނުލައި ފާފަވެރިންނަށް އަމާން ބަނދަރެއް ލިބޭނީ ކިހަނަކުންތޯ އެވެ؟

އަހަރެމެން ހަމަ ކޮންމެ މީހަކީ ތައުބާވާންޖެހިފައިވާ މީހުންނެވެ. ފާފަވެރިއެއް އިލްމުވެރިއެއް ތަފާތުނުވާނެ ގޮތުންނެވެ. އެހެންނޫނީ މުއުމިނުންކަމުގައި ނުވާނެ އެވެ. އެކަން އެނގެނީ ތަޙްރީމް ސޫރަތުގެ 8 ވަނަ އާޔަތުންނެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި އިހްލާސްތެރި ތައުބާއަކުން ތިޔަބައިމީހުން ﷲއަށް ތައުބާވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެ އެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ އީމާންވިމީހުން، ﷲ ނިކަމެތިނުކުރައްވާނެ ދުވަހުގަ އެވެ. އެއުރެންގެ ނޫރު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެ އެވެ. އެއުރެން ބުނާނެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox