އަފްގާނިސްތާންގެ އަމާޒަކީ ރަން މެޑަލް، ސިންޕޫރު މެޗަކީ ރަނގަޅު ފެށުމެއް

Feb 24, 2023, 5:14 AM
ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަފްގާނިސްތާން ކުުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަފްގާނިސްތާން ކުުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފަހަތުން އަރައި ސިންގަޕޫރު ބަލިކޮށް ހޯދި މޮޅަކީ ފޯ ނޭޝަންސް ކަޕް ކާމިޔާބުކުރަން ނުކުތް އަފްގާނިސްތާން ފިރިހެން ޓީމަށް ލިބުނު ރަނގަޅު ފެށުމެއް ކަމަށް ކޯޗު މުހައްމަދު ސާބިރު ނޫރީ ބުނެފި އެވެ.

ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި އަފްގާނިސްތާނުން ސިންގަޕޫރު އަތުން މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން 22-25، 25-23، 25-23 އަދި 25-23 އިން ގެންދިޔައިރު، ދެ ވަނަ މެޗުގައި މިއަދު މެންދުރު ފަހު،ނ އަފްގާނިސްތާން ނިކުންނާނީ މެލޭޝިއާ އާ ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި އަފްގާނިސްތާނުން މާދަމާރޭ ރާއްޖެއާ ދެކޮޅަށް ކުޅޭއިރު ހަތަރު ޓީމު ވެސް ސެމީ ފައިނަލުގައި ކުޅޭނެ އެވެ. އެ ގޮތުން ސެމީގައި ވާދަކުރާނީ ލީގު އުސޫލުން ކުޅެ ޓީމްތައް އެތުރޭ ތަރުތީބަށް ބަލައިގެންނެވެ. އެއް ވަނަ ހަތަރު ވަނަ ޓީމާ ކުޅޭއިރު، ދެ ވަނަ ކުޅޭނީ ތިން ވަނަ ޓީމާ އެވެ.

ސިންގަޕޫރު އަތުން ހޯދި މޮޅަށް ފަހު ކޯޗު ސަބީރު ނޫރީ ބުނީ ފުރަތަމަ މެޗަކީ ކޮންމެ މުބާރާތެއްގެ ވެސް މުހިންމު މެޗެއް ކަމަށާއި، ފުރަތަމަ މެޗުން މޮޅުވެވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ބުނީ އޭނާ އަށް އޮތް އެންމެ ބޮޑު އިތުބާރަކީ ޓީމްގެ "ފައިޓިން ސިޕިރިޓް" ކަމަށާއި، އެއް ސެޓު ގެއްލިފައި އޮއްވައި ފަހަތުން އަރައި މޮޅުވެވުނީ ގޭމް ޕްލޭނާ އެއްގޮތަށް ކުޅުންތެރިން މަސައްކަތް ކުރުމުން ކަމަށެވެ.

"މެޗުން މޮޅުވެވުމަކީ ހިތްހަމަޖެހުމެއް. އެއް ސެޓު ގެއްލިފައި އޮއްވައި ފަހަތުން އަރައި ދެން އައި ތިން ސެޓު މި ހޯދީ. ވަރަށް ރަނގަޅަށް ޓީމުން ކުޅުނު. މިސްޓޭކްތައް ރަނގަޅުކުރަމުން ގޮސް ކުޅުނީ. އޭގެ ތަފާތު ފެނުނު." ސަބީރު ބުންޏެވެ.

އޭނާ ބުނީ އެ ޓީމުން މުބާާރާތަށް ރަނގަޅަށް ތައްޔާރުވި ކަމަށާއި، ޕްރެކްޓިސްތަކުގައި ފައިދާ ވަރަށް ރަނގަޅަށް ޓީމަށް ކުރާ ކަމަށެވެ. މުހިންމު ދަނޑިވަޅުތަކުގައި ލީޑު ގެއްލުނަސް ހަމަޖެހިލައިގެން ހުރެ ޓީމަށް އިރުޝާދުދެވޭ އެންމެ މުހިންމު ކަމަކީ ވެސް އެއީ ކަމަށް އޭނާ ބުންޏެވެ.

ސަބީރު ބުނީ ބެންޗުން އެރުވި ކުޅުންތެރިންނާ އެކު އޭނާ ގޭމަށް ގެންނަން ބޭނުންވި ބަދަލުތައް ވަރަށް ރަނގަޅަށް މަސައްކަތްކުރި ކުރި ކަމަށެވެ. ކުރިއަށް ހުރި މެޗުތަކުގައި އެ ޓީމު މި އަށް ވުރެ ވަރުގަދަކޮށް ފެންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ސަބީރު ވަނީ ބުނެފަ އެވެ.

"މުހިންމު ދަނޑިވަޅުގައިވެސް އަހަންނަށް އިނގޭ އަހަރެންގެ ގޭމް ޕްލޭނަށް ކުޅެފިއްޔާ ކާމިޔާބު ވާނެކަން. އެ އިތުބާރު އޮތީމަ ހަމަޖެހިލައިގެން ހުރީ. އަދި މި އަށް ވުރެ މޮޅަށް އަދި ޓީމު ކުޅޭނެކަމުގެ ޔަގީންކަން އެބައޮތް. އަންނަ މެޗުގައި އަފްގާން ވަރުގަދަކޮށް ފެންނާނެ." ސަބީރު ބުންޏެވެ.

މުބާރާތުގައި އަފްގާނިސްތާން ކުޅޭ ދެ ވަނަ މެޗުގައި މިއަދު މެންދުރު ފަހު މެލޭޝިއާއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅޭނީ މާދަމާރޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox