ފަސް ސެޓު ކުޅެގެން މެލޭޝިއާ އިން ރާއްޖޭގެ އަންހެން ޓީމު ބަލިކޮށްފި

Feb 23, 2023, 2:55 PM
މެލޭޝިއާ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ހައްވަ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެލޭޝިއާ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ހައްވަ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި މެލޭޝިއާ އިން ފަސް ސެޓު ކުޅެގެން 3-2 އިން ރާއްޖެ ބަލިކޮށްފި އެވެ.

މެޗުގެ ފުރަތަމަ ސެޓު މެލޭޝިއާ އިން ގެންގޮސްފައި ވަނިކޮށް ރާއްޖޭން ދެން ކުޅުނު ދެ ސެޓު ގެންގޮސް، ލީޑުނެގި އެވެ. އެކަމަކު، މެލޭޝިއާ އިން ވަނީ އޭގެ ފަހުން، ކުޅުނު ތިން ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 25-20، 22-25، 23-25، 25-21 އަދި 16-14 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ފުރަތަމަ ސެޓުގައި، މެލޭޝިއާ އިން ދިޔައީ ލީޑަކާ އެކު ކުޅެމުންނެވެ. އެ ގޮތުން ސެޓުގެ ކުރީކޮޅުގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިއިރު، ދެ ފަހަރެއްގެ މަތިން ރާއްޖޭން އެ ލީޑު އެއް ޕޮއިންޓަށް ކުޑަކުރި އެވެ.

ރާއްޖޭގެ އެޓޭކްތަކުގައި ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި އައިމިނަތު ޝަހާ ޝާމިން އަށް ޕޮއިންޓް ސްކޯ ކުރެވުނަސް، މެލޭޝިއާ އިން ދިޔައީ މެދުތެރެއިން އެޓޭކްކޮށް، ޕޮއިންޓް ހޯދައި، ލީޑު ދަމަހައްޓަމުންނެވެ. ދެ ފަހަރެއްގެ މަތިން ޓައިމް އައުޓް ނަގައިގެން ރާއްޖެ ޓީމުގެ ހާލަތު ރަނގަޅު ކުރެވޭތޯ ބެލި ނަމަވެސް މެލޭޝިއާ އިން ވަނީ 25-20 އިން ފުރަތަމަ ސެޓު ގެންގޮސްފަ އެވެ.

މެލޭޝިއާގެ ކުޅުންތެރިއަކު ޖަހާ ޝޮޓެއް ބްލޮކްކުރަން ރާއްޖޭގެ ޖޫޒާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ ސެޓު ފަށައިގެން، ރާއްޖޭން ކުޅުން ރަނގަޅުކުރި އެެވެ. މި ސެޓު ފަށައިގެން، ރާއްޖޭގެ އައިޝަތު މާޖިދާގެ ކުޅުން ރަނގަޅުވެ، ދެ ޕޮއިންޓުގެ ލީޑެއް ނެގި އެވެ. މި ސެޓުގެ ކުރީކޮޅުގައި މެލޭޝިއާ އިން ވެސް ލީޑުނެގި ނަމަވެސް އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓޭގޮތް ނުވީ ރާއްޖޭން ރިސީވް ރަނގަޅު ކުރުމުންނެވެ.

ރާއްޖޭގެ މާޖިދާ އާއި ސެޓަރު، ޖޫޒާން ޒަރީރުގެ ކުޅުން ދެ ވަނަ ސެޓުގައި ރަނގަޅުވުމުގެ އަސަރު މުޅި ޓީމުން ފެނުނުއިރު، ކެޕްޓަން، ހައްވަ ވެސް ރަނގަޅު އެޓޭކްތަކެއް ކޮށް، ޕޮއިންޓް ސްކޯކުރި އެވެ. އޭގެ އިތުރުން، ބަދަލުގައި ރާއްޖޭން ކުޅެން އެރުވި، ހައްވާ ނާޒިމާ އާއި ފާތިމަތު ސަމްހާ ވެސް ރަނގަޅު ކުޅުމެއް ދައްކައި ޓީމުގެ ފޯމު ދެމެހެއްޓި އެވެ.

ރާއްޖޭން، ދެ ވަނަ ސެޓުގައި ހަތަރު ޕޮއިންޓުގެ ލީޑެއްގައި އޮއްވައި، ސެޓުގެ ފަހުކޮޅުގައި މެލޭޝިއާ އިން ފަރަގުކުޑަކުރި އެވެ. އެކަމަކު، ރަނގަޅު ވަގުތުގައި ރާއްޖޭގެ ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ) ވަނީ ޓައިމްއައުޓެއް ނަގައި، ޓީމު ހަމަޔަކަށް އަޅުވައި، 22-25 އިން ސެޓު ގެންދިއުމަށް މަގުފަހިކޮށްދީފަ އެވެ.

ރާއްޖޭގެ މާޖިދާ (ކ) އާއި ސިލްމާ ޕޮއިންޓެއް ސްކޯކުރުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިން ވަނަ ސެޓު ފަށައިގެން، ރާއްޖޭން ލީޑެއްނެގި ނަމަވެސް މި ސެޓުގެ މެދަކާ ހަމައިން ރާއްޖޭގެ ރިސީވް ދަށްވެ، މެލޭޝިއާ އިން އަލުން ލީޑުނެގި އެވެ. އެކަމަކު، ސެޓުގެ ފަހުކޮޅުގައި ރާއްޖޭން ކުޅުން ރަނގަޅުކޮށް، އެޓޭކްތައް ވިސްނުންތެރިކަމާ އެކު ކުރަމުންދިއުމުގެ ނަތީޖާ އަކަށްވީ އަލުން ލީޑު އަނބުރާ ލިބުމެވެ. ރަނގަޅު ވަގުތުގައި މާޖިދާ އާއި ޝަހާ އަދި ހައްވަ ސްކޯކުރި، ޕޮއިންޓްތަކާ އެކު ރާއްޖޭން ތިން ވަނަ ސެޓު، 23-25 އިން ގެންގޮސް ލީޑެއްނެގި އެވެ.

ރާއްޖެ އަށް ހަތަރު ވަނަ ސެޓުގައި ޑިފެންސްގައި ގިނަ ގޯސްތަކެއް ހެދުމުގެ ނަތީޖާ އަކަށްވީ އެ ބޯޅަތަކުގެ ފައިދާނަގައި މެލޭޝިއާ އިން މި ސެޓު، 25-21 އިން ގެންގޮސް ނަތީޖާ ނެރޭ ސެޓެއް ކުޅެން ޖެހުމެވެ. ނަތީޖާ ނެރެން ކުޅުނު ސެޓުގައި، ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ދެ ޓީމަށް ވެސް ލީޑުހިފަހައްޓައިނުލެވުނެވެ. ފަހު ވަގުތު މެލޭޝިއާ އިން ކުރި ހިތްވަރާ އެކު އެ ޓީމުން، 16-14 އިން ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ.

ފޯ ނޭޝަންސް ކަޕްގައި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ރާއްޖޭގެ ފިރިހެން ޓީމު ކުޅޭނީ މެލޭޝިއާ ޓީމާ ދެކޮޅަށެވެ.

ރާއްޖޭގެ އަންހެން ޓީމު ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ސިންގަޕޫރާ އެވެ. މެޗު ފަށާނީ 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox