ރެޕް ލަވަކިޔުންތެރިޔާ ނިޕްސީ ހަސްލްގެ ގާތިލް 60 އަހަރަށް ޖަލަށް

ހަސްލްއަކީ ގްރެމީ އެވޯޑް ހޯދާފައިވާ އާޓިސްޓެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ހަސްލްއަކީ ގްރެމީ އެވޯޑް ހޯދާފައިވާ އާޓިސްޓެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ރެޕް ވަލަކިޔުންތެރިޔާ ނިޕްސީ ހަސްލް މަރާލިކަމުގެ ކުށް ސާބިތުވި މީހާ 60 އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.

އެރިކް އާރް ހޯލްޑާ ޖޫނިއާގެ މައްޗަށް ކުށް ސާބިތުވީ މިދިޔަ ޖުލައި މަހު އެވެ. އޭނާ ހަސްލް މަރާލީ 2019 ވަނަ އަހަރު ލޮސް އެންޖެލިސްގައި ހުންނަ ހަސްލްގެ ފިހާރައެއްގެ ކުރިމަތީގަ އެވެ.

މަރުވި އިރު އުމުރުން 33 އަހަރުގެ ހަސްލްގެ އަސްލު ނަމަކީ އެރްމިއާސް އާސްގެޑޯމް އެވެ. ހަސްލްއަށް އަމާޒުކޮށް ބަޑި ޖެހުމުން، އިތުރު ދެ މީހުންގެ ގަޔަށް ވަޒަން އަރައި އެ މީހުންނަށް އަނިޔާވި އެވެ. ވަކީލުން ބުނީ ހަމަލާ ދިނީ ގަސްދުގައި މަރާލުމުގެ ނިޔަތުގައި ރާވައިގެން ކަމަށެވެ.

ހަސްލް ކުޑައިރުން ފެށިގެން ދިރިއުޅުނީ ލޮސް އެންޖެލިސްގެ ދެކުނުގަ އެވެ. އޭނާ ފުރާވަރު އުމުރުގައި އުޅުނީ "ރޯލިން ސިކްޓީޒް" ގޭންގުގެ މެމްބަރެއްގެ ގޮތުގަ އެވެ.

އެ ސަރަހައްދުގެ އާއްމުންނަށް އެހީވުމުގެ ގޮތުން އިންވެސްޓުކޮށް "މެރެތޮން ކްލޯތިން" ފިހާރަ އޭނާ ހުޅުވި އެވެ. އަދި ގޭންގު ހަމަނުޖެހުން ކުޑަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ފުލުހުންނާ މަޝްވަރާ ކުރި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހޯލްޑާ ހަމަލާ ދިނީ ގޭންގުތަކުގެ މައްސަލައިގައި ހަސްލް ފުލުހުންނާ ގުޅިގެން މަަސައްކަތް ކުރަމުން ދާތީ ހިތްހަމަނުޖެހިގެންނެވެ.

ހަސްލް މަރުވި ފަހުން އެންމެ މޮޅު ރެޕް ޕަފޯމަންސް އަދި އެންމެ މޮޅު ރެޕް ވަލައިގެ ގްރެމީ އެވޯޑް 2020 ވަނަ އަހަރު ލިބުނެވެ. އޭގެ އިތުރުން ހޮލީވުޑް ވޯކް އޮފް ފޭމްގައި އޭނާއަށް ހާއްސަ ތަރިއެއް ބެހެއްޓި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox