މާޖިދާ ދެކޭ ގޮތުގައި މިއީ މަސައްކަތް ކޮށްފިއްޔާ ރަން މެޑަލް ނެގޭނެ މުބާރާތެއް

Feb 23, 2023, 4:57 AM
މާޖިދާ ދެކޭ ގޮތުގައި މިއީ މަސައްކަތް ކޮށްފިއްޔާ ރަން މެޑަލް ނެގޭނެ މުބާރާތެއް

ރާއްޖޭގައި މިއަދު ފަށާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތަކީ ގައުމީ އަންހެން ވޮލީބޯޅަ ޓީމުން އެކުގައި މަސައްކަތް ކޮށްފިއްޔާ ރަން މެޑަލް ނެގޭނެ ވަރުގެ މުބާރާތެއް ކަމަށް ގައުމީ އަންހެން ވޮލި ޓީމުގެ ތަރި، އައިޝަތު މާޖިދާ ބުނެފި އެވެ.

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން މެލޭޝިއާ އާއި ސިންގަޕޫރު އެވެ. ރާއްޖޭން މިއަދު ހަވީރު 16:30 ގައި މެލޭޝިއާއާ ކުޅުމަށް ފަހު، މާދަމާ ހަވީރު 16:30 ގައި ސިންގަޕޫރާ ކުޅޭނެ އެވެ. ފޯމެޓް އޮތްގޮތުން، ކޮންމެ ޓީމަކަށް ވެސް، އެއް ވަނައިގެ ގޮތުގައި ފައިނަލަށް ދިއުން ނޫނީ ދެ ވަނަ އާއ ތިން ވަނަ ކުޅޭ ސެމީ މެޗުން މޮޅުވެ، ފައިނަލަށް ދެވޭނެ ފުރުސަތު އެބައޮތެެވެ.

ގައުމީ ޓީމުން ފޯ ނޭޝަންސް ކަޕްގެ ކުރިން ތައިލެންޑްގައި ކުރިއަށްގެންދިޔަ ޓްރެއިނިން ކޭމްޕަށް ފަހު، މާޖިދާ ދިން އިންޓަވިއުއެއްގައި ބުނީ މިހާރު ޓީމު އޮތް ލެވަލަށް ބަލާއިރު، މަސައްކަތް ކޮށްގެން ރަން މެޑަލަކާ ހަމައަށް މި މުބާރާތުން ދެވިދާނެ ކަމަށެވެ.

"އަސްލު ވަރަށް ރަނގަޅު ފުރުސަތެއް ދޯ މިއީ، ދިވެހި ރާއްޖޭގެ ގައުމީ ޓީމަށް ރަން މެޑަލެއް، މިސާލަކަށް މި މުބާރާތުން މަސައްކަތް ކުރެވިއްޖިއްޔާ، ލިބޭނެ. އަސްލު ޓީމު ވަރަށް ކިކުގައި ދޯ އޮތީ. ވަރަށް ފޯރީގައި މި އޮތީ ޓީމު، މި ލިބުނީ މާޖީ މެންނަށް ވަރަށް ރަނގަޅު ފުރުސަތެއް،" ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު 2019 ވަނަ އަހަރު ހޯދި މާޖިދާ ބުންޏެވެ.

އެކަމަކު، ގައުމީ ޓީމުން 2019 ވަނަ އަހަރު ރިހި މެޑަލް ހޯދި ޓީމުގައި މާޖިދާ ނުހިމެނެ އެވެ. އެއީ އޭރު ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތުން ވޮލީއާ ދުރު ހޭދަކުރަން ޖެހުނު މުއްދަތެއް ކަމަށްވާތީ އެވެ.

އަލުން ކުޅުމަށް އެނބުރި އައިސް މާޖިދާ ވަނީ ގައުމީ ބީޗްވޮލީބޯޅަ ޓީމުގައި ހިމެނިގެން މުބާރާތެއްގައި ކުޅެފަ އެވެ. އިންޑޯ ވޮލީ އަށް ބަލާއިރު، މިދިޔަ ސީޒަނުގެ ދެ މުބާރާތް ކްލަބް ވެމްކޯ އިން ހޯދިއިރު، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާޖިދާ އެވެ.

އަލުން ގައުމީ ޓީމާ އެކު އިންޑޯ މުބާރާތަކަށް ނުކުންނައިރު، މާޖިދާ ދެކޭގޮތުގައި މިއީ އޭނާ އާއި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. އަދި މި އަހަރު ކުރިއަށް ގައުމީ އަންހެން ޓީމަށް ބައިނަލްއަގުވާމީ މުބާރާތްތަކެއް ހުރުމާ އެކު، ފޯ ނޭޝަންސް ކަޕްގެ ބޭނުން ހިފައިގެން ކުރިއަށް ދިއުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި މާޖިދާ ދެކެ އެވެ.

"ރަނގަޅު ފުރުސަތެއް މިއީ. ބައިވަަރު މުބާރާތް އެބަހުރި (މި އަހަރު) ދެން ފުރަތަމަ އެންމެ ބޮޑަށް ފޯކަސް ކޮށްފައި އިނީ މި މުބާރާތަށް، ދެން މި މުބާރާތް ނިންމާފައި ކުރިއަށް ހުރި މުބާރާތްތަކަށް ހަމަ ފޯކަސް ކުރާނަން،" މާޖިދާ ބުންޏެވެ.

މި އަހަރު ގައުމީ އަންހެން ޓީމަށް ދެން އޮތް އިންޓަނޭޝަނަލް މުބާރާތްތަކަށް ބަލާއިރު، އަންނަ މެއި މަހު ނޭޕާލުގައި ކުޅޭ ސެންޓްރަލް އޭޝިއަން ޒޯން އަންހެން ވޮލީބޯޅަ މުބާރާތާއި އޮގަސްޓް މަހު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސެޕްޓެމްބަރު މަހު ޗައިނާގައި ކުރިއަށްދާ އޭޝިއަން ގޭމްސް ހިމެނެ އެވެ.

ފޯ ނޭޝަންސް ކަޕަކީ މީގެ ފަސް މަސް ކުރިން ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހަަމަޖެއްސި އިބްރާހިމް ނިޒާރު (ބޮޑޭ)ގެ ކޯޗުކަމުގައި އަންހެން ޓީމު ކުޅޭނެ ފުރަތަމަ މުބާރާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox