ލުކާކޫ ފަހު ވަގުތު ގޯލު ޖަހައި އިންޓަ މޮޅުކޮށްދީފި

Feb 23, 2023, 3:15 AM
އިންޓަގެ ލުކާކޫ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އިންޓަގެ ލުކާކޫ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މިލާން (ފެބްރުއަރީ 23) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ފަހު ވަގުތު ރޮމެލޫ ލުކާކޫ ޖެހި ގޯލުން އިންޓަ މިލާނުން 1-0 އިން ޕޯޓޯ އަތުން މޮޅުވެއްޖެ އެވެ.

ރޭގެ މެޗު ޕޯޓޯ އިން ނިންމާލީ 78 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު، އޮޓާވިއޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ދެއްކި ރަތް ކާޑުގެ ސަބަބުން ކުޅުންތެރިއަކު މަދުކޮށެވެ.

ފުރަތަމަ ހާފުގައި އިންޓަ އަށް ލީޑުނަގައިދޭން އަލެސަންދްރޯ ބަސްޓޯނީ އަށް ލިބުނު ރަނުގެ ފުރުސަތުން އޭނާ ބޮލުން ޖެހި ބޯޅަ ޕޯޓޯ ގޯލުގައި ހުރި ޕޯޗުގީސް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފަ އެވެ. ޕޯޓޯ އަށް ވެސް މެޗުގައި ލީޑުނަގަން ރަނގަޅު ދެ ފުރުސަަތެއް ލިބިގެންދިޔަ އެވެ. އެ ގޮތުން ޕޯޓޯގެ އިރާން ފޯވާޑް، މެހެދީ ތަރޭމީ އާއި ޒައިޑޫ ސަނޫސީ ފޮނުވާލި ހަމަލާތައް އިންޓަގެ ކީޕަރު އަންދްރޭ އޮނާނާ ވަނީ މަތަކޮށްފަ އެވެ.

އިންޓަ އިން ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 12 ވަރަކަށް މިނިޓް ފަހުން، އެޑިން ޖެކޯގެ ބަދަލުގައި ލުކާކޫ ކުޅެން އެރުވި އެވެ. އިންޓަ އިން ކުޅެމުންދިޔަ ގޭމަށް ފަސޭހަތަކެއް ލިބި ޕޯޓޯ އަށް ނުރައްކާ ކުރަން ފެށިއިރު، ޕޯޓޯގެ އޮޓާވިއޯ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ޕޯޓޯގެ އެއް ކުޅުންތެރިއަކު މަދުވިތާ އަށް މިނިޓް ފަހުން، އިންޓަގެ ލުކާކޫ ވަނީ ގޯލެއް ޖަހައިފަ އެވެ. މިއީ އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ލުކާކޫ ބޮލުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިގެން އޭނާ ޖެހި ގޯލެކެވެ.

ދެ ވަނަ ލެގުގައި ޕޯޓޯ ދަނޑުގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. ޕޯޓޯގެ ކޯޗު ސާޖިއޯ ކޮންސެސާއޯ، މި މެޗަށް ޓީމު ރާވަން ޖެހޭނީ އޮޓާވިއޯ ނުލަ އެވެ. އެއީ އޭނާ މި މެޗަށް ސަސްޕެންޑްވާނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox