ބިމާއި ފްލެޓު ދޭނެ މީހުން ކަނޑައަޅަން ފަސް މެމްބަރުންގެ ކޮމިޓީއެއް، ޗެއާޕާސަނަކަށް އަކްރަމް

ގެދޮރުވެރިޔާ ކޮމިޓީ؛ ކޮމިޓީގެ ޗެއާކަށް ހަމަޖައްސާފައިވަނީ ސްޓޭޓް މިނިސްޓަރު އަކްރަމް-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ގެދޮރުވެރިޔާ ކޮމިޓީ؛ ކޮމިޓީގެ ޗެއާކަށް ހަމަޖައްސާފައިވަނީ ސްޓޭޓް މިނިސްޓަރު އަކްރަމް-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މި ސަރުކާރުގެ ގެދޮރުވެރިންގެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް "ގެދޮރުވެރިންގެ ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާނީ އެ ކޮމިޓީން ކަމަށެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން؛

  • ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، ޗެއާޕާސަން
  • އަނަސް އަބްދުއްސައްތާރު، ކޯ-ޗެއާ
  • މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ
  • އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް
  • މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ގެދޮރުވެރިންގެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ ޖޫން 26 ވަނަ ދުވަހު އެވެ. މިހާރު ނިންމާފައި ވަނީ ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ. އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހަށް އެ މުއްދަތު ހަމަވި އިރު، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅި 3000 ގޯއްޗަށް އެދި ޖުމްލަ 15،164 މީހުން ހުށަހަޅާފައިވެ އެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅި 4000 ފުލެޓަށް އެދި 20،697 މީހުން ހުށަހަޅާފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މި ދެ ސްކީމުގެ ދަށުން ވެސް ބޯހިޔާވަހިކަން ލިބޭ މީހުންގެ ވަގުތީ ލިސްޓު މާޗު މަހު އާންމު ކުރެވޭނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 3000 ގޯތީގެ ތެރެއިން ހުޅުމާލެއިން ދޫކުރާ 1000 ގޯތި ދިނުމަށް އެޗްޑީސީން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 62 ސަރަހައްދަކުން 1.25 މިލިއަން އަކަފޫޓުގެ ބިން ކަނޑައަޅާފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތީގެ ތެރެއިން އެންމެ ކުޑަ ގޯތީގައި ވެސް 1250 އަކަފޫޓު ހުންނާނެ ކަމަށް އޭރު ސަރުކާރުން ކުރި އިއުލާނުގައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުގެ ތެރެއިން އެފްޑީސީއާއި ޖޭއެމްސީ ގުޅިގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ "އަމާން އުދަރެސް" ގެ އަށް ޓަވަރުގެ މަސައްކަތް އަންނަ ޖުލައި މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox