ޗެލްސީގެ ބޯޑުގެ ތާއީދު ޕޮޓާ އަށް އެބައޮތް

Feb 22, 2023, 4:24 AM
ޗެލްސީގެ ޕްރެކްޓިހެއްގެ ތެރެއިން އެ ޓީމުގެ ވެރިޔާ ބޯލީ (ކ) އާއި ކޯޗު ޕޮޓާ (މ) އަދި ޑިރެކްޓަރު ޖޮނަތަން ގޯލްޑްސްޓެއިން

ޗެލްސީގެ ޕްރެކްޓިހެއްގެ ތެރެއިން އެ ޓީމުގެ ވެރިޔާ ބޯލީ (ކ) އާއި ކޯޗު ޕޮޓާ (މ) އަދި ޑިރެކްޓަރު ޖޮނަތަން ގޯލްޑްސްޓެއިން

ލަންޑަން (ފެބްރުއަރީ 22) - ޗެލްސީގެ ފޯމު ދަށްވިޔަސް، އެ ކްލަބްގެ ޗެއާމަން ޓޮޑް ބޯލީ އާއި ކްލަބުގެ ބޯޑުގެ ތާއީދު ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އަށް އެބައޮތް ކަމަށާއި އޭނާ މަސައްކަތާއި ދުރު ވިސްނުމަށް ކްލަބުގެ ބޯޑުގެ އިތުބާރު އޮތްކަން ހާމަވެއްޖެ އެވެ.

ޗެލްސީ އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު މެޗުގައި ޗެލްސީ ވަނީ ސައުތުހެމްޓަން އަތުން އަމިއްލަ ދަނޑުގައި 1-0 އިން ބަލިވެފަ އެވެ.

ތޯމަސް ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކިކޮށް، މިދިޔަ ސެޕްޓެމްބަރު މަހު އެ މަގާމަށް ހަމަޖެއްސި ޕޮޓާ މަގާމުން ވަކިކުުރުމަށް ގޮވާލައި، ގިނަ ސަޕޯޓަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި އޭނާ މަގާމުން ވަކިކުރަންޖެހޭ ކަމަށް ބައެއް ތަޖުރިބާކާރުން ވެސް އަންނަނީ ބުނަމުންނެވެ.

މީގެ އެންމެ ބޮޑު އެއް ސަބަބަކީ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ވެސް ޗެލްސީން ބޮޑު ހޭދައެއްކޮށް، އަށް ކުޅުންތެރިން ޓީމަށް އިތުރުކުރުމެވެ. އެންމެ ފަހުގެ ދެ ޓްރާންސްފާގައި ޗެލްސީން ވަނީ އާ ކުޅުންތެރިން ހޯދުމަށް 600 މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓްކޮށްފަ އެވެ.

އެހެން ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން ޗެލްސީގެ ބޯޑުގެ ވިސްނުން ތަފާތެވެ. ޗެލްސީގެ ބޯޑުން ޕޮޓާއާ ހަވާލުކުރީ ދިގު މުއްދަތުގެ ޕްރޮޖެކްޓެވެ. އަދި އަލަށް ގެނައި ކުޅުންތެެރިންނާ އެކު، ރަނގަޅު ޓީމެއް ބިނާކުރުމަށް ޕޮޓާ އަށް ވަގުތު ބޭނުންވާނެ ކަމަށް ޗެލްސީގެ ބޯޑުން ގަބޫލުކުރެއެވެ.

މީގެ އިތުރުން، މި ސީޒަންގައި ޗެލްސީގެ ގިނަ ކުޅުންތެރިންތަކަކަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާހެދި، ޕޮޓާގެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބޯޑުން ގަބޫލު ކުރެ އެވެ.

ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީ ޕްރިމިއާ ލީގުގައި ކުޅުނު 25 މެޗުގެ ތެރެއިން މޮޅުވެފައިވަނީ ނުވަ މެޗުންނެވެ. ޗެލްސީ މި ވަގުތު އޮތީ ލީގުގެ 10 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

ނިއު ބަލިކޮށް ވިކްޓަރީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، ވިކްޓަރީން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުން ބަލިވުމާއެކު ލީގުގައި ނިއުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، ވިކްޓަރީ އަކީ މިވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު

މާޒިޔާ އަތުން ނިއު އަށް ފަސް ގޯލުގެ މޮޅެއް

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓުން 5-0 ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް، ތިން މެޗުން މޮޅުވެ ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި. މި މެޗުގައި ނިއުގެ ސަބީނާ ކަތުން އާއި މަރިޔަމް ނޫރާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗު

ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އިން އެއް ވަނަ ދިފާއުކޮށްފި

ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން 3-2 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލުގެ އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ. މެޗުގެ ކުރީކޮޅު ވިޔަރެއާލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގެ 10 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.

ޓީސީ ބަލިކޮށް އޮޑި ހަތަރު ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި ޓީސީން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އޮޑިން މެޗު ކާމިޔާބުކުރީ ހަޑްސަން ޑިއާޒް ޖެހި ދެ ގޯލާއި ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ލަނޑުން

އިންޑިއާ ފުޓްބޯޅަ ރައީސް ޗޯބޭގެ ނުސީދާ ރައްދެއް ބުޓިއާ އަށް

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭގެ އިސްތިއުފާ އަށް އެދި ބައިޗުން ބުޓިއާ އިސްވެ ހުރެ ޝަކުވާ ހުށަހެޅުމުން، ޗޯބޭ ވަނީ އެކަމަށް ނުސީދާ ރައްދެއް ދެއްވާފައި . ޗޯބޭ ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާއިރު ޒިންމާދާރު ގޮތެއްގައި ފާޑުކިޔަންޖެހޭނެ ކަމަށާއި، ފެޑެރޭޝަނުގެ ލީޑަޝިޕްގައި ތިބި އެންމެން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް

މުސިއާލާގެ ވާހަަކަ ބަޔާންގެ ވެރިން ދެއްކި ގޮތް ކަމަކުނުދިޔަ

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ޖެހިފައިވަނިކޮށް، އޭނާގެ ކޮންޓްރެކްޓާ މެދު އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ފިފްޕްރޯ އިން ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ބަލި ހާލަތެއްގައި ހުރި ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވާހަކަދެއްކުމުގައި ބަޔާނުން މިއަށްވުރެ ބޮޑަށް ސިއްހީ ހާލަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox