ނަޕޯލީން ކްވަރަޝްކޭލިއާ 100 މިލިއަން ޑޮލަރަށް ވެސް ނުވިއްކާނެ

Feb 21, 2023, 9:13 AM
ނަޕޯލީން ކްވަރަޝްކޭލިއާ 100 މިލިއަން ޑޮލަރަށް ވެސް ނުވިއްކާނެ

ނޭޕްލްސް (ފެބްރުއަރީ 21) - ނަޕޯލީ އަށް ކުޅެމުން އަންނަ ޖޯޖިއާގެ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާ 100 މިލިއަން ޑޮލަރަށް ވެސް ނުވިއްކާނެ ކަމަށް އެ ޓީމުގެ ރައީސް އައުރޭލިއަން ޑީ ލައުރެންޓީސް ވިދާޅުވެއްޖެ އެވެ.

ޖޯޖިއާގެ ޑިނަމޯ ބަޓޫމީ ދޫކޮށް 10 މިލިއަން ޑޮލަރުގެ އަގަކަށް މިދިޔަ ޖުލައި މަހު ނަޕޯލީ އަށް ބަދަލުވި ކްވަރަޝްކޭލިއާގެ ޑިމާންޑް މިހާރު ބޮޑުވެފައިވަނީ މި ސީޒަނުގައި އެ ޓީމުގައި ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމުގެ ސަބަބުންނެވެ. ނަޕޯލީން އިޓާލިއަން ލީގުގެ ކުރީގައި އޮތްއިރު، ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރާ ހަމައަށް ދިއުމުގައި ކްވަރަޝްކޭލިއާގެ ދައުރު ބޮޑެވެ. ކްވަރަޝްކޭލިއާ، މި ސީޒަނުގައި މިހާތަނަށް 24 މެޗުން 12 ގޯލު ޖަހައި، 14 ގޯލު ޖަހަން ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކުރިން ރަޝިއާގެ ރުބިން ކަޒާން އަށް ވެސް ކުޅުނު ކްވަރަޝްކޭލިއާ ގަންނަން ސްޕެއިންގެ ރެއާލް މެޑްރިޑާއި އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކްވަރަޝްކޭލިއާގެ ޓްރާންސްފާ ވާހަކަތައް މީޑިއާގައި ދެކެވޭ މިންވަރު އިތުރުވަމުން އަންނައިރު، ދާދި ފަހުން އިޓަލީގެ ނޫހަކަށް ޑި ލައުރެންޓީސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނަޕޯލީން ދާން ބޭނުންވާ މިސްރާބަށް ވާސިލްވާން ކްރަވަޝްކޭލިއާ އާއި ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސީމެން އަކީ މުހިންމު ކުޅުންތެރިން ކަމަށެވެ. މީގެ ތެރެއިން ކްވަރަޝްކޭލިއާ އަކީ އަގުހެޔޮކޮށް ނަޕޯލީން ގަތް ކުޅުންތެރިއެއް ނަމަވެސް މިހާރު ޑިމާންޑް ބޮޑުވެފައިވާ ކުޅުންތެރިއެކެވެ.

"ކްވިޗާ (ކްވަރަޝްކޭލިއާ) އަކީ ވިއްކާ ކުޅުންތެރިއެއް ނޫން. ބަޔަކު ހީކޮށްފާނެ 100 މިލިއަން ޑޮލަރު ދީގެން މި ޑީލް ނިމިދާނެ ކަމަށް. އެކަމަކު، އެހެނެއް ނުވާނެ. އެ އަގަށް ވެސް މަޝްވަރާ ނުކުރާ ގޮތަށް މި ތިބީ،" ޑި ލައުރެންޓީސް ވިދާޅުވި އެވެ.

ނަޕޯލީ މި ވަގުތު އިޓާލިއަން ލީގުގެ ކުރީގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމުން މަސައްކަތް ކުރަމުން އަންނަނީ 1990 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބު ކުރުމަށެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި މިރޭ ނަޕޯލީން ޖަރުމަނުގެ އައިންޓްރަކް ފްރޭންކްފާޓާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox