ގައުމީ އަންހެން ވޮލީ ޓީމާ އެކު މެޑަލް ނޫން ވިސްނުމެއް ނިޒާރުގެ ނެތް

Feb 21, 2023, 8:46 AM
ތައިލެންޑް ޓްރެއިނިން ކޭމްޕްގެ ތެރެއިން ނިޒާރު ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އަދަދު

ތައިލެންޑް ޓްރެއިނިން ކޭމްޕްގެ ތެރެއިން ނިޒާރު ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އަދަދު

ގައުމީ އަންހެން ވޮލީބޯޅަ ޓީމާ އެކު މަސައްކަތް ކުރަން ފެށި ފުރަތަމަ ދުވަހުން ފެށިގެން ވެސް ވިސްނުން ބެހެއްޓީ މެޑަލް ހޯދުމަށް ކަމަށާއި އެ ނޫން ޓާގެޓަކަށް ދިއުމެއް ނެތް ކަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ) ބުނެފި އެވެ.

މީގެ ފަސް ވަރަކަށް މަސް ކުރިން، ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ބޮޑޭ ހަމަޖައްސައި، ޓްރެއިނިންތައް ފެށި ފަހުން، އޮކްޓޫބަރު/ ނޮވެމްބަރުގައި ވަނީ ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އޭގެ ފަހުން، މި މަހު މި ވަނީ ފޯ ނޭޝަންސް ކަޕަށް ތައްޔާރުވުމަށް ތައިލެންޑްގެ ބެންކޮކްގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ނިންމައިފަ އެވެ. ދެ ކޭމްޕްގައި ވެސް ވާދަވެރި މެޗުތަކެއް ކުޅެފައިވެ އެވެ.

އަންހެން ޓީމު ގޮވައިގެން ރަސްމީކޮށް މުބާރާތަކަށް ފުރަތަމަ ފަހަރު ނުކުންނައިރު، ނިޒާރު ބުނީ ޓްރެއިނިންތައް މިހާތަނަށް ގެންދެވުނު ގޮތް ރަނގަޅު ކަމަށެވެ.

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަނުގައި ކުޅެނީ ތިން ގައުމެކެވެ. އެއީ މެލޭޝިއާ އާއި ސިންގަޕޫރު އަދި ރާއްޖެ އެވެ. ނިޒާރު ބުނީ އެ ޓީމުތަކާ ދެކޮޅަށް ކުޅެ ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"މުބާރާތަށް އަޅުގަނޑުމެން ތައްޔާރުވަނީ އިރާދަކުރެއްވިއްޔާ ކާމިޔާބަށް. މި މުބާރާތުގެ ކާމިޔާބަށް އަމާޒުހިފައިގެން. މި ޓީމު ލިބުނު ދުވަހުން ފެށިގެން ކުޅުންތެރިންނަށް އިރުޝާދު ދެމުން މިދަނީ މެޑަލް ނޫން އެހެން އެއްވެސް އެއްޗެއް ބޭނުން ނޫންކަން. ހަމަ މި މުބާރާތް ކާމިޔާބު ކުރުމަށްޓަަކައި އަޅުގަނޑުމެން ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތް ކުރަމުން މިދަނީ،" ގައުމީ ފިރިހެން ވޮލީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރެ ލޯ މެޑަލް ހޯދި، ނިޒާރު، ތައިލެންޑް ޓްރެއިނިން ކޭމްޕްގެ ފަހު މެޗަށް ފަހު ދިން އިންޓަވިއުގައި ބުންޏެވެ.

ނިޒާރު ބުނީ ސައުދީ އަރަބިއްޔާ އާއި ތައިލެންޑް ކޭމްޕުން ހަގީގަތުގައި ލިބިގެންދިޔައީ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

"އަހަރެމެންނަށް މީގެ ތެރެއިން ވަރަށް ގިނަ ކަންކަން އެކްސްޕީރިއަންސް ކުރެވޭނެ. މުބާާރާތް (ފޯ ނޭޝަންސް ކަޕް) ކާމިޔާބު ކުރެވޭނެ ވަރަށް ބޮޑު އުންމީދެއް ކުރެވޭ،" ނިޒާރު ބުންޏެވެ.

"ސައުދީ އަށް ދިޔަ ޓީމާއި ތައިލެންޑް ޓްރެއިނިންގައި އުޅޭ ޓީމަށް ބަދަލުތަކެއް އައިސްފި. ސީނިއާ ވެސް ކުޅުންތެރިންނާއި ޔަންގް ވެސް ކުުޅުންތެރިންނާ އެކު މި ނުކުންނަނީ. ސައުދީ އަށް ދިޔަ ޓީމުގައި ޔަންގް ކުޅުންތެރިން މަދުވާނެ. މި ފަހަރު (ތައިލެންޑް ކޭމްޕްގައި) އެ އަށް ބަދަލެއް އައިސްފައި މި ވަނީ،"

ނިޒާރު ބުނީ ދެ ކޭމްޕްގެ އަނެއް ތަފާތަށް ބަލާއިރު، ސައުދީ އަރަބިއްޔާ އިން ވާދަވެރި ރަނގަޅު ލެވަލްގެ މެޗުތަކެއް ނުލިބުނު ކަމުގައި ވިޔަސް ތައިލެންޑްގައި ކުޅެން ލިބުނު ފަސް މެޗުން ވެސް ޓީމުގައި ރަނގަޅު ކުރަން ހުރި ގިނަ ކަންކަމަށް ބަދަލު ގެނެވޭނެ ކަމަށެވެ.

ޓްރެއިނިން ކޮންމެ މެޗަކަށް ވެސް ކަނޑައެޅީ ވަކި ޓާގެޓްތަކެއްކަން ފާހަގަކޮށް ނިޒާރު ބުނީ ޖުމްލަކޮށް ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންކަން ވެސް ރަނގަޅު ކަމަށެވެ. އަދި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރަމުން އަންނަ ކަމަކީ މެލޭޝިއާ އާއި ސިންގަޕޫރުގެ މެޗުތައް ބެލުންކަން ނިޒާރު ބުނެފައިވެ އެވެ.

"މިހާރު އެ ދެ ޓީމުގެ މެޗުތައް ބަލަމުން މި ދަނީ ވަރަށް ބޮޑު އުންމީދެއް އެބައޮތް، އިރާދަކުރެއްވިއްޔާ މި ތަށި ހޯދައިގެން ފޭބޭނެ ކަމުގެ. މި ޓީމުގައި ހިމެނިގެން ކޭމްޕްގައި މި ލިބުނީ ގާތްގަނޑަކަށް މުބާރާތެއްގައި ލިބޭނެ ކަހަލަ ފުރުސަތެއް. ވާހަކަ އަކީ މީގެ ސަބަބުން ކުޅުންތެރިން ވަރަށް ބޮޑަށް އިމްޕްރޫވްވެގެން އައިސްފިއޭ. ބޭނުންވާ ވަރަށް ޕާފޯމަންސް (ވެސް) އަންނަނީ ރަނގަޅުވަމުން،" ދާދި ފަހުން، ކްލަބް ވެމްކޯ އަށް ގައުމީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ހޯދައިދޭން މުހިންމު މަސައްކަތްތަކެއް ކުރި ނިޒާރު ބުންޏެވެ.

ރާއްޖޭގެ ވޮލީ އަންހެން ގައުމީ ޓީމު އަމިއްލަ ފަސްގަނޑުގައި ބައިނަލްއަގުވާމީ މުބާރާތެއް މި ކުޅެނީ 2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. ގައުމީ އަންހެން ޓީމުން ވަނީ 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުން ރިހި މެޑަލް ހޯދައިފަ އެވެ.

އަންނަ ބުރާސްފަތި ދުވަހު ފަށާ ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގެ ތިން ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެއް ވަނަ ޓީމު ދާނީ ފައިނަލަށެވެ. ދެ ވަނަ އާއި ތިން ވަނަ ސެމީ އެއް ކުޅެފައި، އެ ތަނުން މޮޅުވާ ޓީމަކަށް ފައިނަލްގެ އަނެއް ޖާގަ ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox