ފަނޑިޔާރުންް ތަމްރީނަށް ދިގުމުއްދަތަށް ވީއްލޭނެ އުސޫލެއް އެކުލަވާލަނީ

ޖޭއެސްސީން ބުނީ މިފަދަ އުސޫލެއްގެ އެންމެ ބޮޑު އެއް ބޭނުމަކީ މަގާމުގައި ތިއްބަވައިގެން ފަނޑިޔާރުންްގެ ގާބިލުކަން އިތުރުކުރުމަށް އެކި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް -- ފޮޓޯ: އަދަދު

ޖޭއެސްސީން ބުނީ މިފަދަ އުސޫލެއްގެ އެންމެ ބޮޑު އެއް ބޭނުމަކީ މަގާމުގައި ތިއްބަވައިގެން ފަނޑިޔާރުންްގެ ގާބިލުކަން އިތުރުކުރުމަށް އެކި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް -- ފޮޓޯ: އަދަދު

ފަނޑިޔާރުންގެ ތަމްރީނުތަކަށް ދިގު މުއްދަތަށް ވީއްލޭނެ އުސޫލެއް އެކުލަވާލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިންް ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މިހާތަނަށް ދިގު މުއްދަތަށް ފަނޑިޔާރުން ވީއްލޭނެ އުސޫލެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ފަނޑިޔާރުންގެ ގާބިލުކަން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ، ފަނޑިޔާރުން އަމިއްލައަށް ހޯދާ ފުރުސަތުތަކުގަ އާއި ތަމްރީން ޕްރޮގްރާމްތަކާއި، ކޯސްތަކަށް ވީއްލުމަށް އުސޫލެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މިފަދައިން ވީއްލާއިރު މުސާރަ އާއި އިނާޔަތް ހަމަޖެހިގެންދާނެ ކަމަށާއި، މި އުސޫލު އެކުލަވާލުމުގެ މަސައްކަތް މިހާރު އެ ކޮމިޝަނުން ކުރަމުންް އަންނަ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

މި އުސޫލުގެ އެންމެ މުހިންމު އެއް ބޭނުމަކީ ފަނޑިޔާރުން އެކި ތަމްރީނު ޕްރޮގުރާމުތައް ފުރިހަމަކުރުމަށްޓަކާ މަގާމުން ދުރުނުވެ އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

ޖޭއެސްސީން ބުނީ މި ނިންމުން ނިންމާފައި ވަނީ ފަނޑިޔާރުކަމަށް އައްޔަނުވުމަށްފަހު ދިގުމުއްދަތުގެ ތަމްރީން ފުރުސަތުގައި ފަނޑިޔާރުން ބައިވެރިވުމަށް ހުރަސްތަކެއް ހުރުމުން ކަމަށެވެ.

އަދި މިފަދަ އުސޫލެއް އެކުލަވާލުމުގެ ސަބަބުން ފަނޑިޔާރުންނަށް އިތުރަށް ތައުލީމު އުނގެނުމަށް ހިތްވަރު ލިބުމާއި، މިދާއިރާގެ ހުނަރާއި، ގާބިލްކަން އިތުރު ކުރުމަށް ހިތްވަރުލިބުމަށް ބާލު ލިބޭނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox