އިމާރާތުގެ ދަށުގައި އުފަންވި ކުއްޖާ އެޑޮޕްޓްކުރީ ބޮޑު ދައިތަ

ބޮޑު ދައިތަގެ ފިރިމީހާ އެ ކުއްޖާއާ އެކު. -- ފޮޓޯ: ރޮއިޓާޒް

ބޮޑު ދައިތަގެ ފިރިމީހާ އެ ކުއްޖާއާ އެކު. -- ފޮޓޯ: ރޮއިޓާޒް

މީގެ ދެ ހަފުތާ ކުރިން އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި އުފަންވި ކުއްޖާގެ ބޮޑު ދައިތަ، އެ ކުއްޖާ އެޑޮޕްޓްކޮށްފި އެވެ.

އިމާރާތް ވެއްޓުމުން އެ ކުއްޖާގެ މަންމަ އާއި ބައްޕަ މަރުވި އެވެ. އިމާރާތުގެ ދަށުން ކުއްޖާ ސަލާމަތް ކުރުމުން، އެތައް ހާސް ބަޔަކު އެޑޮޕްޓް ކުރަން ހުށަހެޅި އެވެ.

ޑީއެންއޭ ޓެސްޓެއް ހެދުމަށް ފަހު ބޮޑު ދައިތައަކީ ލޭގެ ގުޅުން އޮތް އާއިލީ މީހެއްކަން ކަށަވަރުވުމުން އެ ކުއްޖާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. ޑޮކްޓަރުން ބުނީ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

"އެއީ މިހާރު އަހަރެންގެ ދަރިއެއް. އަހަރެންގެ އުފަން ދަރިންނާއި އެ ކުއްޖާއާ އެއްވެސް ތަފާތެއް ނުކުރާނަން،" ބޮޑު ދައިތަގެ ފިރިމީހާ ހަލީލް އަލް ސަވާދީ އޭޕީ ނޫހަށް ބުންޏެވެ.

އެ ކުއްޖާ ސަލާމަތް ކުރިތާ ކުޑައިރުކޮޅެއް ފަހުން ރެސްކިއު ޓީމުން އެ ކުއްޖާއަށް ކީ ނަމަކީ "އާޔާ" އެވެ. އަރަބި ބަހުން އޭގެ މާނައަކީ މުއުޖިޒާތެވެ.

އެހެން ނަމަވެސް، މިހާރު އެ ކުއްޖާގެ އާއިލާއިން ވަނީ، ކުއްޖާގެ މަންމައަށް ނިސްބަތްކޮށް، އަފްރާއަށް ނަން ބަދަލުކޮށްފަ އެވެ.

ތުއްތު ކުއްޖާ އެޑޮޕްޓް ކުރުމަށް އެތައް ހާސް ބަޔަކު ހުށަހެޅުމުން، ހޮސްޕިޓަލުގައި އޮއްވައި ވަގަށް ގެންގޮސްފާނެތީ ކަންބޮޑުވި ކަމަށް ސަވާދީ ބުންޏެވެ.

ހާލާ އާއި ސަވާދީގެ އަންހެން ދަރިފުޅު އުފަންވީ ބިންހެލުން އައިތާ ތިން ދުވަސް ފަހުން.
ހާލާ އާއި ސަވާދީގެ އަންހެން ދަރިފުޅު އުފަންވީ ބިންހެލުން އައިތާ ތިން ދުވަސް ފަހުން.

ހާލާ އާއި ސަވާދީގެ އަންހެން ދަރިފުޅު އުފަންވީ ބިންހެލުން އައިތާ ތިން ދުވަސް ފަހުން.

ސަވާދީ ބުނީ އެ އާއިލާގެ ހާލަތު ގޯސް ނަމަވެސް، އާއިލީ ގުޅުމެއް ނެތް ބަޔަކާ އަފްރާ ހަވާލުކުރުމަށް ވުރެ ބޮޑު ދައިތަ ކައިރީގައި ހުރުން މާ ރަނގަޅު ވާނެ ކަމަށެވެ.

ސަވާދީ އާއި އޭނާގެ އަންހެނުން ހާލާގެ ގެ ވެސް ވަނީ ބިންހެލުމުގައި ސުންނާފަތިވެފަ އެވެ. އެ މީހުން މިހާރު ދިރިއުޅެނީ ތިމާގެ ބަޔެއްގެ ކައިރީގަ އެވެ.

ބިންހެލުން އައި އިރު ހާލާ ވެސް އިނީ ބަލިވި އެވެ. އެ ދެމަފިރިންގެ އަންހެން ދަރިފުޅު އުފަންވީ ބިންހެލުން އައިތާ ތިން ދުވަސް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުން މަނާކޮށްފި

ބްރެޒިލްގައި އޮންލައިންކޮށް ޖުވާކުޅުމާއި ބެޓްކުރުން މަނާކުރުމަށް އެ ގައުމުގެ ރައީސް ލޫލާ ދަ ސިލްވާ ވަގުތީ އަމުރެއް ނެރުއްވައިފިއެވެ. މި ފިޔަވަޅު އެޅުއްވީ ޖުވާގެ ސަބަބުން އާއިލާތަކުގެ އާމްދަނީއަށް ގެއްލުންވެ، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީ ގައުމު ސަލާމަތްކުރުމުގެ މަގުސަދުގައެވެ. އިންތިޚާބާ ގާތްވެފައިވަނިކޮށް ނިންމެވި މި ނިންމެވުން ދާއިމީ ކުރުމަށް ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭނެއެވެ.

ޓްރަމްޕްގެ އެއާ ފޯސް ވަންގައި ސީއެންއެން ދަތުރުކުރުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެނެސީއަށް ކުރައްވާ ދަތުރުފުޅުގައި، ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ސީއެންއެން ދަތުރުކުރުން ވައިޓް ހައުސްއިން މަނާކޮށްފިއެވެ. މިއީ ޓްރަމްޕްގެ ސަރުކާރާއި މީޑިއާތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށްވާއިރު، މީގެ ކުރިންވެސް ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ވަނީ މަނާކޮށްފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ މީޑިއާ އިދާރާތަކުން މި ނިންމުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ހޯރްމޫޒް ހުޅުވާލުމަށް އީރާނުން އެމެރިކާއަށް ހުށަހެޅުމެއް

ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ވަކި ޝަރުތުތަކަކާއެކު އީރާނުން އެމެރިކާއަށް ހުށަހެޅުމެއް ފޮނުވާފައިވާއިރު، މިކަމުގައި ގޮތެއް ނިންމުމުގެ އިޚުތިޔާރު މިހާރު އޮތީ އެމެރިކާއަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ރައީސް ޓްރަމްޕް ވަނީ އީރާނުގެ މި ހުށަހެޅުން ބޭރުކޮށްލައްވައި، އެ ގައުމަށް އަސްކަރީ ހަމަލާތަކެއް ދިނުމުގެ އިޝާރާތެއް ކުރައްވާފައެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ބެންކޮކްގައި ފެންބޮޑުވުމުން ކުއްލި ނުރައްކާ އިއުލާންކޮށްފި

ބެންކޮކަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މި ވިއްސާރައިގައި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހި ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިތިއޯޕިއާ-ޖިބޫޓީ ތެޔޮ ހޮޅިއަށް 660 މިލިއަން ޑޮލަރު ދެނީ

ނައިޖީރިއާގެ މަހުޖަނު އަލީކޯ ޑަންގޯޓޭގެ 660 މިލިއަން ޑޮލަރުގެ ފަންޑާއެކު، ޖިބޫޓީ އާއި އިތިއޯޕިއާ ދެމެދު 120 ކިލޯމީޓަރުގެ ތެޔޮ ހޮޅިއެއް އެޅުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިމޭނެ މި މަޝްރޫއުގެ ސަބަބުން، އިތިއޯޕިއާއަށް ތެޔޮ އުފުލުމަށް ހޭދަވާ ވަގުތު ފަސް ދުވަހުން އެއް ދުވަހަށް ކުޑަވެ، އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ވަރުގަދަވެގެންދާނެއެވެ.

މަޖުބޫރު އަސްކަރީ ހިދުމަތާ ދެކޮޅަށް ޖަރުމަނުގައި މުޒާހަރާ ކުރަނީ

ޖަރުމަނުވިލާތުގައި އަސްކަރީ ހިދުމަތް އަލުން މަޖުބޫރުކޮށްފާނެތީ، އެކަމާ ދެކޮޅަށް އެ ގައުމުގެ ކިޔަވާ ކުދިން ކްލާސްތަކަށް ނުގޮސް މުޒާހަރާކުރަން ފަށައިފި އެވެ. މި މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުންދަނީ ސަރުކާރުން ގެންގުޅޭ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުން ހަނގުރާމައަށް ފޮނުވުމުގެ ވިސްނުން ދޫކޮށްލުމަށެވެ.

Newsletter

Get the latest news delivered straight to your inbox