ހާލަތުގެ ފައިދާނަަގައި ޑޯޓްމަންޑް ލީގު ހޯދުމުގެ ރޭހަށް

Feb 19, 2023, 8:37 PM
ޑޯޓްމަންޑްގެ ރެއުސް ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޑޯޓްމަންޑްގެ ރެއުސް ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މިއުނިކް (ފެބްރުއަރީ 20) - ޖަރުމަނު ލީގުގެ ކުރީގައި އޮތް ބަޔާން މިއުނިކާއި ޔޫނިއަން ބާލިން އަށް މި ހަފްތާގައި ކުޅުނު މެޗުތަކުން މޮޅުނުވެވި ދިމާވި ހާލަތުގެ ފައިދާނަގައި ހާތާ ބާލިން އަތުން، މިރޭ، 4-1 އިން މޮޅުވެ، ބޮރޫޝިއާ ޑޯޓްމަންޑުން ލީގުގެ ރޭހުގައި މުހިންމު ފިޔަވަޅެއް ކުރިއަށް އަޅައިފި އެވެ.

ބަޔާން ވަނީ ހޮނިހިރު ދުވަހުގެރޭ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން ބަލިވެފަ އެވެ. އެއް ވަނަ އަށް އަރަން ޔޫނިއަން ބާލިން އަށް ފުރުސަތު ލިބިފައި އޮއްވައި، އެ ޓީމު ވަނީ މިރޭ ރެލިގޭޝަނުގައި އޮތް ޝާލްކާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ.

ޖަރުމަނު ލީގު ތާވަލުގެ ކުރީގައި އޮތް ތިން ޓީމު ވެސް މި ވަގުތު ވަނީ ޕޮއިންޓް އެއްވަރުވެފަ އެވެ. އެއް ވަނައިގައި އޮތް ބަޔާނާއި ދެ ވަނައިގައި އޮތް ޑޯޓްމަންޑާއި ތިން ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް ވަނީ 21 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. ލަނޑުގެ ތަފާތަށް ބަލާއިރު، ބަޔާނަށް ފައިދާ 40 ގޯލު އޮތްއިރު، ޑޯޓްމަންޑްގެ އޮތީ 17 ގޯލެވެ. އަދި ޔޫނިއަން ބާލިންގެ 11 ގޯލެވެ. ހަތަރު ވަނައިގައި އޮތް ފްރެއިބާގަށް ވަނީ 21 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ.

ޑޯޓްމަންޑް ދަނޑުގައި މިރޭ ކުޅުނު މެޗުގެ 27 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަަގައިދިނީ މާކޯ ރެއުސް ދިން ބޯޅައަކުން ކަރީމް އަޑޭމީ ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން، އަޑޭމީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޑޮންޔެލް މާލެން ވަނީ ގޯލަށް ވައްދާލައި، ޑޯޓްމަންޑްގެ ލީޑުފުޅާކޮށްދިފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ހާތާ ބާލިން އިން ގޯލެއް ޖެހި އެވެ. ލޫކަސް ޓޫސާޓް އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުން ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ޕްރެޝަރުގައި ކުޅެން ޖެހުނު ވަގުތު ޑޯޓްމަންޑަށް ލުޔެއް ލިބުނީ މެޗުގެ 76 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ރެއުސް ގޯލެއް ޖަހައި، އެ ޓީމުގެ ލީޑުފުޅާކޮށްދިނުމުންނެވެ. އަދި މެޗުގެ 89 ވަނަ މިނިޓްގައި އޭރިއާތެރެއިން ލޫކަސް ބްރަންޑްޓް ވަނީ ގޯލެއް ޖަހައި އެ ޓީމަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox