"ގާސިމާއެކު ކޯލިޝަން ހެދުމުގެ އުއްމީދު ބޮޑު، އޭރުން އެއްބުރުން ކާމިޔާބުވާނެ"

މީގެ ކުރިން ބޭއްވި ހަފްލާއެއްގެ ތެރެއިން ރައީސް ސޯލިހާއި ގާސިމް އިބްރާހިމް. -ފައިލް ފޮޓޯ

މީގެ ކުރިން ބޭއްވި ހަފްލާއެއްގެ ތެރެއިން ރައީސް ސޯލިހާއި ގާސިމް އިބްރާހިމް. -ފައިލް ފޮޓޯ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމުގެ އުއްމީދު ބޮޑު ކަމަށް ރައީސް ސޯލިހުގެ މަޝްވަރާ ވަފްދުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމްއާ މަޝްވަރާ ކުރެއްވުމަށް، އެ މަނިކުފާނުގެ ރިސޯޓު، އދ. އަތޮޅު ސަން އައިލެންޑަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމާއި ރައީސް ސޯލިހުގެ ކޮއްކޯފުޅު، އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އިއްޔެ ވަޑައިގެންނެވި އެވެ.

ގާސިމާއެކު ބޭއްވި ބައްދަލުވުންތަކާ ގުޅޭ ގޮތުން އަސްލަމް "އަދަދު"އަށް މިއަދު ވިދާޅުވީ ގާސިމްއާއެކު ބޭއްވުނީ ވަރަށް އުއްމީދީ މަޝްވަރާތަކެއް ކަމަށާއި "ހީކުރި މިންވަރަށް ވުރެ ވެސް ކަންކަން ޕޮޒިޓިވް" ކަމަށެވެ.

"އުއްމީދަކީ ގާސިމްއާއެކު ކޯލިޝަން ހެދޭނެ ކަމަށް. އޭރުން ބޮޑުތަކުން އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ،" އަސްލަމް ވިދާޅުވި އެވެ.

އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރުން ކުރިއަށްދޭތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ، އަލީ ނިޔާޒާއެކު އޭނާ އިސްވެ ކުރިއަށް ގެންދަވަނީ ގާސިމްއާއެކު ކުރެވޭ މަޝްވަރާތައް ކަމަށާއި "އެހެން މަޝްވަރާތައް ވެސް" ކުރިއަށް ދާނެ ކަމަށެވެ.

މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި، ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވުމުގެ ކުރިން ވެސް، ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޯލިޝަނަކާ ނުލައި އެމްޑީޕީއަށް އެކަނި އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި، ކޯލިޝަނެއްގެ ތެރެއިން ވެރިކަން ކުރެއްވޭނެ އެމްޑީޕީގެ ހަމައެކަނި ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސް ސޯލިހަށް ވަނީ ދީފަ އެވެ.

ރާއްޖޭގެ ސިޔާސީ ތާރީހުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރާ ކޯލިޝަނެއް ދެމެހެއްޓުނު ރެކޯޑު ރައީސް ސޯލިހު ވަނީ ގާއިމުކުރައްވައިފަ އެވެ.

ޖޭޕީގެ އިތުރުން ސަރުކާރުގެ ކޯލިޝަނުގައި ހިމެނެނީ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އެވެ.

ނަމަވެސް، އެ ތިން ޕާޓީން ވެސް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާމެދު އަދި ރަސްމީކޮށް އެއްވެސް ނިންމުމެއް ހާމަކޮށްފައެއް ނުވެ އެވެ.

ގާސިމްގެ ތާއިދު ހޯއްދެވުމަށް ރައީސް މަސައްކަތް ކުރައްވާއިރު، މި ހަފުތާގައި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އޮންނާނެ އެވެ. އެ ކޮންގްރެސްގައި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑަނާޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox