އެތުލެޓިކްސް ކޯޗު ހުސެއިން އަށް އެމްއޯސީގެ ކޯޗިން ސްކޮލާޝިޕެއް

Feb 19, 2023, 8:00 AM
ހުސެއިން (ވ) އޭޝިއާގެ އެތުލެޓިކްސް ރައީސް ދަހްލާން ޖުމާންއާ އެކު ނަގާފައިވާ ފޮޓޯއެއް.

ހުސެއިން (ވ) އޭޝިއާގެ އެތުލެޓިކްސް ރައީސް ދަހްލާން ޖުމާންއާ އެކު ނަގާފައިވާ ފޮޓޯއެއް.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ފަރާތުން ފަހިކޮށްދޭ އިސްލާމިކް ސޮލިޑާރިޓީ ސްކޮލާޝިޕްތަކުގެ ތެރޭގައި އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ޕްރޮގްރާމް (އައިސީއީސީޕީ) ސްކޮލާޝިޕް ގައުމީ އެތުލެޓިކްސް ޓީމްގެ ސްޕްރިންޓް ކޯޗު، ހުސައިން ހަލީމް އަށް ލިބިއްޖެ އެވެ.

ގައުމީ ފެންވަރުގައި މަސައްކަތްކުރާ ކޯޗުންގެ ފެންވަރު މަތިކޮށް ކުޅިވަރު ތަރައްގީ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބޭ އައިސީއީސީޕީ ކޯޗިން ޕްރޮގްރާމަކީ އެމެރިކާގެ ޑެލެވެއާ ޔުނިވާސިޓީ އިން ކުރިއަށްގެންދާ ކޯހެކެވެ.

ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމްގެ ކޯޗު ހުސައިން އަށް މި ސްކޮލާޝިޕް ލިބުނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެމްއޯސީން ހުޅުވާލި ފުރުސަތުގައި އެސޯސިއޭޝަންތަކުން ފޮނުވި ނަންތައް އިވެލުއޭޓް ކުރުމަށްފަހުގަ އެވެ.

ޖުމްލަ އެކު، 10 މަސްދުވަހުގެ މި ކޯހުގައި ކޯޗިންގެ އަށް މޮޑިއުލްއެއް ކިޔަވައިދޭނެ އެވެ. އޭގެ ތެރޭގައި ސްޕޯޓްސް ޓެކްނޮލޮޖީ، އެތުލީޓުންގެ ޕާފޯމަންސް އިވެލުއޭޝަން، ސްޕޯޓްސް ސައިކޮލޮޖީ، ސްޕޯޓްސް ނިއުޓްރިޝަން، ޓްރެއިނިންތައް ބައްޓަންކުރާނެ ގޮތްތައް، ނަފްސާނީ ގޮތުން އެތުލީޓުން ތައްޔާރުކުރުން އަދި ކޯޗުންގެ އެތިކަލް އަދި ލީޑާޝިޕް ކޮލިޓީސް ފަދަ މުހިންމު ކަންކަން ދަސްކޮށްދެވޭނެ އެވެ.

މީގެ އިތުރުން ކޯހުގެ އެންމެ މުހިންމު ބައިކަމަށްވާ ފައިނަލް އިމްތިހާނުގައި އެ ގައުމެއްގެ ކުޅިވަރުގެ ތަރައްގީއަށް މަސައްކަތް ކުރެވޭނެ ދާއިރާއެއް ކަނޑައަޅައި، އެކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަނެ އެކަމަށް ހާއްސަ ރިޕޯޓެއް ތައްޔާރުކުރަން ޖެހޭނެ އެވެ.

ކޮންމެ ދެ އަހަރުން އެއް އަހަރު ކުރިއަށްދާ މި ކޯހުން މި ފަހަރު ފުރުސަތު ލިބުނު ހުސައިން ރަސްމީކޮށް އެތުލެޓިކްސް ކޯޗިން ކޯސް ފުރިހަމަކުރީ 2018 ވަނަ އަހަރު އެވެ. އެ އަހަރުގެ ޖެނުއަރީ މަހު ލ. އަތޮޅުގައި ބޭއްވި އެތުލެޓިކްސް ކޯޗިންގެ ލެވެލް އެކެއްގެ އެންމެ މަތީ މާކްސްއާ އެކު ފުރިހަމަކުރުމަށް ފަހު އެ އަހަރުގެ ނޮވެމްބަރު މަހު ސިންގަޕޫރުގައި ކޯޗިންގެ ލެވެލް ދޭއް ފުރިހަމަކުރި އެވެ.

އޭގެ ފަހުން އޭނާ އެތުލެޓިކްސްގެ ޔޫތު ޓީމުތަކާ އެކު މަސައްކަތްކުރި އެވެ. އެ ގޮތުން 2018ގެ އޭޝިއަން ޔޫތު ގޭމްސްގައި ކޯޗުގެ މަސައްކަތްތައް ކުރަމުން ރާއްޖޭގެ ޗެފް ޑި މިޝަންގެ ޒިންމާތައް ވެސް އަދާކުރި އެވެ.

އޭގެ ފަހުން، 2018 ގެ އޭޝިއަން އެތުލެޓިކްސް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި އެ އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވެސް ގައުމީ ޖޫނިއާ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އެވެ.

ސީނިއާ ޓީމާ އެކު ހުސައިންގެ އެންމެ ފުރަތަމަ ބޮޑު މުބާރާތަކީ 2019ގެ ސައުތު އޭޝިއަން ގޭމްސް އެވެ. އެ ގޭމްސްގެ ރިލޭ ޓީމްގެ ކޯޗަކީ ހުސައިން އެވެ. އޭގެ ފަހުން މިދިޔަ އަހަރު ނިމުނު ކޮމަންވެލްތު ގޭމްސްގެ ސްޕްރިންޓް ޓީމްގެ ކޯޗުކަމާއި، 2022 ގެ އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕް، އޭޝިއަން އެތުލެޓިކްސް ޔޫތު ޗެމްޕިއަންޝިޕް، އަދި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ވެސް ހުސައިން ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އެވެ.

ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ، ހުސައިން ދުވުން ހުއްޓާލީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހަޓީގައި އޮތް ސައުތު އޭޝިއަން ގޭމްސް އަށް ފަހުގަ އެވެ. ކުރިން ބާސްކެޓް ގައުމީ ޓީމުގައި ހިމެނި ކުލަބު ލެވެލްގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދި ހުސައިން ދުވުމުގެ ކެރިއަރު ނިންމާލުމުގެ ކުރިން އެތުލެޓިކްސްގެ ގައުމީ ގިނަ ރެކޯޑުތަކެއް ވެސް ހެދި އެވެ. އެ ގޮތުން 2009 ވަނަ އަހަރު ޖަރުމަންގެ ބާލިންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ދުވެ ގައުމީ 100 މީޓަރު ދުވުމުގެ ރެކޯޑު އޭނާ މުގުރާލި އެވެ. އޭގެ ފަހުން 2010 ވަނަ އަހަރުގެ ސާފް ގޭމްސްގައި ދުވެ 100 މީޓަރު ދުވުމުގެ ރެކޯޑު 10.89 ސިކުންތުން އާ ކުރި އެވެ. މިއާ އެކު ހުސައިން ވެފައިވަނީ 11 ސިކުންތައް ވުރެ އަވަހަށް 100 މީޓަރު ދުވި ރާއްޖޭގެ ފުރަތަމަ ދުވުންތެރިޔާ އަށެވެ.

އެތުލެޓިކްސްގެ ފުރަތަމަ ބައިނަލްއަގްވާމީ މެޑަލް ކަމަށްވާ 4 ގުނަ 100 މީޓަރު ރިލޭގެ ލޯ މެޑަލް ހޯދި ޓީމްގައި ހުސައިން ހިމެނެ އެވެ. އޭގެ ފަހުން 2015ގެ ރީޔޫނިއަންގައި އަދި 2016ގައި ގުވަހަޓީގައި ރިލޭ ރެކޯޑު އާ ކުރި ޓީމްގައި ވެސް ހުސައިން ހިމެނެ އެވެ.

ހުސައިން އަކީ ގިނަ ދުވަސްތަކެއް ވަންދެން މުގުރާ ނުލެވި އޮތް ގައުމީ ދިގު ފުންމުމުގެ ރެކޯޑު މުގުރާލި އެތުލީޓެވެ. ކުރީގެ ފުޓްބޯޅަ ތަރި އައްސަދު އަބްދުލްޣަނީ 90ގެ އަހަރުތަކުގައި ހެދި ލޯން ޖަމްޕް ރެކޯޑު ހުސައިން މުގުރާލީ 2008 ގަ އެވެ. އެ ފަހަރު، 6.26 މީޓަރަށް ފުންމައިގެން އޭނާ ހެދި ރެކޯޑު 2009 ގައި 6.47 މީޓަރަށް ފުންމައިގެން އޭނާ އާ ކުރި އެވެ. އޭގެ ފަހުން އެ ރެކޯޑު މުގުރާލެވުނީ 13 އަހަރު ފަހުން މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި މި ރެކޯޑު މުގުރާލީ އުއްމީދީ އެތުލީޓު އިބްރާހިމް ނާހިލް ނިޒާރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox