ބާސެލޯނާ އަށް ފިޔަވަޅު އެޅުމާ މެދު ޓެބާސްގެ ފިނި ޖާވާބެއް!

Feb 20, 2023, 8:36 AM
ބާސެލޯނާ އަށް ފިޔަވަޅު އެޅުމާ މެދު ޓެބާސްގެ ފިނި ޖާވާބެއް!

މެޑްރިޑް، ސްޕެއިން (ފެބްރުއަރީ 20) - ސްޕެނިޝް ލަލީގާ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބް ރައީސް އަށް ބާސެލޯނާ އިން އެކި ފަހަރު މަތިން 1.6 މިލިއަން ޔޫރޯ (1.7 މިލިއަން ޑޮލަރު) ދިން މައްސަލައިގައި އެކުލަބާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު ކުޑަކަމަށް ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ބާސެލޯނާ އިން 2016-2018 އާ ދެމެދު ލަލީގާ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބް ރައީސް ޖޯސޭ އެންރީކޭ ނެގްރިއާ އަށް 33 ފަހަރެއްގެ މަތިން އެކި އަދަދުތަކުން ފައިސާ ދިން މައްސަލައެއް ފެންމަތިވެ އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު އަންނަނީ ލަލީގާ އަށް ފާޑުކިޔަމުންނެވެ. ސްޕެނިޝް ލަލީގާގެ މެޗުތަކުގެ ނިންމުންތައް ބަދަލުކުރުމަށް ނުފޫޒު ފޯރުވައި، ރެފްރީންނަށް ނުފޫޒު ފޯރުވުމަށް ފައިސާ ހޭދަކުރި ކަމަށް ބާސެލޯނާ އަށް ތުހުމަތު މި ކުރެވުނީ ސްޕެއިންގެ ނޫހަކުން ލީކުކޮށްލި ޑޮކިއުމަންޓް ތަކަކުންނެވެ.

މި މައްސަލަ ތަހުގީގުކޮށް ބާސެލޯނާ އަށް ފިޔަވަޅު އެޅުމަށް ގޮވާލަމުން އަންނައިރު، ބާސެލޯނާ އިން ވަނީ މި ކަމުގައި އެ ކުލަބުން ގޯސްގޮށް ކަމެއްކޮށްފައި ނުވާނެކަމަށް ބުނެފަ އެވެ.

އެ ހަބަރުތައް މީޑިއާގައި ތިލަވުމާއެކު ބާސެލޯނާ އިން ވަނީ އެކަމަށް ރައްދު ވެސް ދީފަ އެވެ. އެ ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވީ ބާސެލޯނާ އިން ފައިސާ ޖަމާކޮށްފައިވަނީ އެ ކްލަބުގެ ސްކައުޓިން އަށް ބޭނުންވާ ބައެއް ވީޑިއޯތައް ފޯރުކޮށްދިން ކުންފުންޏަކަށް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ލަލީގާގެ ރައީސް ޓެބާސް ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަން އެދިފައިވާނެ ކަމަށާއި، ބާސެލޯނާ އަށް ވިޔަވަޅު އަޅަންޖެހޭ ވަރުގެ ކަމެއް އަދި ފެނިފައިނުވާ ކަމަށެވެ.

މި މައްސަލައިގައި ގޯސްކަންތަކެއް ފާހަގަކުރެވިއްޖެ ނަމަ އެކުލަބަށް 2015-2016 އަދި 2017-2018ގައި ލިބުނު ލީގު ތަށި އަތުލާނެތޯ އެހުމުން ޓެބާސް ވިދާޅުވީ ފުރަތަމަ މަރުހަލާ އަކީ މައްސަލަ ތަހުގީގުކުރުން ކަމަށާއި، އޭގެ ފަހުން އަޅަން ޖެހޭ ފިޔަވަޅުތައް ގަވާއިދު ތަން ދޭ މިންވަރަކުން ދިރާސާ ކުރާނެ ކަމަށެވެ.

"ލާރި ދީފައިވާކަން އެނގެނީ. ޔަގީން އަދަދެއް ނޭނގޭ އަދިވެސް، އަނެއްކޮޅުން، އޭގެ ސަބަބުން ނަތީޖާތަކަށް އަސަރުކުރިކަން ވެސް އެބަ ޖެހޭ ބަލަން. އޭހެ ފަހުންތާ ފިޔަވަޅުގެ ވާހަކަ ދައްކަންވާނީ. މިއީ އަހަރެން ހައިރާންވާ ކަމެއް އަސްލު. އެކަމަކު، މިއީ ސީރިއަސް މައްސަލައެއް. ސްޕެއިންގެ ފުޓްބޯޅަ އަށް މިކަހަލަ ކަންތައްތަކުގެ ސަބަބުން ގެއްލުން ލިބޭނީ" ޓެބާސް ވިދާޅުވި އެވެ.

ބާސެލޯނާ އަށް ކުރެވޭ ތުހުމަތުތަކާއެކު އެ ކުލަބުގެ ސަޕޯޓަރުން އިނގިލި ދިއްކުރަނީ ރެއާލް މެޑްރިޑް އަށެވެ. ސަޕޯޓަރުން ބުނަނީ އެ ޓީމު މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ވަގުތެއްގައި އެފަދަ މައުމާލޫމާތު ތަކެއްގެ ހަގީގަތް އޮޅޭ ގޮތަށް ފަތުރަނީ ރެއާލަށް ވާގިވެރިވާ ފަރާތްތަކަކުން ކަމަށާއި މިއީ ކުލަބުގެ ފޯކަސް ގެއްލުވާލަން ވެގެން ކުރާ ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޓެބާސް ވިދާޅުވީ މި މައްސަލައިގެ ފަހަތުގައި ރެއާލްގެ އަތެއް އޮތްކަމަށް ގަބޫލު ނުކުރާކަމަށާއި، އެ ކުލަބުން މި މައްސަލައިގައި އެއްވެސް ވަރަކަށް ލަލީގާއާ މުއާމަލާތްކޮށްފައި ވެސް ނެތް ކަމަށެވެ.

"އަހަންނަށް ޔަގީންކޮށް ބުނަން އިނގޭ މީގައި ރެއާލްގެ މެޑްރިޑްގެ އަތެއް ނެތްކަން. މި މައްސަލަ މިހާރު އޮތީ ޕްރޮސިކިޓާސް އޮފީހުގައި. ދެން ކޯޓަށް ދާން ޖެހެންޏާ އެކަންވެސް އެމީހުން ކުރާނެ. އޭގެ ފަހުން ދެން ވާނެގޮތެއް އިނގޭނީ" ޓެބާސް ވިދާޅުވި އެވެ.

ބާސެލޯނާ އިން ރެފްރީންނަށް ފައިސާ ދިން މައްސަލައިގެ ސުވާލުތައް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒަށް އަމާޒުވުމުން އޭނާ ވެސް ބުނީ މިއީ އެއްވެސް ތާކުންތާކު ނުޖެހޭ ތުހުމަތުތަކެއް ކަމަށާއި، މިކަމުގެ ސަބަބުން ޓީމަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ސްޕެނިޝް ލީގުގައި ރޭ ސާޖީ ރޮބާޓޯ އާއި ރޮބާޓް ލެވަންޑޯސްކީގެ ގޯލުތަކުން ބާސެލޯނާ އިން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ކަޑިޒް ބަލިކޮށްފަ އެވެ. މި މޮޅާ އެކު ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާސެލޯނާ އަށް 22 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް ދެ ވަނައިގައި އޮތީ 22 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox