ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ޖޯޒީ ރައީސަށް

Feb 19, 2023, 12:06 AM
ގައުމީ ވޮލީ ޓީމުގެ ޖޯޒީ ރައީސް ސޯލިހަށް ވެދުމަށް އެރުވުމަށް ބޭއްވުނު އިވެންޓްގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް

ގައުމީ ވޮލީ ޓީމުގެ ޖޯޒީ ރައީސް ސޯލިހަށް ވެދުމަށް އެރުވުމަށް ބޭއްވުނު އިވެންޓްގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް

މި މަހު 23-27 އަށް މާލޭގައި ބާއްވަން ނިންމާފައިވާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ބޭނުންކުރަން ހަމަޖެހިފައިވާ ޖޯޒީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް ވެދުމަށް އަރުވައިފި އެވެ.

ރައީސް ސޯލިހު، ފޯ ނޭޝަންސް ކަޕްގައި ރާއްޖޭން ބޭނުންކުރާ ޖޯޒީ، ލޯންޗްކޮށްދެއްވީ ފާއިތުވި ހަފްތާގައި ރައީސް އޮފީހުގައި ބޭއްވި އިވެންޓެއްގެ ތެރެއިންނެވެ. މި އިވެންޓްގައި، މިނިސްޓަރު މަހުލޫފާއި ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އާއި ވީއޭއްގެ ނައިބު ރައީސް، އަޝްރަފް އަލީ (އަޝްރާ) ވަނީ ބައިވެރިވަޑައިގެންފަ އެވެ.

ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަނުގައި ކުޅޭނީ ރާއްޖެ، ސިންގަޕޫރު، މެލޭޝިއާ އަދި އަފްގާނިސްތާން އެވެ. އަންހެން ބައިގައި ރާއްޖޭގެ އިތުރުން މެލޭޝިއާ އާއި ސިންގަޕޫރު އެވެ.

ގައުމީ ވޮލީ ޓީމުތަކުން މި ފަހަރު، ފޯ ނޭޝަންސް ކަޕްގައި ބޭނުންކުރާނެ ޖޯޒީ ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، ޖޯޒީގެ ޑިޒައިނުގައި މަންޓާ ރޭ ވަނީ ވަރަށް ބޮޑަށް ހިމަނައިފަ އެވެ. މިއީ، ވިސްނުންތެރިކަމާ އެކު ކުޅިވަރުގެ ތެރެއިން ކުރިއަށް ދިއުމާއި ގައުމީވަންތަ ކަމުގެ ނިޝާނެއް، ޖޯޒީގެ ޑިޒައިނުގެ ތެރެއިން ދައްކާލުމަށް ކުރެވުނު ކަމެކެވެ.

އަދި ޖޯޒީގެ ޑިޒައިނާއި ތިން ކިޓްގައި ބޭނުންކޮށްފައިވާ ކުލަތަކަކީ ރާއްޖޭގެ ގައުމީ ދިދައިގައި ވެސް ހިމެނޭ ކުލަތަށް ކަމަށްވާއިރު، މި ޖޯޒީގެ ޑިޒައިނުގެ އެންމެ ބޮޑު ބޭނުމަކީ، ފަހުރުވެރިކަމާ އެކު ގައުމު ތަމްސީލްކުރަން ގައުމީ ޓީމުން ކުޅޭއިރު، ބޭނުންކުރާ ޖޯޒީން ގައުމުގެ ޒީނަތްތެރި ސިފަތައް ފެންނަ ގޮތްވުން ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

ފޯ ނޭޝަންސް ކަޕަށް ތައްޔާރުވާން ގައުމީ ވޮލީބޯޅަ ޓީމުން މިހާރު އަންނަނީ ތައިލެންޑްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox