ޖޭޕީގެ ލީޑަރުގެ މަގާމަށް ގާސިމް، ނައިބަކަށް ނަހުލާ ކުރިމަތިލައްވައިފި

ގާސިމް އިބްރާހިމް: ޕާޓީގެ ލީޑަރުގެ މަގާމަށް އެހެން ބޭފުޅަކު އަދި ކުރިމަތިނުލައްވާ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގާސިމް އިބްރާހިމް: ޕާޓީގެ ލީޑަރުގެ މަގާމަށް އެހެން ބޭފުޅަކު އަދި ކުރިމަތިނުލައްވާ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް އެ ޕާޓީގެ މިހާރުގެ ވެސް ލީޑަރު ގާސިމް އިބްރާހިމް އަދި ނައިބު ލީޑަރުގެ މަގާމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ކުރިމަތިލައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސުން އިންތިހާބު ކުރާ ޕާޓީގެ ލީޑަރު އަދި ޑެޕިއުޓީ ލީޑަރުގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވަނީ މިއަދު ހަވީރު 4:00 ޖަހާއިރަށެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ އެ ޕާޓީގެ ލީޑަރުގެ މަގާމަށް މިހާތަނަށް ކުރިމަތިލެއްވީ ގާސިމް އެކަނި ކަމަށެވެ. ނަމަވެސް ނައިބު ލީޑަރުގެ މަގާމަށް ނަހުލާއާއެކު 11 މީހަކު ކުރިމަތިލައްވާފައިވާ ކަމަށް އާރިފް ވިދާޅުވި އެވެ.

Advertisement

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ފިޔަވައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް އޮންނަނީ ފެބްރުއަރީ 24-25 ވަނަ ދުވަހެވެ.

މިއީ ގާސިމް މި މަގާމަށް ކުރިމަތިލެއްވި ހަތަރު ވަނަ ފަހަރެވެ. އެ ޕާޓީގެ ލީޑަރުގެ މަގާމު މިހާތަނަށް އަދާ ކުރެއްވީ ވެސް އެމަނިކުފާނު އެކަންޏެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް އަންނަ ހަފުތާގައި ބާއްވާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅު ވަނީ ކޯލިޝަނަކާއެކު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށެވެ.

އެކަމަކު ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ގެންގުޅޭ ވިސްނުމެއް އަދި ނޭނގެ އެވެ. މިހާރު މިއޮތް ކޯލިޝަން ދަމަހައްޓަން ބޭނުންވާކަން އެ ޕާޓީން ބުނެފައެއްނުވެ އެވެ. ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ގޮތަށް ރާއްޖޭގައި ބޭއްވި ތިން އިންތިހާބުގެ ތެރެއިން ދެ އިންތިހާބުގައި ގާސިމް ވާދަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox