ހިޓާޗީގެ އާ އުފެއްދުންތަކެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފު ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން އާއި ހިޓާޗީ ހޯމް އެޕްލައަންސްގެ ޑިރެކްޓާ ސޭލްސް، ޓަރުން ޖައިން އެވެ.
ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއިން މި ފަހަރު އެސްޓީއޯއިން ތައާރަފްކުރި އުފެއްދުންތަކުގެ ތެރޭގައިވެސް، އާ ފީޗާތަކާއެކު އުފައްދާފައިވާ ފްރިޖާއި، ދޮންނަ މެޝިނާއި، މައިކްރޯވޭވް އަވަން އަދި ޗެސްޓް ފްރީޒާ ހިމެނެ އެވެ.
އެސްޓީއީއޯއިން ބުނީ މި ހުރިހާ އުފެއްދުންތަކަކީ ކަސްޓަމަރުންނަށް ގެންގުޅެން ފަސޭހަވާނެ އުފެއްދުންތަކެއް ކަމަށެވެ.
ހިޓާޗީއަކީ ގިނަ ދިވެހިންގެ އިތުބާރު ހޯދާފައިވާ މަގުބޫލު ބްރޭންޑެކެވެ.











