ޓާޝަރީ ހޮސްޕިޓަލުތަކުގައި ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާދެވޭ ގޮތް ހަދަނީ

ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ހެލްތް

ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ހެލްތް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކުރަމުން އަންނަ ޓާޝަރީ ހޮސްޕިޓަލުތަކުގައި ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާ ދިނުމުގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން 2022-2026 އިފްތިތާހުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ކެންސަރު ކޮންޓްރޯލް ކުރުމަށާއި ކެންސަރު ބަލީގެ މީހުންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ މަސައްކަތްތައް ފުޅާކުރަމުން އަންނަ ކަމަށެވެ.

މިގޮތުން ކެންސަރު ބަލިމީހުންގެ ފުރިހަމަ ރެކޯޑެއް ގާއިމުކޮށް އެ ބަލީގައި ފަރުވާ ހޯދާފަރާތްތަކަށް ދުވަހުން ދުވަހަށް ދޭންޖެހޭ ފަރުވާ އާއި އެހެނިހެން ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފާހަގަކުރެއްވި އެވެ.

"މިހާރު ގާއިމު ކުރެވިފައިވާ ނެޝަނަލް ކެންސާ ރެޖިސްޓްރީ ފުރިހަމަ ކޮށް، އަދި ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާދިނުން، މިހާރު ތަރައްގީ ކުރެވެމުންދާ ޓާޝަރީ ހަސްފަތާލުތަކަށް އިތުރުކުރެވޭ ސްޕެޝިއަލިޓީ ހިދުމަތްތަކާއެކު އިތުރަށް ތަރައްގީ ކުރެވިގެންދާނެ،" ނަސީމް ވިދާޅުވި އެވެ.

މީގެ އިތުރުން ކެންސަރުބައްޔާއި އަދި އެހެނިހެން ބަލިތައް ދުރާލާ ދެނެގަތުމަށް ބޭނުންވާ އަސާސީ ތަމްރީންތައް އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތެރިންނަށް ވެސް ފޯރުކޮށްދެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިކަންކަން މޮނިޓާކޮށް، ރެޖިއުލޭޓު ކުރުމަށް ޓަކައި ދުރު ރާސްތާ ޕްލޭނެއް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ.

"ނެޝަނަލް ކެންސާ ކޮންޓްރޯލް ޕްލޭން" (އެންސީސީޕީ) އަކީ ކެންސަރު ބަލި ކޮންޓްރޯލްކުރުމަށް ކަނޑައަޅާފައި ހުރި ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ފަސް އަހަރުގެ ފްލޭނެކެވެ. މި ޕްލޭން އެކުލަވާލީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަންނީ ލަފާއާއި އެހީތެރިކަމާއެކު ރާއްޖޭގެ މިކަމާ ގުޅުންހުރި ފަންނީ ފަރާތްތަކުގެ މަޝްވަރާއާއެކު ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

މިއަދު އިފްތިތާހުކުރި ޕްލޭނާއެކު ކެންސަރުން ރައްކާތެރިތެރިވުމަށް ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމާއި ކެންސަރު ބަލީގެ މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ މި ކަންކަމާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި ޕްރައިވެޓް ސެކްޓާ އާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތައް އެއް އަމާޒަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޯޑިނޭޝަން ރަނގަޅު ކުރެވޭނެ ކަމަށެވެ.

ކެންސަރު ޖެހޭ މިންވަރާއި، ކެންސަރުގެ އާންމު ވައްތަރުތަކާ އަދި ކެންސަރު ބައްޔަށް ހުށަހެޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ފަރުވާ ހޯދާ މީހުންގެ މައުލޫމާތު ގަވައިދުން އެއްކޮށް އެފަރާތްތަކަށް ދޭންޖެހޭ ފަރުވާއާއި އެހީތެރިކަން ރަނގަޅަށް ވިލަރެސްކޮށް، ތަފާސް ހިސާބު އެއްކުރުމަށް ބޭނުންވާ "ކެންސަރު ރަޖިސްޓްރީ" ހަރުދަނާކުރުމަކީ ވެސް މި ޕްލޭންގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު އެއް މަސައްކަތެވެ.

ހެލްތް މިނިސްޓްރީން އިތުރަށް ބުނީ މި ޕްލޭނުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމުން، ގައިން ގަޔަށް ނާރާ ބަލިތައް މިހާރު ހުރި މިންވަރު 2030 ގެ ނިޔަލަށް 25 ޕަސަންޓަށް ދައްކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox