ސްޕާލްގެ ކޯޗުކަމުން ޑި ރޮސީ ވަކިކޮށްފި، މަގާމުގައި ހޭދަކުރެވުނީ އެންމެ ހަތަރު މަސް

Feb 15, 2023, 3:16 AM
ސްޕާލްގެ ކޯޗުކަމުން ޑި ރޮސީ ވަކިކޮށްފި، މަގާމުގައި ހޭދަކުރެވުނީ އެންމެ ހަތަރު މަސް

މިލާން (ފެބްރުއަރީ 15) - އިޓަލީގެ ދެ ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ސްޕާލްގެ ކޯޗުކަމުން އިޓަލީގެ ކުރީގެ މިޑްފީލްޑަރު ޑަނިއޭލޭ ޑި ރޮސީ ވަކިކޮށްފި އެވެ.

ކޯޗިން ކެެރިއަރުގައި މަގާމުގައި ހަވާލުވި ފުރަތަމަ ކްލަބުގައި ޑި ރޮސީ އަށް ހޭދަކުރެވުނީ އެންމެ ހަތަރު މަހެވެ.

ސްޕާލް އިން ނެރުނު ބަޔާނެއްގައި ބުނީ ޑި ރޮސީ އާއި އޭނާއާ އެކު މަސައްކަތްކުރާ ކޯޗިން ސްޓާފުން ވަކިކުރުމަށް އެ ކްލަބުން ނިންމާފައިވާ ކަމަށެވެ.

ޑި ރޮސީ، 39، ސްޕާލްގެ ކޯޗުކަމާ އޮކްޓޯބަރު މަހު ހަވާލުވީ ރޮބާޓޯ ވެންޗުރާޓޯގެ ބަދަލުގަ އެވެ. އެކަމަކު، ޑި ރޮސީގެ އިރުޝާދުގެ ދަށުން ވެސް ސްޕާލް އަށް ކުރިއެރުމެއް ނުލިބުނެވެ. ޖެހިޖެހިގެން ތިން މެޗުން ބަލިވެ އެ ޓީމު އޮތީ ރެލިގޭޝަން ޒޯންގަ އެވެ.

ޑި ރޮސީގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވީ އެންމެ ތިން މެޗުންނެވެ.

ކުޅުމުގެ ކެރިއަރުގައި ޑި ރޮސީ އަކީ އޭއެސް ރޯމާގެ ލެޖެންޑެކެވެ. އަދި އިޓަލީގެ ގައުމީ ޓީމަށް 117 މެޗު ކުޅެ، 21 ލަނޑު ޖަހާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. އިޓަލީން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔަބުކުރި ސްކޮޑުގައި ޑި ރޮސީ ހިމެނުނެވެ.

އިޓަލީން ޔޫރޯ 2020 ކާމިޔާބުކުރިއިރު، އެ ޓީމުގައި ހެޑް ކޯޗު ރޮބާޓޯ މަންޗީނީގެ އެހީތެރިއަކަށް ޑި ރޮސީ މަސައްކަތްކުރިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox