ޗެލްސީގެ އިންވެސްޓްމަންޓްގެ ޕްރެޝަރު އެބައޮތް: ޕޮޓާ

Feb 14, 2023, 6:06 AM
ޗެލްސީގެ އިންވެސްޓްމަންޓްގެ ޕްރެޝަރު އެބައޮތް: ޕޮޓާ

ލަންޑަން (ފެބްރުއަރީ 14) - ޗެލްސީގެ އާ ވެރިޔާ، ޓޮޑް ބޯލީ، އެ ކްލަބް ހިންގުމާ ހަވާލުވެ، ކުރު މުއްދަތެއްގެ ތެރޭގައި ޓީމު ވަރުގަދަ ކުރަން އެ ކުރި އިންވެސްޓްމަންޓްގެ ޕްރެޝަރު އެ ކްލަބާ ގުޅުން ހުރި ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

މިދިޔަ އަހަރު، އެމެރިކާގެ މަހުޖަނު ބޯލީ ޗެލްސީ ހިންގުމުގެ މެޖޯރިޓީ ހިއްސާދާރަކަށް ވެ، ފުރަތަމަ ސީޒަނުގައި މި ވަނީ އާ ކުޅުންތެރިން ގަންނަން 603 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. ބޯލީގެ ތަސައްވުރާ އެއްގޮތަށް ކުރިއަށްދާ ކޯޗެއް ގެނައުމަށް ޗެލްސީން ވަނީ ތޯމަސް ޓުޗެލް ވަކިކޮށް، މިދިޔަ ސެޕްޓެމްބަރު މަހު، އިނގިރޭސި ކޯޗު، ޕޮޓާ ގެނެސްފަ އެވެ.

ޗެލްސީގެ ކޯޗުކަމުގެ ފުރަތަމަ ހަފްތާތަކުގައި ޕޮޓާ ވަނީ ޕްރެޝަރުގައި ވެސް ނަތީޖާ ނެރުމުގައި ރަނގަޅު މަސައްކަތެއް ކޮށްފަ އެެވެ. އެކަމަކު، މިދިޔަ ދޮޅު މަހެއްހާ ދުވަސްތެރޭ ޗެލްސީގެ ނަތީޖާތަކަށް ވަރަށް ބޮޑަށް އަސަރުކުރިއިރު، ޕޮޓާގެ މުސްތަގުބަލާ ބެހޭގޮތުން، ޗެލްސީގެ ސަޕޯޓަރުން ހިމެނޭހެން ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

"ޕްރެޝަރު އޮންނާނެ، އަމުދުން މި ސީޒަނުގައި ޗެލްސީ އަށް އެ ބުނާ ހުރިހާ ޕްރެޝަރެއް ވެސް އޮންނާނެ. ޗެލްސީން ކާމިޔާބު ހޯދާފައި އޮތީ ވެސް މި ފަދަ ޕްރެޝަރު ހާލަތްތަކުގެ ތެރެއިން ކުރިއަށް ގޮސްގެން، އެހެންވީމަ މި ކްލަބްގައި އެ ކަން ކުރެވޭނެ،" ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި މާދަމާރޭ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުުޅުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޓާ ބުންޏެވެ. "ޗެލްސީއާ ގުޅުން ހުރި ކޮންމެ މީހަކަށް ވެސް ޕްރެޝަރުގެ ވާހަކަ އަލެއް ނުވާނެ،"

ޕޮޓާ ބުނީ ޗެލްސީން ސީޒަނެއްގެ ތެރޭގައި އެހާ ގިނަ ކުޅުންތެރިން ގެެނެސް، ޓީމެއްގެ ގޮތުގައި ކުޅެލަން މެޗުތަކެއް ބޭނުންވާނެ ކަމަށެވެ. އެކަމަކު، އެ އަށް އޮތް ހުރަހަކީ ސީޒަންގެ ފަހު ކޮޅުގައި މި ލިބޭ މެޗުތަކުގެ ވަގުތުތަކުގައި މާ ގިނައިން ޓީމު ރޭވުމުގައި މަސައްކަތް ކުރަން ވަގުތު ލިބެން ނެތުން ކަމަށް ޕޮޓާ ވަނީ ބުނެފަ އެވެ.

ޗެލްސީއާ އެކު މުސްތަގުބަލުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދިދާނެތޯ އަމާޒުވި ސުވާލުގެ ޖަވާބުގައި ޕޮޓާ ބުނީ މިހާރު ކޯޗިން ވަޒީފާ އޮތްގޮތުން އެއްވެސް ކްލަބެއްގައި ދުރުރާސްތާ ޓާގެޓްތަކެއް ހަދައިގެން މަސައްކަތް ކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.

"ދުރު ރާސްތާ ވިސްނުމެއްގައި ޓާގެޓްތަކެއްގެ ވާހަކަ ކޯޗިން ވަޒީފާގައި ހުރެ މިހާރު ދެއްކޭނެ ކަމަށް އަހަރެން ނުދެކެން،" ޕޮޓާ ބުންޏެވެ.

"މިހާރު، ކޯޗެއްގެ ވަޒީފާ އޮންނަނީ ޝޯޓް ޓާމް ނޫނީ ލޯންގް ޓާމް ނޫނީ މީޑިއަމް ޓާމްތޯ މި އިނގެނީ ނަތީޖާތަށް ހުންނަ ގޮތުން،"

އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަނައިގައި ޗެލްސީ އޮތްއިރު، އެ ޓީމު ވަނީ އެފްއޭ ކަޕާއި ލީގު ކަޕުން ކަޓައިފަ އެވެ. މި ފަހަރު ތަށްޓެއް ހޯދަން ޗެލްސީ އަށް އޮތް ހަމައެކަނި މަގަކީ ޗެމްޕިއަންސް ލީގެވެ.

ޕޮޓާ ބުނީ މި ވަގުތު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ވާހަކަ ދެއްކުމަށް ވުރެ، އޭނާގެ ފޯކަސް އަކީ ޑޯޓްމަންދް އަތުން މޮޅުވެވޭނެ ގޮތަކަށް ޓީމު ރޭވުމަށް ސިކުނޑި ހުސްކުރުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox