ޝަންގްރިއްލާ މައްސަލައިގައި މައުސޫމް އެދެވޭ ޖަވާބެއް ނުދޭތީ ނަޝީދު ނުރުހިއްޖެ

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު އަދި މައުސޫމް--

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު އަދި މައުސޫމް--

އައްޑޫ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓު ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާ ބަންދުކޮށްފައި އޮތް މައްސަލައިގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ޝަންގްރިއްލާ ބަންދުކުރީ ކޮވިޑުން ލިބުނު ގެއްލުމުން އަރައި ނުގަނެވިގެން ކަމަށް ބުނި އޮގަސްޓު 20، 2020 ގަ އެވެ. އޭގެ ކުރިން ވެސް ގެއްލުމުގައި ހިންގަމުން އަންނަ އެ ރިސޯޓު ބަންދުކުރުމުން އެތަނުގައި ވަޒީފާ އަދާކުރާ 500 ވަރަކަށް މީހުންގެ ވަޒީފާ ގެއްލުނު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މި ރިސޯޓަކީ 2005 ގައި ދިވެހި ސަރުކާރާއި ހޮންގްކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓްސް އިން ހިންގާ ކުންފުންޏެކެވެ. ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރި 284 އެނދުގެ ރިސޯޓަކީ އެހާތަނަށް ރާއްޖޭގެ އެންމެ އަގު ބޮޑު ރިސޯޓެވެ.

Advertisement

ޝަންގްރިއްލާ ވިލިގިއްޔަކީ އައްޑޫ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓު އަދި ސަރުކާރާއި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއްގެ ދަށުން ތަރައްގީކޮށް ހުޅުވި ފުރަތަމަ ރިސޯޓު ވެސް މެ އެވެ.

ރިސޯޓުގެ އޮޕަރޭޝަން ހުއްޓި، އެތަނަށް ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާގެ ގެއްލުން ވަމުން އަންނާތީ އެތަނުގެ ސަރުކާރު ހިއްސާ ދޫކޮށްލައިގެން ވެސް ތަން ހުޅުވަން މަސައްކަތް ކުރަމުން ދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވަނީ ޝަންގްރިއްލާ ހުޅުވޭނެ ދުވަހަކާ މެދު މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެތަން ހުޅުވޭނެ ކަމަށް މިދިޔަ އަހަރު ވެސް، އަދި އޭގެ ކުރީ އަހަރު ވެސް އުންމީދު ކުރި ކަމަށެވެ.

"ޕްރައިވެޓު ވިޔަފާރިއެއް، ސަރުކާރުން ކޮށްދެވެން އޮތް އެންމެ ބޮޑު ކަންތައް ކޮށްދީފިން، އެއީ ކުލި ވަރަށް ކުޑަ ކޮށްދީފިން،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ އެ ތަނުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމައިފައިވާ ކަމަށާއި އެއާއެކު ދެން އޮންނާނީ އެތަން ރެނޮވޭޓު ކުރުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރުގެ ސުވާލާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މެންބަރު ސުވާލު ކުރެއްވީ ޝަންގްރިއްލާ ހުޅުވޭނެ ދުވަހަކާ ގުޅޭ ގޮތުން ކަމަށެވެ.

"އުންމީދު ކުރަނީ މި އަހަރު ތެރޭގައި، 2023 ވަނަ އަހަރު ތެރޭގައި އެ ރަށް ހުޅުވޭނެ ހިސާބަށް ދާނެ.." އެކަމަށް މައުސޫމް ވިދާޅުވި އެވެ.

އެހެންނަމަވެސް މައުސޫމްގެ ޖަވާބު ފުރިހަމަނުކުރެވެނިސް މެދުކަނޑާލައްވައި ނަޝީދު ވިދާޅުވީ ރިސޯޓު ހުޅުވޭނީ ހިއްސާދޫކޮށްލުމުން ކަން އެންމެނަށް ވެސް އެނގޭ ކަމަށާއި އެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށެވެ.

"ކޮން އިރަކުންތޯއޭ ހިއްސާ ދޫކުރެވޭނީ، ކާކުތޯއޭ އެއްބަސްނުވެގެން އުޅެނީ، އަޅުގަނޑު ދެކޭ ގޮތުގައި ޝަންގްރިއްލާގެ މައްސަލަ ތަކުރާރުކޮށް މެންބަރުން އެބަ ސުވާލު ކުރައްވާ، އެއަށް އެކަށީގެންވާ ޖަވާބެއް ލިބޭތަނެއް ނުފެނޭ،" ނަޝީދު ނުރުހުން ފާޅުކުރެއްވި އެވެ.

ނަޝީދު ވިދާޅުވީ މިއަދު ވެސް އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެދެވޭ ޖަވާބެއް ނުލިބޭ ކަމަށާއި އެއީ "ވަރަށް ބޮޑު ހިތާމައެއް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox