އެވަޓަން ބަލިކޮށް ލިވަޕޫލުން އާ އަހަރު ލީގުގައި ފުރަތަމަ މޮޅު ހޯދައިފި

Feb 14, 2023, 3:20 AM
ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ގަކްޕޯ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ގަކްޕޯ އުފާފާޅުކުރަނީ.

ލިވަޕޫލް (ފެބްރުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން 2-0 އިން ބަލިކޮށް، ލިވަޕޫލުން 2023 ވަނަ އަހަރު ފެށި ފަހުން ލީގުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެެވެ.

ރޭގެ މެޗުގެ ކުރިން، މި އަހަރު ލީގުގައި ލިވަޕޫލް ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެހެންވެ، ލިވަޕޫލަށް އޮތީ ނަތީޖާ ނުނެރެވި ޕްރެޝަރު ބޮޑުވެފަ އެވެ. ރޭގެ މެޗުގެ ކުރިން ލިވަޕޫލް އެންމެ ފަހުން ލީގު މެޗަކުން މޮޅުވީ ޑިސެމްބަރު 31 ވަނަ ދުވަހު ލެސްޓާ ސިޓީ އަތުންނެވެ.

ލިވަޕޫލަށް ރޭ ލިބުނު ޕޮއިންޓްތަކާ އެކު އެ ޓީމު ވަނީ ލީގުގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 21 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ނުވަ ވަނައިގައި އޮތް ޗެލްސީ ވަނީ 10 ވަނަ އަށް ވެއްޓިފަ އެެވެ. ޗެލްސީ އަށް 22 މެޗުން ލިބުނީ 31 ޕޮއިންޓެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން އެވަޓަން އިން ވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ލިވަޕޫލުން ލީޑުނެގީ 36 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. މިއީ އެވަޓަން އަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ ޖޭމްސް ޓާކޯސްކީ ބޮލުން ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވެ، އަލުން ކުޅުުމުގެ ތެރެއަށް އެނބުރި އައުމުން، ލިވަޕޫލުން ކައުންޓަ އެޓޭކެއްގައި އަރައި، ޖެހި ގޯލެކެވެ. ލިވަޕޫލް ހާފުގެ ތެރެއިން އެ ޓީމުގެ ޑާވިން ނޫނޭޒް ހިފައިގެންދިޔަ ބޯޅަ ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން ސަލާހު ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

ފަސް މެޗަށް ފަހު ލީގުގައި ސަލާހުގެ ގޯލެއް ފެނުނުއިރު، މިއީ ސަލާހުގެ ބައިވެރިވުން އޮވެގެން، ލިވަޕޫލްގެ ދަނޑުގައި ލީގުގައި އެ ޓީމުން ޖެހި 100 ވަނަ ގޯލެވެ. ސަލާހު ވަނީ ލިވަޕޫލް ދަނޑުގައި ލީގުގައި އެ ޓީމަށް ކުޅެދިން 104 މެޗުން 71 ލަނޑު ޖަހައި، 29 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ލިވަޕޫލުން ދެ ވަނަ ގޯލު ޖެހި އެވެ. މިއީ ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ނެގި ހުރަހަކަށް އަރައި، ކޯޑީ ގަކްޕޯ ޖެހި ގޯލެކެވެ. މިއީ ޖެނުއަރީ ޓްރާންސްފާގައި ޕީއެސްވީ އައިންދޯވަން ދޫކޮށް ލިވަޕޫލާ ގުޅުނު ފަހުން އެ ޓީމަށް ކުޅެދިން އަށް މެޗުން ގަކްޕޯ ޖެހި ފުރަތަމަ ގޯލެވެ.

އަނިޔާއިން ރަނގަޅުވެ، ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އާއި ރޮބާޓޯ ފިރްމީނޯ ވަނީ ކުޅެން ނުކުމެފަ އެވެ.

ރޭގެ މެޗަކީ އެވަޓަންގެ ކޯޗުކަމާ ޝޯން ޑައިޝް ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަަމަ މެޗެވެ. ޑައިޝް، އެވަޓަން ގޮވައިގެން ނުކުތް ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox